Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލީ އިހުސާން

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމާ ގުޅިގެން ސިނގިރޭޓަށް ބަދަލުވާ މިންވަރު މަދުކުރުމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ. ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދިރާސާއަކަށް ފަހު މިހާރު ކަނޑައަޅާފައިވާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ލަފާދީފައިވާތީ، އެކަމާ ގުޅޭ މަޝްވަރާތައް ސަރުކާރުން ދަނީ ކުރަމުން. މި މަޝްވަރާތަކަށް ފަހު ވަކި ގޮތަކަށް އެއްބަސްވެވިއްޖެ ނަމަ، ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 31 މެއި 2026 | އާދީއްތަ 13:29
ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން | ރައީސް އޮފީސް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާ ލިބިފައިވާ ކަމަށާ އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ 2024 ވަނަ އަހަރު ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ސަރުކާރުން ބޮޑު ކުރީރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އެ ބޭނުންކުރި މީހުން ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި، އޭރު ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. 

Advertisement - newsAdvertisement
އޭރުގައި އަޅުގަނޑުމެން 8 ރުފިޔާ އަށް ބޮޑުކޮށްފަ ވީ ވަކިން ޚާއްސަކޮށް ވޭޕް މަނާ ކުރުމާ ގުޅުގިގެން. އޭގެ އެފެކްޓެއްގެ ގޮތުގައި. ވޭޕް ބޭނުން ކުރަމުން އައި ގިނަ މީހުން ސިނގިރޭޓް ބޭނުން ކުރަން ފަށާފާނެ ކަމަށް އަޅުގަނޑުމެންނަށް އޭރު ލިބިފަހުރި  އެ ދާއިރާގެ އެކްސްޕަރޓުންގެ އެޑްވައިސާ އެކުގަ ވެސް ކުރެވުނު ކަމެއް. އެހެން ނަމަވެސް ޓޮބޭކޯ ކޮންޓްރޯލްގަ އަދި ދުންފަތުން މީހުން ދުރުކުރުމުގެ އެއް ޓޫލް އެއީ ދައުލަތްތަކުން ބޭނުންކުރާ ޓެކްސް ރޭޓަކީ
ހޯމް މިނިސްޓަރު އަލީ އިހުސާން

2024 ވަނަ އަހަރުގެ ނޮވެމްބަރު 1 ފެށިގެން ސަރުކާރުން ނިންމީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ: އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. 

އެއީ އޭރު ނިންމި އުނދަގޫ ނިންމުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ދުންފަތުން ނަގާ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ޑަބްލިއުއެޗްއޯ އިން ދިރާސާ އެއް ކުރުމަށްފަހު ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އެންމެނަށް އެއްބަސް ވެވޭނަމަ އެކަން އެގޮތަށް ކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދުންފަތު އިސްތިއުމާލުކުރުންވޭޕްއަލީ އިހުސާން

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

28 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 9 ކޭސް

26 މެއި 2026
ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

23 މެއި 2026
އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

23 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު