Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ. މިލަންދޫ ފެނަކަ

ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑް ކުރި ކަމުގެ ތުހުމަތު

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ށ. މިލަންދޫ ފެނަކަ ބްރާންޗުގެ ސީނިއަރ ސުޕަވައިޒަރު މުހައްމަދު ޝާމް ކުއްލި ގޮތަކަށް ވަނީ ސަސްޕެންޑު ކޮށްފަ. ފެނަކައިގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ސިޔާސީ ބޭނުމަށް ވަޒީފާ ދިނުމަށްފަހު މުވައްޒަފުން ވަކިކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ. ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއްވެސް މިހާރު ވަނީ ހުޅުވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖޫން 2026 | ހޮނިހިރު 12:17
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް | ކޯޕަރޭޓް މޯލްޑިވެސް

ސޯޝަލް މީޑީއާ ގައި ކުރި ޕޯސްޓަކާ ގުޅިގެން ށ. މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިކަމުގެ މައުލޫމާތު ރާއްޖެއެމްވީ އާ ހިއްސާކޮށް، އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ސަސްޕެންޑު ކޮށްފައިވަނީ ށ. މިލަންދޫ ފެނަކައިގައި މަސައްކަތް ކުރާ ސީނިއަރ ސުޕަވައިޒަރު، މުހައްމަދު ޝާމް ކަމަށެވެ. 

Advertisement - newsAdvertisement

އޭނާ މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑު ކޮށްފައިވާ ކަމުގެ ޗިޓު ފޮނުވާފައިވަނީ ކުއްލިއަކަށް ކަމަށާއި އެ ޗިޓު ފޮނުވީ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި އޭނާ ސަސްޕެންޑު ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. 

ފެނަކައިގެ މުވައްޒަފަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކޮށްފައިވާއިރު އެ ކުންފުނީގެ ޕޭރޯލްގައި ގާތްގަނޑަކަށް 8000 މުވައްޒަފުން އެބަތިބި ކަމަށާއި، ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާތީ އެއީ ނެގޭނެ ބުރައެއް ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވަނީ ވިދާޅުވެފަ އެވެ. 

ފެނަކައިގެ އެމްޑީ އަފީފު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މިމަހުގެ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ހުޅުވާފަ އެވެ. 

މިއީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށްވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ރަށްރަށުގައި ފެނަކައިން އެތައް ސަތޭކަ ވަޒީފާ އެއް އުފެއްދި އެވެ. އެ ވަޒީފާތައް ދީފައިވަނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންކަމަށް ބުނެ އެވެ. ނަމަވެސް އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު ގިނަ ފަރާތަކެއް ވަޒީފާ އިން ވަކިކުރާކަމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން ފެނަކައިގެ މެނޭޖްމަންޓުތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މީގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ޚީދުމަތަށް ވެސް ބުރޫއަރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރެ އެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއި ކޮރަޕްޝަނުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ދަރަނިވެރިވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ށ. މިލަންދޫ ފެނަކަމުހައްމަދު އަފީފު ހުސައިން

އިތުރަށް ކިޔާލަން

04 ޖޫން 2026

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
02 ޖޫން 2026

މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޯވި އަލިފާން ނިވާލައިފި، މީހަކަށް ގެއްލުމެއް ނުވޭ

02 ޖޫން 2026
މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޯވި އަލިފާން ނިވާލައިފި، މީހަކަށް ގެއްލުމެއް ނުވޭ
01 ޖޫން 2026

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި

01 ޖޫން 2026
ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު