Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

3 ޖޫން 2026 | ބުދަ 07:06

ރައީސް އޮފީހަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތައް. މީގެ އިތުރުން އެކި ބާވަތުގެ އެހީތެރިކަމަށް އެދުމާއި، ވަޒީފާއާއި ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންބޮޑުވުންތަކުގެ އިތުރުން ޝަރުޢީ ދާއިރާއާއި ޖޫރިމަނާ މާފުކުރުމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2026 | ބުދަ 07:06
ރައީސް އޮފީސް

ރައީސް އޮފީސް

މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އާންމު ފަރާތްތަކުން ޖުމުލަ 546 ޝަކުވާއެއް ހުށަހަޅާފައިވާކަން އެ އޮފީހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

 ރައީސް އޮފީހަށް ހުށަހަޅާފައިވާ މި ޝަކުވާތަކުގެ ތެރޭގައި އެކި ދާއިރާތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހިމެނެއެވެ.

Advertisement - newsAdvertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސެނެގުމުގެ މަތިން ހާމަކުރާ މައުލޫމާތުގެ ގޮތުގައި ރައީސް އޮފީހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދާއިރާއިން 147 ޝަކުވާއެއް ހުށަހަޅާފައިވާއިރު، އެކި ބާވަތުގެ އެހީތެރިކަމަށް އެދި 91 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

މީގެ އިތުރުން ވަޒީފާއާ ގުޅުންހުރި 42 ޝަކުވާއަކާއި، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ 24 ޝަކުވާއެއްވެސް މި މުއްދަތުގެ ތެރޭގައި ވަނީ ލިބިފައެވެ.

މި ދާއިރާތަކުގެ އިތުރުން، ޝަރުޢީ ދާއިރާއާއި ޤާނޫނީ ކަންކަމާ ގުޅުންހުރި ބައެއް މައްސަލަތައްވެސް ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުށް މަޢާފުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކާއި، ތަފާތު ތަޙްޤީޤުތަކާ ގުޅޭ ޝަކުވާތަކާއި، ޕެންޝަން ފައިސާއާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

 އަދި އެކި ސަބަބުތަކާ ހުރެ އަރާފައިވާ ޖޫރިމަނާތައް މަޢާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޝަކުވާތަކާއި، ލޯނުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަންތައްވެސް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ވަކި ގިންތިއަކަށް ނުފެތޭ 80 ލިޔުމެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ އާންމު ޝަކުވާތަކުގެ އިތުރުން، ސަރުކާރުގެ މަޢުލޫމާތަށްޓަކައި ފޮނުވާފައިވާ ލިޔުންތަކާއި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ފޮނުވާފައިވާ ޝުކުރުގެ ލިޔުންތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާ މިފަދަ ޝަކުވާތަކަކީ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އޮންނަ މުހިންމު ވަސީލަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ބޯހިޔާވަހިކަންމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫޕެންޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ޖޫން 2026

އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް

01 ޖޫން 2026
 އަނެއްކާވެސް ރައީސް މުއިއްޒުގެ ވަރުގަދަ ހަމަލާއެއް ނޫސްވެރިންނަށް
31 މެއި 2026

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން

31 މެއި 2026
ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން
28 މެއި 2026

ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

28 މެއި 2026
ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި
23 މެއި 2026

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

23 މެއި 2026
ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު
23 މެއި 2026

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

23 މެއި 2026
އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ
21 މެއި 2026

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

21 މެއި 2026
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
20 މެއި 2026

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!
19 މެއި 2026

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

19 މެއި 2026
ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު
19 މެއި 2026

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

19 މެއި 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!
18 މެއި 2026

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު

18 މެއި 2026
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްވީ މަސައްކަތްޕުޅު ހުރިގޮތުން: ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް