Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

މީގެ ކުރިން ބޮޑު ވަޒީރު މޯދީގެ ރަސްމީ މޮޓޯކޭޑުގައި 12 އުޅަނދު ހިމެނޭ. ނަަމަވެސް، މިހާރު އެ އުޅަނދު ތަކުގެ އަދަދު މަދު ކޮށްފައިވާއިރު، ސޯޝަލް މީޑިިއާ އިން ފެންނަ ވީޑިއޯ ތަކުން ބޮޑު ވަޒީރުގެ މޮޓޯކޭޑުގައި މިހާރު ހިމެނެނީ އެންމެ ދެ އުޅަނދު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2026 | ބުރާސްފަތި 02:27
އިންޑިއާަގެ ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑް.

އިންޑިއާަގެ ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑް. | ރޮއިޓާސް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ މޮޓޯކޭޑުގައި ހިމެނޭ ކާރުތައް މަދު ކުރައްވައި، މޮޓޯކޭޑު ވަރަށް ބޮޑަށް ކުޑަ ކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރު ތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ބޮޑު ވަޒީރުގެ މި ނިންމެވުމަކީ ޚަރަދު ކުޑަ ކުރުމުގެ މަޤުސަދުގައި ނިންމެވި ނިންމުމެކެވެ. ޚާއްސަކޮށް އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރަމުން އަންނަ އަސަރުގެ ސަބަބުން، އިންޑިއާ އިން އަންނަނީ ޚަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ. 

ބޮޑު ވަޒީރުގެ މޮޓޮކޭޑު ކުޑަ ކޮށްފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު ބޮޑު ވަޒީރު މޯދީ ވަނީ އިންޑިއާގެ ރައްޔިތުންނަަށް ޚަރަދުތައް ކުޑަ ކުރުމަށް އިލްތިމާސް ކުރައްވައިފަ އެެވެ. ބޮޑު ވަޒީރު ވަނީ ބޭރުގެ ޤައުމު ތަކަށް ކުރާ ދަތުރުތައް މަދު ކުރުމަށާއި، އާންމު ދަތުރު ފަތުރުގެ ނިޒާމުން ބޭނުން ކުރުމަށާއި، ރަނާއި އަދި ކައްކާ ތެޔޮ ގަންނަ މިންވަރު މަދު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް ބޮޑުވުމުގެ ސަބަބުން އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް އަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ. 

މީގެ ކުރިން ބޮޑު ވަޒީރު މޯދީގެ ރަސްމީ މޮޓޯކޭޑުގައި 12 އުޅަނދު ހިމެނެ އެވެ. ނަަމަވެސް، މިހާރު އެ އުޅަނދު ތަކުގެ އަދަދު މަދު ކޮށްފައިވާއިރު، ސޯޝަލް މީޑިިއާ އިން ފެންނަ ވީޑިއޯ ތަކުން ބޮޑު ވަޒީރުގެ މޮޓޯކޭޑުގައި މިހާރު ހިމެނެނީ އެންމެ ދެ އުޅަނދެވެ. 

މީގެ އިތުރުން އައު އުޅަނދުތައް ނުގަނެ، މިހާރު ހުރި އުޅަނދު ތަކުގެ ތެރެއިން އިލެކްޓްރިކް އުޅަނދުތައް މޮޓޯކޭޑުގައި ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ބޮޑު ވަޒީރު މޯދީ ވަނީ އަންގަވައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ބޮޑު ވަޒީރުގެ އޮފީހުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. 

ދުނިޔޭގެ ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އިންޑިއާ އަކީ، ސައުދީ އަރަބިއްޔާ އާއި އީރާންއާ ދެމެދު އޮންނަ ހޮރްމޫޒް ކަނޑު އޮޅި އަށް ވަރަށް ބޮޑަށް ބާރޯސާވާ ޤައުމެކެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު ގޯސްވެ، ތެލާއި ގޭހުގެ އަގު ވަނީ އުފުލިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިންޑިއާއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިތުރަށް ކިޔާލަން

13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
13 މެއި 2026

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް
12 މެއި 2026

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

12 މެއި 2026
އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު