Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖިންސީ ގޯނާ

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

އަމިއްލަ އަންހެން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާއިރު، މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖަކަށް. މިދިޔަ މެއި މަހުގެ ފަހުކޮޅު ހުށަހެޅި މި މައްސަލައާ ގުޅިގެން ބައެއް މީހުންގެ ބަޔާން ނަގާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 13:36
ޖިންސީ އަނިޔާގެ މަންޒަރެއް ދައްކައިދޭ ފޮޓޯއެއް

ޖިންސީ އަނިޔާގެ މަންޒަރެއް ދައްކައިދޭ ފޮޓޯއެއް | ގެޓީ އިމޭޖަސް

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ދުވަސްވީ އޮފިސަރަކު އޭނާގެ އަންހެން ދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދިން ގޮތުގައި މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވަނީ އޭނާއަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އޭނާގެ ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. އެގޮތުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 31 މެއި 2026 ގައިކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އަނިޔާވި ކުއްޖާއާއި ބައެއް އިތުރު މީހުންގެ ބަޔާންވެސް ނަގާފައެވެ.

އެހެންނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ތުހުމަތުވާ މީހާ ހައްޔަރު ކުރުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގައި ކޮމެންޓެއް ހޯދާލުމަށް ރާއްޖެއެމްވީން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާ ކަމަށާއި، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ބަލަމުންދާކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުޖިންސީ ގޯނާކްރިމިނަލް ކޯޓްރާއްޖެ އެމްވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

03 ޖޫން 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

01 ޖޫން 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު