Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޭވަށު ކައުންސިލުގެ ގޮނޑި

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

4 ޖޫން 2026 | ބުރާސްފަތި 08:50

މ. ވޭވަށު ކައުންސިލްގެ ވޯޓާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ލޮޅުން އަރާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި ބުނެފި. ވޯޓު ކަރުދާސް ޗާޕުކުރުމުގައި ހުންނަ ކުދި ތިކިތަކަކީ ވޯޓު ބާތިލުވާނެ ސަބަބެއް ކަމަށް ބަލައިފިނަމަ، ކުރިއަށް އޮތް އިންތިޚާބުތަކުގެ ނަތީޖާއަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ވަނީ ފާޅުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖޫން 2026 | ބުރާސްފަތި 08:50
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަނީ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަނީ | ރާއްޖެ އެމްވީ

މ. ވޭވަށު ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި އީސީގެ ވަކީލު ވަނީ ހައިކޯޓުގެ ނިންމުމާމެދު ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ތަފްސީލީ ގޮތެއްގައި ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ވޭވަށު ކައުންސިލްގެ އިންތިޚާބުގެ މައްސަލައިގައި ހައިކޯޓުން ގޮތް ނިންމާފައިވަނީ ވޯޓު ކަރުދާސްތަކަށް ބެލުމެއް ނެތި ކަމަށެވެ. އަދި މި މައްސަލައިގައި އީސީގެ ފަރާތުންނާއި ވޯޓު ކަރުދާސް ޗާޕުކުރި ނޮވެލްޓީގެ ފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކަށްވެސް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާކަން ވަކީލު ފާހަގަކުރެއްވިއެވެ.

އީސީގެ ވަކީލު އިތުރަށް ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހުގައި ޖެހިފައި ހުންނަ ކުދި ތިކިތަކަކީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާނަމަ، އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް ކުރާނެ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ރެފަރެންޑަމް ވޯޓުތަކުގެ ނަތީޖާއަށްވެސް މިފަދަ ނިންމުމެއްގެ ސަބަބުން އަސަރުކޮށް، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުގެ ނިންމުމަކީ އިންތިޚާބީ ނިޒާމު ހިނގާ ގޮތުގެ މައިގަނޑު އަސާސްތަކާ ޚިލާފު ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައި، އީސީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

އިންތިޚާބީ މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މުސްތަޤުބަލުގައި ބޭއްވޭ އިންތިޚާބުތަކަށް އޭގެ ނަތީޖާ ފޯރާނެ ކަންކަން ކަމަށްވާތީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެއެވެ.

މި މައްސަލައިގައި ފަނޑިޔާރުން ސާފުކުރަންޖެހޭ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ލ. ވޭވަށުއިލެކްޝަންސް ކޮމިޝަންސުޕްރީމް ކޯޓުހައި ކޯޓުނޮވެލްޓީ ބުކްޝޮޕްލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ޖޫން 2026

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

04 ޖޫން 2026
ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
03 ޖޫން 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
03 ޖޫން 2026

ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

03 ޖޫން 2026
ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި
03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
26 މެއި 2026

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ސުޕްރީމް ކޯޓަށް

26 މެއި 2026
މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ސުޕްރީމް ކޯޓަށް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
24 މެއި 2026

ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ މި ސަރުކާރަކީ ބީރު ސަރުކާރަކަށް ވީމަ: އަހުމަދު ޝާޒް

24 މެއި 2026
ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ މި ސަރުކާރަކީ ބީރު ސަރުކާރަކަށް ވީމަ: އަހުމަދު ޝާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް