Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި

އިރާގުގެ އަންބާރު ޕްރޮވިންސްގެ ސަހަރާ ސަރަހައްދެއްގައި އިސްރާއީލުގެ ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކޮށްގެން އުޅެނިކޮށް، އެކަން އެ ސަރަހައްދުގެ ކަންބަޅި ހުއިހައްޕާ މީހަކަށް ފެނިގެން ފަޅާއަރައިފިއެވެ. މި ހާދިސާއާ ގުޅިގެން އިރާގުގެ ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ތަހުގީގު ކުރަން ފެށުމުން އިސްރާއީލުން ދިން ހަމަލާތަކުގައި އާންމުންގެ މީހަކާއި ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އިރާގުގެ ރޭޑާ ސިސްޓަމްތައް ނިއްވާލާފައި އޮތުމުގެ ފުރުސަތު ބޭނުންކޮށްގެން ހިންގި މި ހަރަކާތްތައް ފަޅާއެރުމާއެކު، އިސްރާއީލު ސިފައިން މިހާރު ވަނީ އެ ސަރަހައްދުން ފައިބާފައެވެ.

ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 09:29
އިރާގުގެ ހުޅަނގު ދެކުނުގައި އޮންނަ ނަޖަފް ސަހަރާގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 12 ވީ އަންގާރަ ދުވަހު، އިޒްރޭލުގެ ސިފައިން ދިން ހަމަލާއެއްގައި މަރުވި ކަމަށް ބުނާ އެ ސަރަހައްދުގެ ކަންބަޅި ހުއިހައްޕާ މީހަކު ދުއްވި ޕިކަޕް ކައިރިއަށް ބަޔަކު އެއްވެފައި. އިޒްރޭލުގެ ހަމަލާގައި މަރުވި މި މީހާގެ ހަށިގަނޑު އެ ސަރަހައްދުގެ ރައްޔިތުން ވަނީ ކައިރީގައިވާ ގަބުރުސްތާނެއްގައި ވަޅުލާފައި.

އިރާގުގެ ހުޅަނގު ދެކުނުގައި އޮންނަ ނަޖަފް ސަހަރާގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 12 ވީ އަންގާރަ ދުވަހު، އިޒްރޭލުގެ ސިފައިން ދިން ހަމަލާއެއްގައި މަރުވި ކަމަށް ބުނާ އެ ސަރަހައްދުގެ ކަންބަޅި ހުއިހައްޕާ މީހަކު ދުއްވި ޕިކަޕް ކައިރިއަށް ބަޔަކު އެއްވެފައި. އިޒްރޭލުގެ ހަމަލާގައި މަރުވި މި މީހާގެ ހަށިގަނޑު އެ ސަރަހައްދުގެ ރައްޔިތުން ވަނީ ކައިރީގައިވާ ގަބުރުސްތާނެއްގައި ވަޅުލާފައި. | އޭއެފްޕީ

އީރާނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގެ ތެރޭގައި، އިރާގުގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ އިޒްރޭލުގެ ސިއްރު އަސްކަރީ މަރުކަޒެއް އެ ސަރަހައްދުގެ ކަންބަޅި ހުއިހައްޕާ މީހަކަށް ފެނި، އެކަން ފަޅާއަރާފައިވާ ކަމަށް އަލް އަރަބިއްޔާއަށް ލިބިފައިވާ އާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ. މި މައުލޫމާތުތަކުން އިރާގުގެ ފަސްގަނޑުގައި އިޒްރޭލުގެ ސިފައިން ހަރަކާތްތެރިވި ގޮތުގެ ތަފްސީލުތައް ވަނީ އެނގިފައެވެ.

ސައުދީ އަރަބިއްޔާގެ ނޫހެއް ކަމަށްވާ އަލް އަރަބިއްޔާ އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި، މާރިޗު މަހުގެ 3 ވަނަ ދުވަހު، އިރާގުގެ ހުޅަނގުން އަންބާރު ޕްރޮވިންސްގެ އަލް-ނުޚައިބް ސަހަރާގެ ދެކުނުން އޮންނަ ޝަނާނާ ސަރަހައްދަށް ކަންބަޅި ހުއިހައްޕާ މީހަކާއި އޭނާގެ ބޭބެ ދިޔައީ މުސަޅު ހިފުމަށެވެ.

ސަލާމަތީ ބާރުތަކަށް ބަޔާން ދެމުން، 2001 ވަނަ އަހަރު އުފަންވި އެ މީހާ ބުނި ގޮތުގައި، ސަހަރާގެ ތެރޭގައި އޭނާއާއި އޭނާގެ ބޭބެ ހަރަކާތްތެރިވަމުން ދަނިކޮށް ޑްރޯންއަކުން އެމީހުންނަށް ފާރަލަމުންދިޔަ މަންޒަރު ފެނުނެވެ. މުސަޅުތަކުގެ ފަހަތުން ދަނިކޮށް، އެމީހުންނަށް ދެވުނީ ކާކުކަން ނޭނގޭ ސަލާމަތީ ބާރުތަކެއް ގާއިމުވެ ތިބި ސަރަހައްދަކަށެވެ.

އެ ވަގުތު އެ ސިފައިން ތިބި ދިމާލުން، މަތި ހާމައަށް އޮތް އަސްކަރީ އުޅަނދެއް އެމީހުންނާ ދިމާލަށް އައެވެ.

އެ އުޅަނދުގައި ތިބީ ކާކީ ކުލައާއި ސަހަރާގެ ކުލަތަކާ ގުޅޭ އަސްކަރީ ޔުނިފޯމް ލައިގެން ތިބި ސިފައިންނެވެ. އޭގެ ތެރެއިން އެކަކު އުޅަނދުން ފައިބައިގެން އައިސް، ލެވަންޓައިން އަރަބި ބަހުރުވައިން (ޝާމް ކަރައިގެ ބަހުރުވައިން) އެމީހުންނާ ސުވާލުކުރިއެވެ. އެތައް މިނެޓެއް ވަންދެން ސުވާލުކުރުމަށްފަހު، އެ ސަރަހައްދުން ދިއުމަށާއި އަލުން އެނބުރި ނައުމަށް އޭނާ އަމުރުކުރިއެވެ. އަދި އެ ސަރަހައްދާ ކައިރިވާ ކޮންމެ މީހަކު މަރާލާނެ ކަމުގެ އިންޒާރުވެސް ދިނެވެ.

އެ ސަރަހައްދުގެ ސަލާމަތީ އިދާރާތަކަށް މި މައުލޫމާތު ދެމުން، ކަންބަޅި ހުއިހައްޕާ މީހާ ބުނި ގޮތުގައި، އެ ސަރަހައްދުގައި ބޮޑެތި މަތިންދާބޯޓުތަކާއި ކުދި މަތިންދާބޯޓުތައް ބިމަށް ޖައްސާފައި ހުއްޓާ އޭނާއަށް ފެނުނެވެ.

މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި، އެތަނުން ފެނުނީ "ޗިނޫކް" އަދި "ބްލެކް ހޯކް" މަރުކާގެ ހެލިކޮޕްޓަރުތަކެވެ. އެތަނުގައި އެފަދަ ފަސް ހެލިކޮޕްޓަރު އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާރިޗު މަހުގެ 5 ވަނަ ދުވަހު، ކަންބަޅި ހުއިހައްޕާ މީހާ ދިން ބަޔާނާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ތަހުގީގުކޮށް ބަލައި ފާސްކުރަން ފެށިއެވެ. އެ ވަގުތު އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކެއްގައި، އިރާގުގެ ސަލާމަތީ ބާރުގެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވިއެވެ. އަދި ސަލާމަތީ ބާރުތަކުގެ ބައެއް އުޅަނދުތައްވެސް މި ހަމަލާގައި ވަނީ ހަލާކުވެފައެވެ.

ޖެހިގެން އައި މާރިޗު މަހުގެ 6 ވަނަ ދުވަހު، އަލް-ނުޚައިބް ޑިސްޓްރިކްޓް ޕޮލިސް ސްޓޭޝަނަށް ހާދީ އަލީ ހަތާލް ނަމަކަށް ކިޔާ މީހަކު އިތުރު މައްސަލައެއް ހުށަހެޅިއެވެ. އޭނާ ބުނި ގޮތުގައި، 1999 ވަނަ އަހަރު އުފަންވި އޭނާގެ ދަރިފުޅު އައްވާދު، ޝަނާނާ ސަރަހައްދުގައި އުޅެނިކޮށް އެމެރިކާ ސިފައިން ކަމަށް ބެލެވޭ ބަޔަކު ވަނީ ބަޑިޖަހައި މަރާލާފައެވެ. އަދި އޭނާގެ ދަރިފުޅު ދުއްވި  ޓޮޔޯޓާ އުޅަނދުވެސް ވަނީ އަންދާލާފައެވެ.

އިންޓެލިޖެންސް އަދި ތަހުގީގީ ހޯދުންތަކުން ފަހުން އެނގުނު ގޮތުގައި، އައްވާދު މަރާލާފައިވަނީ އިޒްރޭލު ސިފައިން ތިބި ކަމަށް ރިޕޯޓުކުރި ސަރަހައްދުންނެވެ. އެހެންކަމުން އޭނާ މަރާލީވެސް އެ ސަރަހައްދުގައި ތިބި އިޒްރޭލު ސިފައިން ކަމަށް ބެލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާތަކާ ގުޅިގެން، އަލް-ނުޚައިބް ސަހަރާގައި ތިބި އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފޭބުން ވަނީ އަވަސްކޮށްފައެވެ.

މައުލޫމާތު ދިން ފަރާތްތަކުން އިތުރަށް ބުނި ގޮތުގައި، އިރާގުގެ ސަލާމަތީ ބާރުތަކަށް މި ސިފައިންގެ ހަރަކާތްތައް ދެނެގަނެވިފައި ނުވަނީ، ދާދިފަހުން ކުރި ހަނގުރާމައިގެ ތެރޭގައި ޑްރޯން ހަމަލާތަކެއް ދީ އިރާގުގެ ރޭޑާ ސިސްޓަމްތަކަށް އަމާޒުކޮށްފައިވާތީއެވެ.

ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ޑްރޯންތައް ފޮނުވާލާފައިވަނީ އިރާގުގެ އެތެރެއިންނެވެ. އެއީ އިރާގުގެ ރޭޑާ ސިސްޓަމްތަކުން އީރާނުގެ މިސައިލާއި ޑްރޯންތަކާ ބެހޭ މައުލޫމާތު އެމެރިކާ ސިފައިންނަށް ފޯރުކޮށްދޭ ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރެވޭތީއެވެ. މިކަމުގެ ސަބަބުން، ރޭޑާ ސިސްޓަމްތަކަށް ހަމަލާދީފާނެ ކަމުގެ ބިރަށްޓަކައި، އިރާގުގެ ސަލާމަތީ ބާރުތަކުން ވަނީ ހުރިހާ ރޭޑާ ސިސްޓަމްތަކެއް ނިއްވާލާފައެވެ. އެއީ އެ ސިސްޓަމްތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހޯދާފައިވާ ތަކެތި ކަމަށްވާތީއެވެ.

އީރާން-އިޒްރޭލްއިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

22 މެއި 2026
ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި

ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި

21 މެއި 2026
ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާން އަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާން އަށް ވަޑައިގަންނަވަނީ

21 މެއި 2026
އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

21 މެއި 2026
އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

21 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު