Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް ނަސީރު

ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރަށް ރައީސް އޮފީހުގައި މިނިސްޓަރުން ފެންވަރުގެ މުޅިން އައު މަޤާމެއް: ބަހާއި ޤައުމިއްޔަތުގެ މުޝީރުކަން!

ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރުގެ މަޤާމަށް އާދަމް ނަސީރު އިބްރާހީމް އައްޔަނުކުރެއްވިއިރު، މިއީ މިނިސްޓަރުންގެ ފެންވަރުގައި އަލަށް އުފެއްދެވި މަޤާމެއް. ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ހިއްސާކުރެއްވި ޅެމަކީ ރައީސަށް އަމާޒުކުރެއްވި އެއްޗެއްކަމަށް އާންމުންގެ މެދުގައި ވާހަކަދެކެވުނު. އާދަމް ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ވުޒާރާގެ ނަން ބަދަލުކޮށް، މިނިސްޓަރުގެ މަޤާމަށް މިހާރު އައްޔަނުކުރައްވާފައިވަނީ ހީނާ ވަލީދު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2026 | އަންގާރަ 09:23
ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް | ރައީސް އޮފީސް

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނު ކޮށްފިއެވެ.

ރާއްޖެއެމްވީން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، "ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރު" ގެ މަޤާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވާ ކަމަށެވެ. އަދި މިއީ އަލަށް އުފެއްދި މަޤާމެއް ކަމަށާއި، މިއީ މިނިސްޓަރުން ފެންވަރުގެ މަޤާމެއްކަމަށްވެސް ރާއްޖެއެމްވީން ސުވާލު ކުރުމުން ތަރުޖަމާނު ކަށަވަރު ކޮށްދެއްވިއެވެ.

އާދަމް ނަސީރު ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސްގެ އެންގެވުމަށް ކެބިނެޓުގެ ގިނަ ވަޒީރުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވި ދަނޑިވަޅުގައެވެ. އޭރު އާދަމް ނަސީރު އިސްތިއުފާ ދެއްވުމުން މިނިސްޓްރީގެ ނަން މިނިސްޓަރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމަށް ބަދަލުކޮށް، އެ ވުޒާރާގެ ވަޒީރުކަމަށް ހީނާ ވަލީދު ވަނީ އައްޔަނު ކުރައްވާފައެވެ.

އިސްތިއުފާ ދެއްވައި އޭރު އާދަމް ނަސީރު ވަނީ އެހެންމީހުންގެ ގޯސްތައް ދައްކަން އުޅުމުގެ ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު މުތާލިއާކޮށް އިޞްލާޙުކުރުމުގެ މުހިއްމުކަމާ ގުޅޭ ޅެމެއްވެސް ހިއްސާކުރައްވާފައެވެ. އެއީ ރައީސް މުއިއްޒަށް އަމާޒުކޮށް ހިއްސާކުރެއްވި ޅެމެއްކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އަރަބި ބަހުން އޭނާ ހިއްސާ ކުރެއްވި މި ޅެމުގެ ދިވެހި ތަރުޖަމާއަށް ބަލާއިރު، ތިބާ އެހެން މީހުންގެ އައިބުތަކާއި ކުށްތައް ހާމަކުރާއިރު، ތިބާއަކީ ވެސް ކުށްތަކެއް ކުރެވިފައިވާ އަދި އަމިއްލަ ނަފްސުގައި އުނިސިފަތަކެއް އެކުލެވިގެންވާ މީހެއްކަން ހަނދާން ކުރުމަށް ޅެމުގައިވެއެވެ.

މީގެ އިތުރުން، ބައެއް މީހުންނަކީ ފެންނަ ފެނުމަށް އެންމެ ހެޔޮލަފާ މީހުން ކަމުގައި ހީވި ނަމަވެސް، އެމީހުންގެ އެތެރެފުށުގައި ފޮރުވިފައިވާ ކަންކަމަކީ ކިހާ ނުބައި ކަންތައްތަކެއް ހޭ ވެސް ޅެމުގައި ބުނެ އެވެ.

ހަމައެއާއެކު، ފަތުވާތައް ފަތުރައި، މީސްތަކުންނަށް ނަސޭހަތް ދިނުމަށް ފަހު، އަމިއްލައަށް ފާފަތަކަށް އަރައިގަނެ ތައުބާނުވެ ތިބޭ މީހުންގެ ވާހަކަ ވެސް އެ ޅެމުގައި އޮވެއެވެ. އަދި "ޝައިޚެއް" ނުވަތަ ވަލީވެރިއެއްގެ ގޮތުގައި މުޚާޠަބުކުރާ ބައެއް މީހުންނަކީ، ހަގީގަތުގައި ނުބައިކަމުގެ ތެރެއަށް ގެނބިފައިވާ މީހުންކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާއިރު، ބައެއް ވަޒީރުން މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އެހެނިހެން މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފަ އެވެ. 

މި ދަނޑިވަޅަކީ ސަރުކާރުގެ "ސައިޒް" ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، ފެންނަމުންދަނީ އައު މަޤާމުތައް އުފައްދައި، އެކި މަޤާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނުކުރަމުންދާތަނެވެ. އަދި އިންތިޚާބާ ދިމާކޮށް ރަށްރަށުން ފެނަކަ ފަދަ ކުންފުނިތަކަށް ނެގި އާންމު ރައްޔިތުން ގެންދަނީ އެކި ސަބަބުތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.

 

އާދަމް ނަސީރުހީނާ ވަލީދު ޑރ. މުއިއްޒުރާއްޖެ އެމްވީދިވެހިބަހާއި ސަގާފަތާއި ތަރިކަ

އިތުރަށް ކިޔާލަން

09 ޖޫން 2026

ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!

09 ޖޫން 2026
ވެމްކޯއިން ބުނީ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެވިފައިވާކަމަށް!
09 ޖޫން 2026

ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ

09 ޖޫން 2026
ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ
08 ޖޫން 2026

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
01 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން
01 ޖޫން 2026

އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން

01 ޖޫން 2026
އަދަދުގެ ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އަޑުއެހުން ޖޫން 8 ގައި، އަޑުއެހުން ކުރިއަށްދާނީ ސިއްރުކޮށްގެން
31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
28 މެއި 2026

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު