Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މައުލޫމާތު ސިއްރު

ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހާމަކުރުމަށް އާންމުން ގޮވާލަމުންދަނިކޮށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުތައް މިހާރު ވަނީ އުނިކޮށްފަ. ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިފަދަ މައުލޫމާތުތައް ސިއްރުކުރާތީ ދެފުށް ފެންނަ މިންވަރާ މެދު އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މީގެ އިތުރުން، އާރްޓީއައި މެދުވެރިކޮށް ހޯދަން އެދޭ ސިޔާސީ މަގާމުތަކުގެ ތަފްސީލު ދިނުމަށް ވެސް ސަރުކާރުން ދަނީ ދެކޮޅު ހަދަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 މެއި 2026 | ބުރާސްފަތި 13:57
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން އުނިކޮށްފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓަށް މި ބަދަލު ގެނެސްފައި މިވަނީ، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެފަހުން އައްޔަނުކުރާނީ ތައުލީމީ ގޮތުން ގާބިލު ބޭފުޅުން ކަމަށް ރައީސް މުއިއްޒު ދާދި ފަހުން އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ނިންމުމުގެ ކުރިން ރައީސް އޮފީހުގެ ވެބްސައިޓުގައި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ފޮޓޯ އާއި ނަން ހިމަނާފައި ހުއްޓެވެ. ނަމަވެސް، އޭރުވެސް އެ ފެންވަރުގެ ހުރިހާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެބްސައިޓުގައި ފުރިހަމައަށް ހިމަނާފަ އެއް ނުވެ އެވެ. މިހާރު ގެނައި ބަދަލާއެކު، އެ ފަންތީގެ އެއްވެސް ބޭފުޅެއްގެ މައުލޫމާތު ވެބްސައިޓުން ފެންނާކަށް ނެތެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ސިޔާސީ މަގާމުތަކުގެ ސައްހަ މައުލޫމާތު ހިއްސާ ނުކޮށް ދަނީ ސިއްރު ކުރަމުންނެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް ފޮނުވާ އާރްޓީއައި ތަކަށްވެސް ޖަވާބު ދިނުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. މިކަމާ ގުޅިގެން މިހާރުވެސް ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް މުއިއްޒު 2024 އޭޕްރީލް 20 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކުރުމުގައި މީގެފަހުން ވަކި މިންގަނޑުތަކަކަށް ބައްލަވާނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެގޮތުން މަސައްކަތުގެ ފެންވަރަށް ބަލައި މުވައްޒަފުން މަދުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު އޭރު ހާމަކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް ފެނިގެންދަނީ އެކި އެކި ނަންނަމުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުންދާ މަންޒަރެވެ.

ނިމިދިޔަ އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ވެސް ސަރުކާރުން ވަނީ ގިނަ ފަރާތްތަކަށް ވަޒީފާ ދީފަ އެވެ. މިކަމަށް އެއްބަސްވެވަޑައިގަތުމަށްފަހު، ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމަކަށް ނުވަތަ ކެމްޕެއިނަކާ ދިމާކޮށް ދެން އެއްވެސް މީހަކަށް ވަޒީފާ ނުދެއްވާނެ ކަމަށެވެ. ނަމަވެސް ގިނަ ސިޔާސީ މަގާމުތަކެއްގެ ތަފްސީލުތައް ރައީސް ވެބްސައިޓުން އުނިކުރުމަކީ ދެފުށް ފެންނަ ސިޔާސަތަކަށް ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ސްޓޭޓް މިނިސްޓަރުންޑެޕިއުޓީ މިނިސްޓަރުންމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

27 މެއި 2026

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް
26 މެއި 2026

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!
26 މެއި 2026

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް
25 މެއި 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު
25 މެއި 2026

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

25 މެއި 2026
ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު