Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕާއި، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ޖާގަ ވެސް އިޓަލީ އަށް ލިބިފައި ނުވޭ. މިއީ އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު ޖެހި ޖެހިގެން ގެއްލުނު ތިން ވަނަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 05:10
ބޮސްނިއާ އާއި އިޓަލީ ކުޅުނު މެޗުގެ ތެރެއިން.

ބޮސްނިއާ އާއި އިޓަލީ ކުޅުނު މެޗުގެ ތެރެއިން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އިޓަލީ އަށް މިފަހަރުގެ ފީފާ ވޯލްޑް ކަޕް އިން ވެސް ފުރުސަތު ގެއްލިއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ޕްލޭ އޮފްގެ މެޗުގައި ބޮސްނިއާ ވަނީ ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިކޮށްފަ އެވެ. މެޗުގައި އިޓަލީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބޮސްނިއާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން 15 މިނެޓުގެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އިޓަލީ އަށް ލީޑު ނަގައިދިނީ މޮއިސް ކީން އެވެ. އެއީ ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާާފުގެ ފަހު ވަގުތުގެ ތެރޭގައި އިޓަލީގެ އަލެސަންޑްރޯ ބަސްޓޯނީ އަށް ސީދާ ރަތް ކާޑު ދެއްކުމުން، މެޗުގެ ބާކީ ބައި އިޓަލީ އިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގެ ދެ ވަނަ ހާފުގެ 79 ވަނަ މިނެޓުގައި ބޮސްނިއާ އިން ވަނީ އިޓަލީ ކޮޅަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ބޮސްނިއާ އަށް ޖަހައިދިނީ ހަރިސް ޓަބާކޮވިޗް އެވެ. އެއާ އެކު 15 މިނެޓުގެ ދެ ހާފުގައި ވެސް އިޓަލީ އަށް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު، ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބޮސްނިއާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. އިޓަލީ އަށް އެންމެ ޕެނަލްޓީއެއް ކާމިޔާބު ކުރެވުނުއިރު، އަނެއް ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއާ އެކު އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނުއިރު، މިއީ އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު ޖެހި ޖެހިގެން ގެއްލުނު ތިން ވަނަ ފަހަރެވެ. 

2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕާއި، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ޖާގަ ވެސް އިޓަލީ އަށް ލިބިފައި ނުވެ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ފީފާ ވާރލްޑް ކަޕް 2026އިޓަލީގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

24 މާރިޗު 2026

މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން

24 މާރިޗު 2026
މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން
14 މާރިޗު 2026

ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި

14 މާރިޗު 2026
ވޯލްޑް ކަޕް އިން އީރާން ބޭރު ކުރުމުގެ ބާރު ޓްރަމްޕް އަށް ނެތް ކަމަށް ބުނެފި
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
04 މާރިޗު 2026

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!
26 ފެބުރުއަރީ 2026

މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް

26 ފެބުރުއަރީ 2026
މެކްސިކޯގެ ހަމަނުޖެހުންތަކާ އެކު ވެސް، ކާމިޔާބުކަމާ އެކު ވޯލްޑް ކަޕް ބޭއްވޭނެ ކަމުގެ އިތުބާރު އިންފަންޓީނޯ އަށް އެބަ އޮތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު