Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

މޮޅާއެކު ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގު އޮތީ އަންނަ ހަފުތާގައި ބަޔާންގެ އަމިއްލަ ދަނޑުގަައި. އެ މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން ބަޔާން އަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރެވޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 07:41
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކޮށް، ޖަރުމަނުގެ ބަޔާން މިއުނިކް އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގު ބަޔާން އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ރެއާލް އިން އެ ޓީމުގެ ހަމައެކަނި ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ބަޔާން އިން ވަނީ ރަނގަޅަށް ކުޅެ ރެއާލް ކޮޅަށް ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ބަޔާން އަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ، އެ ލަނޑު ޖަހަން ޑިއާޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާޖް ގްނަބްރީ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ބަޔާން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ބަޔާން އަށް ޖަހައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ މައިކަލް އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ. ބަޔާން އިން ދެ ލަނޑު ޖެހި ފަހުން، މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ޖެހީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެއީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެކެވެ.

މި މޮޅާއެކު ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގު އޮތީ އަންނަ ހަފުތާގައި ބަޔާންގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން ބަޔާން އަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރެވޭނެ އެވެ. ސެމީ ފައިނަލްގެ ފުރުސަތު ބޭނުންވާ ނަމަ، ރެއާލް އަށް ޖެހޭނީ ދެ ލަނޑުގެ ތަފާތުން ބަޔާން ބަލި ކުރާށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްބަޔާން މިއުނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

07 އެޕްރީލު 2026
ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

05 އެޕްރީލު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026
ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

25 މާރިޗު 2026
އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

23 މާރިޗު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު