Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހެލިކޮޕްޓަރު ވައްޓާލީ އީރާން އިން ކަމަށް ބުނެ، އެމެރިކާ އިން ހަމަލާ ދީފި

ސެންޓްކޮމް އިން ބުނީ މި ހަމަލާތައް ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅާ އެއްގޮތަށް ކަމަށް. އެ އިދާރާ އިން ބުނީ މި މަސައްކަތަކީ އީރާން އިން ހަމަ ނުޖެހޭ ގޮތުގައި ކުރިއަށް ގެންދިޔަ ހަނގުރާމަވެރި އަމަލުތަކާ އެއްވަރުގެ ހަމަލާ ތަކެއް ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2026 | ބުދަ 07:20
އީރާން އަށް އަމާޒުކޮށް ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" ހަމަލާ ތަކުގެ ތެރެއިން، އެމެރިކާގެ އެއަރ ފޯސްގެ "ކޭސީ-135 ސްޓްރެޓޯޓޭންކަރ" މަތިންދާ ބޯޓަކުން "އެފް-15އީ ސްޓްރައިކް އީގަލް" މަތިންދާ ބޯޓަކަށް ވައިގެ ތެރޭގައި ތެޔޮ އަޅާ މަންޒަރު.

އީރާން އަށް އަމާޒުކޮށް ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" ހަމަލާ ތަކުގެ ތެރެއިން، އެމެރިކާގެ އެއަރ ފޯސްގެ "ކޭސީ-135 ސްޓްރެޓޯޓޭންކަރ" މަތިންދާ ބޯޓަކުން "އެފް-15އީ ސްޓްރައިކް އީގަލް" މަތިންދާ ބޯޓަކަށް ވައިގެ ތެރޭގައި ތެޔޮ އަޅާ މަންޒަރު. | ރޮއިޓާސް

އެމެރިކާގެ ސިފައިން އަންގާރަ ދުވަހުގެ ހަވީރު އީރާން އަށް ހަމަލާ ދީފި އެވެ.

އެމެރިކާގެ މެދުތެރޭގެ ސިފައިންގެ ބާރު (ސެންޓްކޮމް) އިން ބުނީ މި ހަމަލާތައް ދިނީ އީރާން އިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލާފައި ވާތީ، އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ސެންޓްކޮމް އިން ބުނީ މި ހަމަލާތައް ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅާ އެއްގޮތަށް ކަމަށެވެ. އެ އިދާރާ އިން ބުނީ މި މަސައްކަތަކީ އީރާން އިން ހަމަ ނުޖެހޭ ގޮތުގައި ކުރިއަށް ގެންދިޔަ ހަނގުރާމަވެރި އަމަލުތަކާ އެއްވަރުގެ ހަމަލާ ތަކެއް ކަަމަށެެވެ. 

ފުރަތަމަ ހަމަލާތައް ދިނުމަށް ފަހު، ގާތް ގަނޑަކަށް ގަޑިއެއްހާ އިރު ފަހުން އެމެރިކާގެ އޮފިޝަލުން އަލް އަރަބިއްޔާ އިނގިރޭސި އަށް ވިދާޅުވީ އީރާންގެ ވައިގެ ރައްކާތެރި ކަމުގެ ނިޒާމު ތަކާއި ރާޑަރު ތަކަށް ވެސް މި ހަމަލާތައް ދީފައިވާ ކަމަށެވެ. މި އޮޕަރޭޝަން ފެށި ފަހުން، ދެ ގަޑިއިރު ފަހުން ވެސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް އޭބީސީ ނިއުސް އަށް ވިދާޅުވީ، އީރާން އަށް ދޭން ޖެހޭ ބަދަލަކީ ވަރަށް ވަރުގަދަ އަދި ބާރުގަދަ ބަދަލެއް ކަމަށާއި، މިއީ އެފަދަ ބަދަލެއް ކަމަށެވެ.

އެމެރިކާގެ ހަމަލާތަކާ ގުޅިގެން، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ އެ ޤައުމުން އެމެރިކާގެ އަމަލު ތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަރާގްޗީ ވިދާޅުވެފައި ވަނީ، ބިއްރު ދެއްކުމުގެ އަމަލު ތަކާއި، ހަމަލާ ތަކުގެ ކުރިމަތީގައި އީރާންގެ ސިފައިން ބަދަލު ނުހިފައި ނުތިބޭނެ ކަމަށެވެ. 

އެމެރިކާ އިން މިފަދަ ހަމަލާ ތަކެއް ދީފައިވާއިރު، އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައި އެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން އެެމެރިކާ އިން ދިން ހަމަލާ ތަކުގެ ސަބަބުން، މެދު އިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެގެން ދާނެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމް

އިތުރަށް ކިޔާލަން

10 ޖޫން 2026

އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު

10 ޖޫން 2026
އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު
10 ޖޫން 2026

އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި
09 ޖޫން 2026

އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން

09 ޖޫން 2026
އީރާން އިން މަސައްކަތް ކުރަނީ އަމިއްލަ އެދުމެއްގައި ކަމަށް ވިދާޅުވެ، ލުބުނާާން ރައީސްގެ ނުރުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު