Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިކަން މިނިވަންކަން ހަނިކުރުން

އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލުމާއި ބިރުދެއްކުން އާންމުވެފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ސަރުކާރުން ވަކި މީޑިއާތަކަކަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާއިރު، ރައީސް މުއިއްޒު ނޫސްވެރިންނާ މެދު ދަށު ދަރަޖައިގެ ބަސްމަގު ބޭނުންކުރައްވައި، މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް މީޑިއާތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ވަނީ ބޮޑުވެފަ. މިފަދަ ފިއްތުންތަކުގެ ސަބަބުން ކޮރަޕްޝަން ހާމަކުރުމަށް ހުރަސް އެޅި، ރައްޔިތުންނަށް މަޢުލޫމާތު ލިބުމުގެ ޙައްޤަށް ބޮޑެތި އުނިކަންތައްތަކެއް ދަނީ ކުރިމަތިވަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 14:49
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ހުރަސްތަކާއި، ހަގީގަތް ހާމަކުރަން މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތައް ދައްކުވައިދޭ ތަސްވީރެއް.

ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ހުރަސްތަކާއި، ހަގީގަތް ހާމަކުރަން މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތައް ދައްކުވައިދޭ ތަސްވީރެއް. | ރާއްޖެއެމްވީ

2023 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި ސަރުކާރުން ނޫސްވެރިންނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މިނިވަން ނޫސްވެރިކަން ފުނޑާލުމަށް ދުރާލާ ރާވައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުން ބޭނުންވާ ގޮތަށް ހަބަރު ފަތުރާ ފަރާތްތަކަށް ނޫނީ ނޫސްވެރިކަމުގެ މައިދާނުގައި ފުރުސަތު ނެތް ކަމުގެ ބިރުވެރިކަން މިއަދު ވަނީ އުފެދިފަ އެވެ. ސަރުކާރުގެ އުސޫލުތަކާ ހިލާފަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިލާން ޖެހެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ނުރުހުމާއި ރުޅިވެރިކަމާ އެވެ.

ދިވެހި ނޫސްވެރިން މިއަދު މަސައްކަތް ކުރަމުން ދަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ބޮޑެތި ފިއްތުންތަކެއްގެ ތެރޭގަ އެވެ. އެކި ޒަމާންތަކުގައި ނޫސްވެރިންނަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، މިހާރު ފެންނަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަން މުޅިން އެހެން ދަރަޖައަކަށް ހަނިކުރަމުންދާ މަންޒަރެވެ. ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާއި، ހައްޔަރުކުރުމާއި، ޖަލު ހުކުމް އިއްވުމުގެ އިތުރުން، މީޑިއާ ސްޓޭޝަންތައް ރެއިޑްކުރުމަކީ މިއަދު އާންމު ކަމަކަށް ވެއްޖެ އެވެ. ވަކި މައުޟޫއުތަކަށް ރިޕޯޓްކުރުން ހަނިކޮށް، ނޫސްވެރިކަމުގެ މަސައްކަތް ކުރުމުން ގާނޫނީ އަދަބު ލިބިދާނެ ކަމުގެ ބިރުވެރިކަން މުޅި މީޑިއާ ދާއިރާގައި ވަނީ ފެތުރިފަ އެވެ.

މީޑިއާގެ އަޑު ކަނޑުވާލުމަކީ ހަމައެކަނި ރިޕޯޓަރުންނަށް ދެވޭ އަދަބެއް ނޫން ކަމަށާއި، އެއީ މުޅި ރައްޔިތުންނަށް ލިބޭ ބޮޑު އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، ވެރިކަމުގައި ތިބޭ ފަރާތްތަކާ ސުވާލުކުރުމަށް ހުރަސްއެޅުމުގެ ސަބަބުން، ރައްޔިތުންނަށް ކަންކަން ސާފުވާން އޮތް ދޮރުތައް ދަނީ ބަންދުވަމުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ގައުމުގެ މުޅި ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހަގީގަތް ހާމަކުރާ މީޑިއާތަކާ ޒާތީ ގޮތުން ޖައްސާލައި، އެ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކައި ސަރުކާރުން ގެންދަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ވަކި މީޑިއާތަކަށް ހަރަދުކުރަމުންނެވެ. ސަރުކާރު ޕްރޮމޯޓް ކުރުމަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަގުބޫލުކަން ދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. ދައުރުގެ މެދުތެރެއިން ނެގުނު ފެންނަ ނުފެންނަ ވޯޓުން ރައީސް މުއިއްޒުގެ ސަރުކާރަށް ލިބުނު ލަދުވެތި ނާކާމިޔާބީއަކީ މިކަމުގެ ހެއްކެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މިނިވަން ނޫސްވެރިކަން ދިވެހިރާއްޖެ އިން ނައްތާލުމަށްޓަކާ، ރައީސް މުއިއްޒުގެ ފުރިހަމަ ބާރު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ގާނުނުތަކަށް ބަދަތަކެއް  ގެނެސްފަ އެވެ. ކޯޓުތަކުން ވަނީ ނޫސްވެރިންގެ އަނގަބަންދުކުރަން އަމުރުނެރެފަ އެވެ. ލިޔުނު ހަބަރަކުން، ކޮށްލި ސުވާލަކުން، ރައީސް މުއިއްޒު ވަނީ ނޫސްވެރިން ހުރަގެ އަށް ފޮނުވާފަ އެވެ. މިވަރުން އަދި ނިމުނީކީ ނޫނެވެ.

އެންމެ ފަހުން ރައީސް މުއިއްޒު ވަނީ ނޫސްވެރިންނަށް ވަރަށް ހުތުރު ބަހުން ހަމަލާދެއްވާފަ އެވެ. ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ ރާއްޖޭގެ ނޫސްވެރިންނަކީ އެންމެ ދައްފަންތީގެ ނޫސްވެރިކަން ކުރާ ބައެކެވެ. ރައީސް އޮފީހަށް ނޫސްވެރިން އެއްކޮށް ރައީސް މުއިއްޒު މިވަނީ ދިވެހި ނޫސްވެރިން "ގަން ހިންގުވާފަ" އެވެ. ރައީސް މުއިއްޒު ދިވެހި ނޫސްވެރިން ސިފަކުރެއްވީ އިންސާނުންގެ ނަޖިސް ދައުރުވާ ޖަންކްޝަންތަކުގެ ތެރެއިން އޮޕަރޭޓްވާ ބައެއްގެ ގޮތު ގައެވެ. މިއީ ދިވެހި ތާރީހުގައިވެސް ގައުމެއްގެ ވެރިއަކު ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ދަށު ދަރަޖައިގެ ބަސްމަގަކުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ޕްރެސް ފްރީޑަމްރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

01 ޖޫން 2026

ނޫސްވެރިންގެ ހައްގުގައި މުޒާހަރާކޮށްގެން ބަންދުކުރި ޝާމިން އާއި މުޝައްފައު ދޫކޮށްލައިފި

01 ޖޫން 2026
 ނޫސްވެރިންގެ ހައްގުގައި މުޒާހަރާކޮށްގެން ބަންދުކުރި ޝާމިން އާއި މުޝައްފައު ދޫކޮށްލައިފި
01 ޖޫން 2026

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި

01 ޖޫން 2026
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި
01 ޖޫން 2026

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026
ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި
01 ޖޫން 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!

01 ޖޫން 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!
31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު