Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

1 ޖޫން 2026 | ހޯމަ 09:45

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ އިސް ދެ އެޑިޓަރުންގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި. ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޒިނޭގެ ދޮގު ތުހުމަތު ކުރިކަމަށް ބުނެ އުފުލާފައިވާ މި ދައުވާގެ އަޑުއެހުންތައް ޖޫން 8 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މި މައްސަލަ ސިއްރުކުރީ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ކަމަށް ކޯޓުން ބުނެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2026 | ހޯމަ 09:45
"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. 
އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން.

"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން. | ރާއްޖެ އެމްވީ

އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ތާވަލުކޮށްފިއެވެ.

ސިއްރުން ކުރިއަށްގެންދަން ނިންމާފައިވާ މި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 8، ވާ ހޯމަ ދުވަހުގެ މެންދުރު 11 ޖަހާއިރުއެވެ. 

Advertisement - newsAdvertisement

ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަކީ އާންމު ގޮތެއްގައި ހުޅުވާލެވިގެން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކެއް ކަމުގައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި މިކަމަށް އިސްތިސްނާތަކެއް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ގިނަ ކަންތައްތަކެއް މަނާކޮށް ކޯޓުން ނެރުނު ގެގް އޯޑަރ ގައި ބުނެފައިވަނީ، ޖިންސީ މައްސަލަތަކާއި އެބާވަތުގެ އަޚްލާޤީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ކުރިއަށް ގެންދެވެނީ ޝަރީޢަތްތައް ހުޅުވާނުލައި ކަމަށާއި، އެއީ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޒުފުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.

ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއަކީ ޤަޒުފުގެ ކުށް ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މި ޤާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލުދުކުރުމުގެ އަދަބު މި ކުށަށް ހުއްދަކުރެވިގެންވެ އެވެ.

 މި ދައުވާ ކޮށްފައިވާ ސަބަބަކީ ދައުވާ ލިބޭ ފަރާތްތަކުން އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާގޮތަށް މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް ހަދައި އާންމުކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހުސައިން ފިޔާޒް މޫސާހައްސާން މުހައްމަދުއަދަދު އޮންލައިންޑރ. މުއިއްޒުކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
30 މެއި 2026

އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!

30 މެއި 2026
އެކައުންޓަކަށް ޖަމާކުރެވުނު ފައިސާ ރައްދުކޮށްނުދީ ބޭނުންކުރި މީހަކަށް ޖޫރިމަނާގެ އަދަބެއް!
29 މެއި 2026

ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި

29 މެއި 2026
ކިލޯއަކަށް ވުރެ ގިނަ ޑްރަގް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މައްސަލަ: އިސްކޮށް ހަރަކާތްތެރިވީ ރޫނާ ކަމަށް ފުލުހުން ބުނެފި
29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
28 މެއި 2026

ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ

28 މެއި 2026
ލީވާން އާއި ޝަހްޒާންގެ ޖަލުގޮޅި ބަދަލު ކުރީ ފޯނެއް ފެނިގެން ކަމަށް ބުނުން، ފުލުހުން މައްސަލަ ބަލަނީ
28 މެއި 2026

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
25 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

25 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް