Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް

ދެ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް ބަލިކޮށް، އިންޑިއާ އިން ސާފްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އެންމެ ފުރަތަމަ ސާފްގެ އަންހެން މުބާރާތް ބާއްވަން ފެށީ 2010 ވަނަ އަހަރު. އޭގެ ފަހުން އިންޑިއާ އިން ވަނީ 2010، 2012، 2014، 2016 އަދި 2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 05:15
އިންޑިއާ އިން ސާފް ވިމަންސް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ.

އިންޑިއާ އިން ސާފް ވިމަންސް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ. | ސާފް

ސާފް ވިމަންސް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ބަންގްލަދޭޝް ބަލިކޮށް، އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-1 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ އިންޑިއާގެ ގޯއާގައި އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލްގެ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އިންޑިއާ އަށް ލީޑު ނަގައިދިނީ ޕިޔާރީ ޒާޒާ އެވެ. އިންޑިއާ އިން ލީޑު ނެގި ފަހުން، ބަންގްލަދޭޝް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރީތޫ ޕޯރްނާ ޗަކްމާ އެވެ. ދެ ވަނަ ހާފުގައި އަލުން އިންޑިއާ އަށް ލީޑު ނަގައިދިނީ ސަންފިދާ ނޮންގްރަމް އެވެ. އަދި މެޗުގައި އިންޑިއާގެ ތިން ވަނަ ލަނޑު ޖެހީ ލިންޑާ ކޯމް ސެރްތޯ އެވެ.

މޮޅާ އެކު އިންޑިއާ އިން މި ވަނީ ހަ ވަނަ ފަހަރަށް ސާފްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންޑިއާ އަތުން ބަލިވި ބަންގްލަދޭޝް އަކީ އެންމެ ފަހުން ދެ އަހަރު ވެސް މުބާރާތް ކާމިޔާބު ކުރި ޤައުމެވެ. 2022 ވަނަ އަހަރާއި، 2024 ވަނަ އަހަރުގެ މުބާރާތް ބަންގްލަދޭޝް އިން ކާމިޔާބު ކުރިއިރު، ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބަންގްލަދޭޝް އަށް ވަނީ ގެއްލިފައި އެވެ. 

އެންމެ ފުރަތަމަ ސާފްގެ އަންހެން މުބާރާތް ބާއްވަން ފެށީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންޑިއާ އިން ވަނީ 2010، 2012، 2014، 2016 އަދި 2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއަހަރުގެ މުބާރާތާ އެކު ޖުމުލަ ހަ ފަހަރު އިންޑިއާ އިން މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އިންޑިއާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރީ ހަ ޤައުމަކުންނެވެ. އެއީ އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި، ރާއްޖެ އާއި، ބޫޓާން އާއި ނޭޕާލް އަދި ސްރީ ލަންކާ އެވެ. 

ސާފްއަންހެން ސާފް ޗެމްޕިއަންޝިޕްއިންޑިއާ

އިތުރަށް ކިޔާލަން

07 ޖޫން 2026

ކުރަފި ޕާޓީގެ ފުރަތަމަ މުޒާހަރާ ވެރި ރަށް ނިއު ދިއްލީގައި ބާއްވައިފި

07 ޖޫން 2026
ކުރަފި ޕާޓީގެ ފުރަތަމަ މުޒާހަރާ ވެރި ރަށް ނިއު ދިއްލީގައި ބާއްވައިފި
23 މެއި 2026

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި

23 މެއި 2026
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި
21 މެއި 2026

ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ

21 މެއި 2026
ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ
20 މެއި 2026

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު