Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއްވެސް ހަމަލާ އަކަށް ބަދަލު ނުހިފާ ނުދޫކޮށްލާނަން: އީރާންގެ ޚާރިޖީ ވަޒީރު

އީރާނުގެ ހުރުމުޒްގާން ޕްރޮވިންސަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ދެއްވައިފި. އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގެ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށް އެ ގައުމުގެ ސަރަހައްދީ އިމަށް އަރައިގަންނަ ކޮންމެ ބާރަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި. މި ހަމަލާތަކާ ގުޅިގެން މަސްރަހު ގޯސްވެފައިވާއިރު، ސަލާމަތްތެރިކަން ބޭނުންނަމަ އެމެރިކާ ސިފައިން އެ ސަރަހައްދުން ފޭބުމަށް އީރާނުން ވަނީ ގޮވާލާފައި.

ރާއްޖެ އެމްވީ | 10 ޖޫން 2026 | ބުދަ 06:27
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ. | ޕްރެސް ޓީވީ

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދާދިފަހުން ދިން ހަމަލާތަކަށް "ރައްދު ނުދީ ދޫކޮށްނުލާނެ" ކަމުގެ އިންޒާރު، އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެމެރިކާއަށް ދެއްވައިފިއެވެ.

އީރާނުގެ އެންމެ އިސް ޑިޕްލޮމޭޓް މިފަދައިން ވިދާޅުވީ، އީރާނުގެ ހުރުމުޒްގާން ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަރާގްޗީ ލިޔުއްވާފައިވާ ގޮތުގައި، ހަނގުރާމައިގެ މައިދާނުގައި އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ގައުމުން އިޚްތިޔާރު ކުރީ އީރާނުގެ ސާބިތުކަން އިމްތިހާން ކުރުމަށެވެ. އަދި އީރާނުގެ ހަތިޔާރު އެޅި ސިފައިން އެއްވެސް ހަމަލާއެއް ނުވަތަ އިންޒާރެއް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަލާމަތުން ތިބެން ބޭނުންނަމަ އަހަރެމެންގެ ސަރަހައްދުން ބޭރުވޭ،" އަރާގްޗީ ވިދާޅުވިއެވެ. މީގެ އިތުރުން، ޕާޝިއަން ގަލްފުގެ ތާރީޚަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ކުރިމަތިވި ބިރުވެރި ނިމުންތަކުގެ ސަފުހާތަކުން ފުރިގެންވާ ތަނެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން، އިސްލާމީ ޖުމްހޫރިއްޔާގެ ގައުމީ މީޑިއާއިން ވަނީ އީރާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ހުރުމުޒްގާންގެ އެކި ސަރަހައްދުތަކަށް އެމެރިކާގެ މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

އެ ރިޕޯޓްތަކުގައިވާ ގޮތުން ހަމަލާ އަމާޒުވެފައިވަނީ ގޭޝްމް އައިލެންޑާއި، ޖާސްކް އަދި ސިރިކް ކައުންޓީއަށެވެ.

މި ހަމަލާތައް ދިނުމުގެ ކުޑައިރުކޮޅެއް ކުރިން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އޮމާންގެ އައްސޭރިފަށަށް އެމެރިކާ އަސްކަރިއްޔާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުމާ ގުޅިގެން، އީރާނާ ދެކޮޅަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

މީގެ އެއް ދުވަސް ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރުމުޒް ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓިފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. މިއީ "ދަ ނިއު ޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ޚަބަރެއް ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް ދެއްކެވި ވާހަކަފުޅެކެވެ. އެ ހެލިކޮޕްޓަރު ވައްޓާލީ އީރާނުން ކަމަށް ތުހުމަތު ކުރައްވައި، އެމެރިކާއިން އެކަމަށް ރައްދު ދޭން "ޖެހޭނެ" ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އީރާނުގެ އޮފިޝަލުންނާއި އަސްކަރިއްޔާއިން ވަނީ އެ ހާދިސާގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް އިންކާރުކޮށްފައެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް ހަމަޔަގީނުންވެސް ބަދަލު ހިފާނެ ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފައެވެ.

އެމެރިކާގެ ހަމަލާތަކުގެ ކުރިންވެސް އަރާގްޗީ ވަނީ އީރާނުގެ ވައިގެ ސަރަހައްދާއި، ބިމާއި ނުވަތަ ކަނޑުގެ ސަރަހައްދަށް އަރައިގަންނަ ކޮންމެ އަމަލަކަށް އީރާނުގެ ވަރުގަދަ އަސްކަރިއްޔާ އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ސަރަހައްދާ ކައިރީގައި ހަރަކާތްތެރިވާ ބޭރުގެ ސިފައިންނަށް، އެމީހުންގެ އަމިއްލަ އިހުމާލުން ނުވަތަ ދިމާވާ އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ދެފަރާތުގެ ކުރިމަތިލުމެއްގެ ތެރެއަށް ވަދެވި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ބޭރުގެ ސިފައިން ވީހާވެސް އަވަހަކަށް މި ސަރަހައްދުން ފޭބުން ކަމަށާއި، މި ސަރަހައްދަކީ ދުޝްމަނުންނަށް އަމާން ތަނަކަށް ދުވަހަކުވެސް ނުވާނެ ކަމަށް އަރާގްޗީ ވިދާޅުވިއެވެ.

އީރާން-އެމެރިކާއައްބާސް އަރަގްޗީހުރްމުޒްގާންހުރްމުޒް ކަނޑުއޮޅިޕާރޝިއަން ގަލްފް

އިތުރަށް ކިޔާލަން

10 ޖޫން 2026

އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި
09 ޖޫން 2026

ޓްރަމްޕްގެ އިންޒާރެއް ނަތަންޔާހޫ އަށް، އިޒްރޭލް އެކަނިވެރި ވެދާނެ!

09 ޖޫން 2026
ޓްރަމްޕްގެ އިންޒާރެއް ނަތަންޔާހޫ އަށް، އިޒްރޭލް އެކަނިވެރި ވެދާނެ!
09 ޖޫން 2026

މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް

09 ޖޫން 2026
މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު