Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން ވަނީ، ހޮރްމޫޒް ކަނޑު އޮޅިން އިރާގުގެ ތެޔޮ ޓޭންކަރު ތަކަށް ރައްކާތެރިކަމާ އެކު ދަތުރު ކުރުމުގެ މަގު ފަހި ކޮށްދިނުމަކީ، އިރާގުގެ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު އެހީތެރި ކަމެއްކަން ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 07:45
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، އިރާގުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، އިރާގުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން | ގެޓީ އިމޭޖަސް

އިރާގުގެ ތެޔޮ ޓޭންކަރު ތަކަށް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުމުގެ ފުރުސަތު އީރާން އިން ދީފައިވާތީ، އިރާގުގެ ސަރުކާާރުން އެކަމަށް ޝުކުރު އަދާ ކޮށްފި އެވެ. 

އިރާގުގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ޤައުމުގެ ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން އެކަމަށް ޝުކުރު އަދާ ކުރެއްވީ އީރާން އިން އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ކާޒިމް އަލް ޞާދިޤާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމާއި، ސަރަހައްދީ މަސްލަޙަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް ބުނެފައިވެ އެވެ. 

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ފުއާދު ޙުސެއިން ވަނީ، ހޮރްމޫޒް ކަނޑު އޮޅިން އިރާގުގެ ތެޔޮ ޓޭންކަރު ތަކަށް ރައްކާތެރިކަމާ އެކު ދަތުރު ކުރުމުގެ މަގު ފަހި ކޮށްދިނުމަކީ، އިރާގުގެ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު އެހީތެރި ކަމެއްކަން ފާހަގަ ކުރައްވާފައި އެވެ. ދުނިޔޭގެ ބާޒާރަށް ތެޔޮ ބޭރު ކުރުމުގައި ހޮރްމޫޒް ކަނޑު އޮޅި އަކީ އިރާގަށް ނުހަނު މުހިންމު ސަރަހައްދެކެވެ. 

މީޣެ އިތުރުން ސަރަހައްދީ ހަމަޖެހުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފުއާދު ޙުސެއިން ވަނީ، އިރާގުގެ ޚާރިޖީ ސިޔާސަތު އަލުން ތަކުރާރު ވެސް ކުރައްވައިފަ އެވެ. އެގޮތުން ހަނގުރާމަ އާއި ހަމަ ނުޖެހުން ތަކަށް އިރާގުން އަބަދު ވެސް ދެކޮޅު ހަދާ ކަމަށާއި، ކޮންމެ މައްސަލައެއްގައި ވެސް އިރާގުން އިސްކަން ދެނީ ސުލްޙަވެރިކަމާ އެކު މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ބައްދަލުވުމުގައި އީރާންގެ ސަފީރު ވަނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ޚަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. އަދި ސަރަހައްދީ ރައްކާތެރިކަމާއި، އިޤްތިޞާދީ ކުރިއެރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި އެވެ. 

އިރާގަކީ އޯޕެކްގެ ދެ ވަނަ އަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމު ކަމަށްވާއިރު، އެ ޤައުމުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި ވަނީ ތެޔޮ އެކްސްޕޯޓު ކުރުމުގެ މައްޗަށެވެ. އެހެންކަމުން ހޮރްމޫޒް ކަނޑު އޮޅި ފަދަ މުހިންމު ކަނޑުގެ މަގުތައް ބޭނުން ކުރުމުގައި ލިބޭ ލުއި ފަސޭހަ ތަކަކީ އެ ޤައުމުގެ އިޤްތިޞާދީ ދެމެހެއްޓެނިވި ކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.  

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

06 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

އެމެރިކާ އާއި އީރާންއާ ދެމެދު 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ބާރު އަޅަނީ

06 އެޕްރީލު 2026
އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި

06 އެޕްރީލު 2026
ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

ދެ ދުވަސް ވަންދެން އީރާންގެ ސިފައިންނަށް ފިލައިގެން އުޅުނު އެމެރިކާގެ އަސްކަރީ ބޯޓުގެ ފަޅުވެރިޔާ ސަލާމަތް ކޮށްފި

05 އެޕްރީލު 2026
48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އަތު ނުވެއްޖެ ނަމަ، އީރާން ޖެހޭނީ ނަރަކައާ ކުތިމަތިލާން: ޓްރަމްޕް

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު