އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި
އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ފަށަން އުޅުނު ހަނގުރާމައިގެ ކުޑަ ދުވަސް ކޮޅެއް ކުރިން ބިނާ ކުރި މި މަރުކަޒުގެ މައުލޫމާތު އެމެރިކާ އަށް އެނގޭ ކަމަށް އެ ނޫހުގައި ބުނެފައިވޭ. މި މަރުކަޒުގައި އިޒްރޭލްގެ މަތިންދާ ބޯޓެއް ވައްޓާލައިފި ޙާލަތެއްހައި، ޕައިލެޓުން ސަލާމަތް ކުރުމަށް ޙަރަކާތްތެރި ވާނެ ސަރޗް އެންޑް ރެސްކިއު ޓީމުތައް ވެސް ތައްޔާރީ ޙާލަތުގައި ތިބޭ ކަމަށް ރިޕޯޓުގައި ބުނެފައިވޭ.


އިރާގުގެ ހުޅަނގު ސަހަރާގެ ސަރަޙައްދަކީ ނުހަނު ބޮޑު، އަދި މީހުން ދިރިއުޅޭ މިންވަރު މަދު ސަރަޙައްދެއް. | ރޮއިޓާސް
އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން، އިޒްރޭލް އިން އިރާގުގެ ސަހަރާގެ ތެރޭގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމުކޮށް، އެ ތަން ހިމާޔަތް ކުރުމަށް އިރާގުގެ ސިފައިންނަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.
މިކަން ރިޕޯޓު ކޮށްފައި ވަނީ ވޯލް ސްޓްރީޓް ޖަރނަލްގަ އެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ހޮނިހިރު ދުވަހު ޝާއިއު ކުރި މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މ މަރުކަޒަކީ އިޒްރޭލްގެ ޚާއްސަ ފައުޖުތައް ބޭތިއްބުމަށާއި، ވައިގެ ސިފައިންގެ ލޮޖިސްޓިކް މަސައްކަތް ތަކަށް ބޭނުން ކުރާ ތަނެކެވެ.
އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ފަށަން އުޅުނު ހަނގުރާމައިގެ ކުޑަ ދުވަސް ކޮޅެއް ކުރިން ބިނާ ކުރި މި މަރުކަޒުގެ މައުލޫމާތު އެމެރިކާ އަށް އެނގޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. މި މަރުކަޒުގައި އިޒްރޭލްގެ މަތިންދާ ބޯޓެއް ވައްޓާލައިފި ޙާލަތެއްހައި، ޕައިލެޓުން ސަލާމަތް ކުރުމަށް ޙަރަކާތްތެރި ވާނެ ސަރޗް އެންޑް ރެސްކިއު ޓީމުތައް ވެސް ތައްޔާރީ ޙާލަތުގައި ތިބޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް، މި ރިޕޯޓާ ގުޅިގެން އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އަދި ރޮއިޓަރސް ނިއުސް އެޖެންސީ އިން ބުނެފައި ވަނީ، އެ ރިޕޯޓުގެ ޞައްޙަކަން މިނިވަންކަމާ އެކު މިހާތަނަށް ކަށަވަރު ވެފައި ނުވާ ކަމަށެވެ.
މި ސިއްރު މަރުކަޒުގެ މައުލޫމާތު އަޅާ އަރަން ކައިރިވީ މާޗު މަހުގެ ކުރީ ކޮޅު އެ ސަރަހައްދުގައި އާދަޔާ ޚިލާފު އަސްކަރީ ޙަރަކާތް ތަކެއް ހިނގަމުންދާ ކަމަށް ބުނެ، މަސްދަރަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އިރާގުގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި، އެ ސަރަހައްދުގައި ހެލިކޮޕްޓަރުތައް އުދުހޭކަން ފާހަގަ ކުރެވިގެން، މަސްދަރަކުން އެކަން ކަމާ ބެހޭ ފަރާތް ތަކުގެ ސަމާލު ކަމަށް ގެެނެސްފައިވާ ކަމަށެވެ.
މި މައުލޫމާތާ ގުޅިގެން އެ ތަން ތަހުގީގު ކުރުމަށް އިރާގުގެ ސިފައިން އެ ސަރަހައްދަށް ފޮނުވުމުން، އިޒްރޭލް އިން ވަނީ ވައިގެ ހަމަލާ ތަކެއް ދީފަ އެވެ. މި ހަމަލާ ތަކުގެ ބޭނުމަކީ، އިރާގުގެ ސިފައިން އެ މަރުކަޒާ ދުރަށް ޖެއްސުމައި، އެ ތަނުގެ ސިއްރުކަން ދެމެހެއްޓުމަށް ކަމަށް ވޯލް ސްޓްރީޓް ޖަރނަލްގައި ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން މާޗު މަހުގެ ފަހު ކޮޅު އިރާގުން ވަނީ، އެކުވެރި ދައުލަތްތައް (އދ) އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އެ ޝަކުވާގައި ބުނެފައި ވަނީ، ބޭރުގެ ބާރު ތަކަކުން އިރާގަށް ވައިގެ ހަމަލާ ތަކެއް ދީފައިވާ ކަމަށާއި، އެއީ އެމެރިކާގެ ހަމަލާ ތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، ވޯލް ސްޓްރީޓް ޖަރނަލްއާ ވާހަކަ ދެއްކި މަސްދަރަކުން ބުނެފައި ވަނީ، އެ ހަމަލާ ތަކުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަަށެވެ.
މަސްދަރު: ރޮއިޓާސް






