Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް މައްސަލަތައް

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާގެ ޒުވާނަކު، އޭނާ ރާއްޖެ އައީ ގުރުއަތުން ހޮވިގެން ލިބުނު ދަތުރެއްގައި ކަމަށާއި އަތުން ފެނުނު ތަކެއްޗަކީ ވިޔަފާރި ސާމްޕަލްތަކެއް ކަމަށް ބުނެ ކޯޓުގައި ދިފާއުވެއްޖެ. މި މައްސަލައިގައި ހިމެނޭ 19 އަހަރުގެ ދަނޫޝްކާދަންގެ ބަންދަށް ކްރިމިނަލް ކޯޓުން 45 ދުވަސް އިތުރުކޮށްފައިވާއިރު، މިއީ ބަޔަކު ރާވައިގެން އޮޅުވާލުމުގެ ތެރެއިން ޒުވާނުން ބޭނުންކޮށްގެން ހިންގާ ޖަރީމާއެއް ކަމަށް އޭނާގެ ވަކީލު ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2026 | އާދީއްތަ 08:06
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން | ޕޮލިސް

 

މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ ޒުވާނަކު، އޭނާ ރާއްޖެ އައީ ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގައި ކަމަށާއި، އޭނާއާ ހަވާލުކުރި ތަކެއްޗަކީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއް ކަމަށް ބުނެ ކޯޓުގައި ދިފާއުވެއްޖެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހިމެނެނީ މިދިޔަ މާރިޗު މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ 19 އަހަރުގެ ދަނޫޝްކާދަން ގޯޕާލެވެ.

މި މައްސަލައިގައި ދަނޫޝްކާދަންގެ އިތުރުން، އިންޑިއާއަށް ނިސްބަތްވާ 21 އަހަރުގެ މަނިމަރަންއާއި ގދ. ގައްދޫ، ހިތިލާގެ، ޢަލީ ޢިރުފާނު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

 މި އެންމެންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ. މީގެ ކުރިން ބޭއްވި ބަންދުގެ މަޖިލީހުގައި ދެ ބިދޭސީންގެ ބަންދަށް ފަސް ދުވަސް ޖެހި ނަމަވެސް، ދިވެހި ފިރިހެންމީހާ ކަމަށްވާ އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ދަނޫޝްކާދަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ އިތުރު 45 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާއަކީ އޮޅުވާލުމެއްގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ބަޔަކު ބޭނުންކުރި މީހެކެވެ. ދަނޫޝްކާދަންގެ ވަކީލާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ޒުވާނެއް ކަމަށާއި، އޭނާ ރާއްޖެ އައީ ގުރުއަތަކުން ހޮވިގެން ލިބުނު ދަތުރެއްގައި ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ތަކެއްޗަކީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއް ކަމަށް ބުނެ އޭނާއަށް އޮޅުވާލާފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ދަނޫޝްކާދަން ރާއްޖެ ފޮނުވި މީހުންނާއި، މިކަން ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް އޭނާ ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ވަކީލު ވިދާޅުވި ނަމަވެސް، އެ ތަފުސީލުތައް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

 ދިފާއީ ވަކީލު ވިދާޅުވި ގޮތުގައި، މިއީ ބަޔަކު ރާވައިގެން މައުސޫމް ކުދިންތަކަކަށް އޮޅުވާލައިގެން އެ ކުދިން ބޭނުންކޮށްގެން ހިންގާ ޖަރީމާއެކެވެ. އަދި މި ބާވަތުގެ އެއްގޮތް ހަތަރު މައްސަލައެއް މިހާރު ވެސް ހިނގަމުންދާކަން ވަކީލު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވި ގޮތުގައި، މި ޕެޓާނަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު ކޭސްއެއް ފާހަގަކުރެވިފައިވީ ނަމަވެސް، ކަން ކޮށްފައިވާ ގޮތާއި މީހުންގެ ބައިވެރިވުން އެކި މައްސަލަތަކުގައި ތަފާތެވެ. މިކަން މޯބައިލް ފޮރެންސިކް ރިޕޯޓުން ވެސް އެނގޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

 

ދަނޫޝްކާނދަން ގޯޕާލްމަނިމަރަންޢަލީ ޢިރުފާންމަސްތުވާތަކެތިކްރިމިނަލް ކޯޓްގދ. ގައްދޫ

އިތުރަށް ކިޔާލަން

07 ޖޫން 2026

ގައްދޫގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ، އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން

07 ޖޫން 2026
ގައްދޫގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ، އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން
06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
05 ޖޫން 2026

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި
02 ޖޫން 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

02 ޖޫން 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު
01 ޖޫން 2026

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

01 ޖޫން 2026
އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު