Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް

ސިންހާނިއާގެ ތަރުޖަމާނު އިންޑިއާގެ މީޑިއާ ތަކަށް ބުނެފައި ވަނީ، އެ ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން، ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފައިވާ ކަމަށް. އަދި މިހާރު އޭނާ އަށް ފަރުވާ ދެމުން އަންނަނީ އިންޑިއާގެ މުމްބާއީގައި ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 07:22
ރާއްޖޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ރޭމަންޑް ގުރޫޕުގެ ޗެއާމަން ސިންހާނިއާ.

ރާއްޖޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ރޭމަންޑް ގުރޫޕުގެ ޗެއާމަން ސިންހާނިއާ. | އެންޑީޓީވީ

ރާއްޖޭގައި ހިނގި އެކްސިޑެންޓެއްގައި އިންޑިއާގެ ރޭމަންޑް ގުރޫޕުގެ ޗެއާމަން ގައުތަމް ސިންހާނިއާ އަށް އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް އަރައިފި އެވެ.

މި ހާދިސާ ހިނގާާފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ލޯންޗެއް ބަންޑުން ޖަހާލައި ހިނގި އެ ހާދިސާގައި، އުމުރުން 60 އަހަރުގެ ސިންހާނިއާ އަށް ވަނީ އަނިޔާވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ސިންހާނިއާގެ ތަރުޖަމާނު އިންޑިއާގެ މީޑިއާ ތަކަށް ބުނެފައި ވަނީ، އެ ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން، ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު އޭނާ އަށް ފަރުވާ ދެމުން އަންނަނީ އިންޑިއާގެ މުމްބާއީގައި ކަމަށް ބުނެފައިވެ އެވެ. 

ހުކުރު ދުވަހުގެ ރޭ މި ހާދިސާ ހިނގާފައި ވަނީ ވާވު އަތޮޅުގަ އެވެ. އެ ހާދިސާގައި ދެ މީހަކު ގެއްލިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ގެންދަނީ ކުރިއަށެވެ. އެ ހާދިސާގައި ބިލިއަނަރު ސިންހާނިއާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އޭނާގެ ތަރުޖަމާނު ވަނީ، އޭނާ އަށް ހެޔޮ ދުއާ ކުރި ފަރާތް ތަަކަށް ޝުކުރު އަދާ ކޮށްފަ އެވެ. 

ސިންހާނިއާ އަކީ އިންޑިއާގެ މަޝްހޫރު ވިޔަފާރި ވެރިއެކެވެ. އޭނާ އަކީ ރޭމަންޑް ގުރޫޕުގެ ޗެއާމަން އެވެ. ހާދިސާގައި އޭނާގެ އަތާއި މޫނަށް ވެސް އަނިޔާ ތަކެއް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

މަސްދަރު: އެންޑީޓީވީ

އިންޑިއާރޭމަންޑް ގްރޫޕްގައުތަމް ސިންހާނިއާ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2026

އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

24 ފެބުރުއަރީ 2026
އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ
18 ފެބުރުއަރީ 2026

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

18 ފެބުރުއަރީ 2026
މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން
14 ފެބުރުއަރީ 2026

ލ. އަތޮޅަށް ލެއްގީ ހުސްވި އަހަރު އިންޑިއާ އިން ލޯންޗު ކުރި ރޮކެޓެއްގެ ބައިތަކެއް

14 ފެބުރުއަރީ 2026
ލ. އަތޮޅަށް ލެއްގީ ހުސްވި އަހަރު އިންޑިއާ އިން ލޯންޗު ކުރި ރޮކެޓެއްގެ ބައިތަކެއް
03 ފެބުރުއަރީ 2026

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

03 ފެބުރުއަރީ 2026
ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި
02 ފެބުރުއަރީ 2026

އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ

02 ފެބުރުއަރީ 2026
އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު