Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމަބިހި

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފި

23 މެއި 2026 | ހޮނިހިރު 13:17

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ، ހުން އައުމާއި ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މިއަހަރުގެ މިހާތަނަށް 7 ކޭސް ފެނިފައިވާއިރު، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާތީ ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށާއި މާސްކް އެޅުމަށް އެދިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 23 މެއި 2026 | ހޮނިހިރު 13:17
މީސަލްސް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވޭ.

މީސަލްސް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވޭ. | ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 

އެޗްޕީއޭއިން ބުނީ، ހިމަބިހި (މީސަލްސް) ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެދޭ ކަމަށާއި، ފަރުވާ އަވަސް ކުރަން ޖެހޭ ކަމަށެވެ. ހިމަބިހީގެ އަލާމަތްތަކަށް އިޝާރާތް ކޮށް އެޗްޕީއޭއިން ބުނީ، އެ ބަލީގައި ހުން އައުމާއި، ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނޭ ކަމަށެވެ. އަދި ރަތް ބިހިތައް ފެނުމުގެ 4 ދުވަސްކުރިންނާއި ފަހުން ވެސް ހިމަބިހި ފެތުރިދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ، ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން މި ބަލި ވަރަށް ފަސޭހައިން ފެތުރިގެންދާ ކަމަށެވެ. އެހެންކަމުން އަލާމާތްތަކަށް ސަމާލުވެ، މާސްކް އެޅުމަށް އެދިފައިވެ އެވެ. 

އެޗްޕީއޭއިން މިފަދަ އިލްތިމާސްއެއް ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޕޮޒިޓިވް 7 ކޭސް ވަނީ ފެނިފަ އެވެ. އަދި މިކޭސްތަކުގެ 74 ށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވެ އެވެ. 

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވައްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ. އަދި ކުރިއަށް އޮތީ އަޟްޙާ އީދު ބަންދަށްވާތީ، ގިނަ ބަޔަކު ދަނީ އެކި ރަށްތަކާއި، ބޭރު ގައުމުތަކަށް ދަތުރު ކުރަމުންދާތީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. 

2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ނަމަވެސް އޭގެ ފަހުން 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވެ އެވެ.

ހިމަބިހިއެޗް.ޕީ.އޭހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

20 މެއި 2026

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ

20 މެއި 2026
މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ
20 މެއި 2026

މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރަކަށް ބަދަލުކުރަނީ

20 މެއި 2026
މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރަކަށް ބަދަލުކުރަނީ
13 މެއި 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

13 މެއި 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ
09 މެއި 2026

ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

09 މެއި 2026
ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
06 މެއި 2026

ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ

06 މެއި 2026
ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ
06 މެއި 2026

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

06 މެއި 2026
2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ
26 އެޕްރީލު 2026

ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި

26 އެޕްރީލު 2026
ނަފްސާނީ ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި
24 އެޕްރީލު 2026

ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ

24 އެޕްރީލު 2026
ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން: މިނިސްޓްރީ
24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް