Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗް.ޕީ.އޭ

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ކޭސް ފެނިފައިވާތީ، ހުންއައިސް ހަށިގަނޑުން ބިހި ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި. މި ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުން މުހިންމުއިރު، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކޮންޓެކްޓުން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް އެ އެޖެންސީން މިހާރު ދަނީ ކުރަމުން. ވައިގެ ޒަރީއާއިން ފަސޭހައިން ފެތުރޭ މި ބައްޔަކީ ފުރާނައަށް ނުރައްކާވެދާނެ ބައްޔަކަށްވާތީ، ހޮސްޕިޓަލް ފަދަ ތަންތަނަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 14:25
މީސްލްސް

މީސްލްސް | ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ކޭސް ފެނުނު އިރު 74 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ މިއަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސްލްސްގެ 7 ޕޮޒިޓިވް ކޭސް ރިޕޯޓު ކުރެވިފައިވާ ކަމަށެވެ. އަދި މި ކޭސްތަކުގެ 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ހުންއައިސް، ގައިގައި ރަތް ބިިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އެދިފަ އެވެ. އަދި ހޮސްޕިޓަލަށް ޒިޔާރަތްކުރާނަމަ މާސްކް އެޅުމަށް ވަނީ އެދިފަ އެވެ، 

ހިމަބިހި ކޭސްއެއް ފެނިއްޖެނަމަ އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުން މިހާރު ދަނީ ކުރަމުންނެވެ. 

ހިިިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ، ވަރަށް ފަސޭހައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ޖެހިފައިވާ މީހަކު ނޭވާލާއިރު ނުވަތަ ކެއްސާ ކިނބިހި އަޅާއިރު، ވައިގެ ތެރެއިން މި ބަލި ވަރަށް ފަސޭހައިން ފެތުރެ އެވެ. އަދި ބަލިޖެހިފައިވާ މީހަކު ހުރި ކޮޓަރިއެއްގެ ވައިގެ ތެރޭގައި މި ވައިރަހުގެ ޒައްރާތައް ދެ ގަޑިއިރު ވަންދެން ހުރެ އެވެ.

މިއީ ވަރަށް ބޮޑުވަރުވާ ބައްޔަކަށް ވާއިރު، މިއީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ ބަލިން ސަލާމަތްވެވޭނެ ބައްޔެކެވެ. ނަމަވެސް، މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮވެ އެވެ.

އާންމުގޮތެއްގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަހަށް ހުށަހެޅޭތާ 7 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއްގަ އެވެ. މި އަލާމާތްތައް ފެންނަނީ މައިގަނޑު ދެ މަރުހަލާއަކަށް ބެހިގެންނެވެ.

ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، މެދުނުކެނޑި ކެއްސުމާއި، އަރިދަފުސް ފޭބުމާއި، ލޯ ރަތްވެ ފެންއައުމުގެ އިތުރުން އަނގައިގެ އެތެރޭގައި ކުދި ހުދު ތިކިތަކެއް (ކޮޕްލިކްސް ސްޕޮޓްސް) ޖެހުން ހިމެނެ އެވެ.

ބަލިޖެހޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑުން ރަތް ބިހިތަކެއް ނަގަން ފަށަ އެވެ. އާންމުގޮތެއްގައި މި ބިހިތައް ފުރަތަމަ ފެންނަނީ މޫނުމަތިންނާއި ކަންފަތް ކައިރިންނެވެ. އޭގެ ފަހުން މުޅި ހަށިގަނޑަށް މި ބިހިތައް ފެތުރިގެންދެ އެވެ.

މި ބަލި ޖެހޭ ގިނަ މީހުން ބަލިން ފަސޭހަވި ނަމަވެސް، ބައެއް ހާލަތްތަކުގައި ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މި ނުރައްކާ ބޮޑެވެ. އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ކަންފަތުގައި އިންފެކްޝަން އުފެދުމާއި ބަނޑު ދިޔާވުން ހިމެނެ އެވެ. އަދި މިއަށްވުރެ ނުރައްކާތެރި ހާލަތްތަކުގައި ނިއުމޯނިއާ ޖެހުމާއި ސިކުނޑި ދުޅަވުން (އެންސެފަލައިޓިސް) ފަދަ ކަންކަން މެދުވެރިވެ އެވެ.

ހިމަބިހި ވައިރަސްއަށް ހާއްސަ ވަކި ފަރުވާއެއް ނުވަތަ ބޭހެއް ނޯވެ އެވެ. މި ބަލީގައި ދެވޭ ފަރުވާއަކީ ބަލީގެ އަލާމާތްތައް ކުޑަކުރުމާއި އަރާމުކުރުމެވެ. މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ފަހި މަގަކީ އެމް.އެމް.އާރް (ހިމަބިހި އަދި ރުބެއްލާ) ވެކްސިން ޖެހުމެވެ. މިއީ ބަލިން ރައްކާތެރިކޮށްދޭ، ރައްކާތެރިކަން ކަށަވަރުވެފައިވާ ވަރަށް ފައިދާހުރި ވެކްސިނެކެވެ.

އެޗް.ޕީ.އޭހިމަބިހިއެމް.އެމް.އާރް ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ 2 ކޭސް މާލެ އިން ފެނިއްޖެ

13 މެއި 2026
ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

ރާއްޖެ އަށް ހަންޓާ ވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

09 މެއި 2026
ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ

ޑެންގީ ޖެހޭ މިންވަރު އިތުރު، އަތޮޅުތެރެއިން މިއަހަރުގެ މިހާތަނަށް 3000 އާ ގާތްކުރާ މިންވަރަކަށް ކޭސް ރިޕޯޓު ކޮށްފައިވޭ: އެޗްޕީއޭ

06 މެއި 2026
މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!

މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!

24 އެޕްރީލު 2026
ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު