Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

އާބެލޯ ބުނީ، ރެއާލް އަށް އޮތީ އެންމެ ޙާލަތެއް ކަމަށް. އެއީ ކުއާޓާ ފައިނަލްގައި ބަޔާން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދުން ކަމަށް އާބެލޯ ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 އެޕްރީލު 2026 | އަންގާރަ 06:35
ރެއާލްގެ ކޯޗު އާބެލޯ.

ރެއާލްގެ ކޯޗު އާބެލޯ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކްއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމަކީ ވަރުގަދަ ޓީމެއްކަން އިނގޭ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު އަލްވާރޯ އާބެލޯ ބުނެފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު އޮތީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާބެލޯ ބުނީ، އޭނާ ބޭނުންވަނީ އިދިކޮޅު ވަރުގަދަ ޓީމުތަކާ ދެކޮޅަށް މީގެ ކުރިން ފެނިފައިވާ ރެއާލް ފެންނަން ކަމަށެވެ. ހުރިހާ ގޮތަކުން ބަލާއިރު ވެސް، ބަޔާން އަކީ މި ސީޒަންގައި އެންމެ ރަނގަޅު ނަތީޖާ ނެރެމުން އަންނަ އެއް ޓީމު ކަަމަށް ވެސް އޭނާ ބުންޏެވެ. 

މީގެ އިތުރުން އާބެލޯ ބުނީ، މާޒީ އަށް ބަލާއިރު ބަޔާންއާ ދެކޮޅަށް ކުޅެފައިވާ މެޗުތައް ހަނދާން އެބަހުރި ކަމަށެވެ. ޚާއްސަކޮށް އެއީ ވަރަށް ބޮޑު ޗެލެންޖެއްކަން އިނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. ބަޔާންއާ ދެކޮޅަށް ނިކުތުމަކީ ރެއާލް އަށް ޚާއްސަ ކަމެއް ކަމަށާއި، ރެއާލްގެ އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގެ ވާދަވެރި މެޗެއް އަނެއްކާ ވެސް ތަޖުރިބާ ކުރެވޭނެ ކަމަށް އާބެލޯ ބުންޏެވެ. ޚާއްސަކޮށް އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު ކަހަލަ ވާދަވެރި މެޗެއް އަލުން ތަކުރާރު ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން އާބެލޯ ބުނީ މުބާރާތުގެ ނޮކްއައުޓް ބުރުން މޮޅު ނުވެ، ކެޓުމާ މެދު ރެއާލް އިން ނުވިސްނާ ކަމަަށެވެ. ނަމަވެސް، ނޫސްވެރިންނާއި އެހެން ފަރާތްތަކުން ވެސް އެކި ޙާލަތްތައް ވަޒަން ކުރާނެކަން އިނގޭ ކަމަށް ފާހަގަކޮށް އާބެލޯ ބުނީ، ރެއާލް އަށް އޮތީ އެންމެ ޙާލަތެއް ކަމަށެވެ. އެއީ ކުއާޓާ ފައިނަލްގައި ބަޔާން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދުން ކަމަށް އާބެލޯ ބުނެފައިވެ އެވެ. އެއާ އެކު އޭނާ ބުނީ ރެއާލްގެ ކުޅުންތެރިންނަށް އިތުބާރު އޮތް ކަމަށާއި، ކުޅުންތެރިން ނަތީޖާ ނެރޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށެވެ. 

އަންގާރަ ދުވަހުގެ ރޭ ރެއާލް އާއި ބަޔާން ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްއަލްވާރޯ އާބެލޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

05 އެޕްރީލު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026
ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

25 މާރިޗު 2026
އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

23 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު