Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަމަދޫ ކަރަންޓް ކެނޑުން

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

އީދުގެ ފޯރިގަދަވެފައިވާ ބ. ކަމަދޫގެ ޕެނަލް ބޯޑަށް ލޯޑު ބޮޑުވެ އަލިފާން ރޯވުމާ ގުޅިގެން، މުޅި ރަށުން ކަރަންޓު ކެނޑި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއްޖެ. ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ޒިޔާރަތްތެރިން ރަށުގައި ތިއްބާ ދިމާވި މި މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާއިރު، ކަރަންޓު އަލުން ލިބޭނެ ވަގުތެއް އަދި ކަށަވަރެއް ނުވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 15:20
ބ. ކަމަދޫ އަނދިރީގަ

ބ. ކަމަދޫ އަނދިރީގަ | ރާއްޖެ އެމްވީ

 1447 ވަނަ އަހަރުގެ އަޟްހާ އީދު އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ އެއް ރަށް ކަމަށްވާ ބ. ކަމަދޫ އިން  ކަރަންޓް ކެނޑިއްޖެ އެވެ.

ބ. ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު މިކަމާ ގުޅޭ މާއުލޫމާތު ރާއްޖެ އެމްވީ އަށް ދެއްވަމުން ވިދާޅުވީ މުޅި ކަމަދޫ އިން ކަރަންޓް ދިޔައީ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު ކަމަށެވެ. ކަރަންޓު ކެނޑުމަށް ދިމާވި ސަބަބަކީ ޕެނަލްބޯޑުގެ ފީޑަރެއްގެ ނަރެއްގައި އަލިފާން ރޯވުމާ ގުޅިގެން ކަމަށް ޒަރީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement
ލޯޑު ބޮޑުވެގެން އަލިފާން ރޯވި ކަމަދޫ އިންޖީނުގޭގެ ޕެނަލް ބޯޑު
ލޯޑު ބޮޑުވެގެން އަލިފާން ރޯވި ކަމަދޫ އިންޖީނުގޭގެ ޕެނަލް ބޯޑު

ޒަރީރު ވިދާޅުވީ ކުއްލި ގޮތަކަށް ޕެނަލް ބޯޑުގައި މިގޮތަށް އަލިފާން ރޯވީ ލޯޑު ބޮޑުވެގެން ކަމަށެވެ. ފެނަލް ބޯޑަށް ދިމާވި މައްސަލަ އަކީ ވަރަށް ބޮޑު މައްސަލަ އަކަށް ވުމުން، މައްސަލަ ހައްލުކޮށް މުޅިރަށަށް ކަރަންޓް ދޭވޭނެ ވަގުތެއް އަދި ނޭނގޭކަމަށް ކަމަދޫ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކަ އިން މިހާރު ފަށާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މިއަހަރުގެ އަޟްޙާ އީދާ ދިމާކޮށް ކަމަދޫގެ ހުރިހާ ގެސްޓްހައުސް ތަކެއް ފުލް ވެފައިވާކަމަށް ޒަރީރު ވިދާޅުވި އެވެ. އީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުން 2000 އަށް ވުރެ ގިނަ މީހުން ކަމަދޫ އަށް ޒިޔާރައްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަމަދޫއަކީ އަބަދުވެސް އީދު ފާހަގަކުރުމުގައި ތަފާތު ރީތި ނަމޫނާތަކެއް ދައްކަމުން އަންނަ ރަށެކެވެ. މިއަހަރުގެ އީދުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ.

މުޅި ކަމަދޫ އިން ކަރަންޓު ކެނޑުމާ ގުޅިގެން ރަށުގެ ރައްޔިތުންނާއި އީދަށް ޒިޔާރަތްކޮށްފައިވާ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކަރަންޓު ނެތުމުގެ ސަބަބުން އީދު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކަށް ވެސް ބުރޫ އަރާނެ ކަމަށް ބެލެވެ އެވެ.

ކަމަދޫގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި މަންޒަރުތައް ރާއްޖެޓީވީ އިން ދަނީ މެދުކެނޑުމެއްނެތި އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

ބ. ކަމަދޫއަޟްހާ އީދުފެނަކަކަރަންޓުގެ މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު