Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާގު

އިރާގުގެ އައު ބޮޑު ވަޒީރު އަލް ޒައިދީ ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި

އިރާގުގެ ބޮޑު ވަޒީރުގެ މަގާމުގެ ހުވާ އަލް ޒައިދީ ކުރެއްވި ނަަމަވެސް، އޭނާގެ ކެބިނެޓު އޮތީ މުޅިން ފުރިހަމަ ނުވެ. އެގޮތުން ސަރުކާރުގެ އެންމެ މުހިންމު ދެ ވުޒާރާ ކަމަށްވާ، އިންޓީރިއާ މިނިސްޓްރީ އާއި، ޑިފެންސް މިނިސްޓްރީ އަށް އައްޔަން ކުރައްވާ މިނިސްޓަރުންނަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އަދި ރުހުން ދީފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 05:36
އިރާގުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ.

އިރާގުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ. | ރޮއިޓާސް

އިރާގުގެ އައު ބޮޑު ވަޒީރުގެ މަގާމާ އަލީ އަލް ޒައިދީ ރަސްމީކޮށް ހަވާލުވެ ވަޑައިގެންެފި އެވެ.

އިރާގުގެ ވެރި ރަށް ބަޣްދާދުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، ޤައުމުގެ އިޤްތިޞާދީ އަދި މާލީ ދާއިރާ އަށް ބޮޑެތި އިސްލާޙު ތަކެއް ގެންނަވާނެ ކަމަށް އަލް ޒައިދީ ވަނީ ވައިދުވެ ވަޑައިގެންފަ އެވެ. 

އިރާގުގެ ބޮޑު ވަޒީރުގެ މަގާމުގެ ހުވާ އަލް ޒައިދީ ކުރެއްވި ނަަމަވެސް، އޭނާގެ ކެބިނެޓު އޮތީ މުޅިން ފުރިހަމަ ނުވެ އެވެ. އެގޮތުން ސަރުކާރުގެ އެންމެ މުހިންމު ދެ ވުޒާރާ ކަމަށްވާ، އިންޓީރިއާ މިނިސްޓްރީ އާއި، ޑިފެންސް މިނިސްޓްރީ އަށް އައްޔަން ކުރައްވާ މިނިސްޓަރުންނަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އަދި ރުހުން ދީފައި ނުވެ އެވެ. 

އިރާގުގެ ޤާނޫނު ހަދާ މަޖިލީހުން ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ދިނުން ލަސްވަމުން ދަނީ، ސިޔާސީ ޕާޓީ ތަކުގެ މެެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުންނެވެ. މީގެ ސަބަބުން އައު ސަރުކާރުގެ ފުރިހަމަ ކެބިނެޓެއް އެކުލަވާލުމަށް އިތުރ ވަގުތު ނަގާނެ ކަމަށް ބެލެވެ އެވެ. 

އައު ބޮޑު ވަޒީރު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ޤައުމުގެ މާލީ ނިޒާމު ޚަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކަށް ޙަލެއް ހޯދައި ދިނުން ކަމަށެވެ. އަދި ސަރުކާރުގެ ހިންގުން ޚަރުދަނާ ކުރުމަށްޓަކައި، ވީ އެންމެ އަވަހަަކަށް ކެބިނެޓުގެ ހުސްވެފައިވާ މަގާމު ތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އަލް ޒައިދީ ވިދާޅުވި އެވެ. 

އިރާގަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްޞާދީ ދަތި ޙާލަތުން ސަލާމަތް ކުރުމަށް އަލް ޒައިދީގެ ސަރުކާރަށް ބޮޑެތި ޕްރެޝަރު ތަކެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ބައެއް ފަރާތް ތަކުން ދެކޭ ގޮތުގައި އިރާގުގެ އައު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޤައުމުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އިރާގުއިރާގުގެ ބޮޑު ވަޒީރު އަލީ އަލް ޒައިދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ އެކު، އިރާގުގެ ޝުކުރު އީރާން އަށް

06 އެޕްރީލު 2026
ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވަރުގަދަ ޑްރޯން ހަމަލާ އެއް ދީފި

17 މާރިޗު 2026
އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް އިރާގުން ފޭބުމަށް އަންގައިފި

އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް އިރާގުން ފޭބުމަށް އަންގައިފި

15 މާރިޗު 2026
އިރާގުގައި ވެއްޓުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުގައި ތިބި ހަ ސިފައިން މަރުވެއްޖެ

އިރާގުގައި ވެއްޓުނު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުގައި ތިބި ހަ ސިފައިން މަރުވެއްޖެ

14 މާރިޗު 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު