Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާާ-އިންޑިއާ

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ހާމަ ކޮށްފައިވާ ގޮތުގައި، މިއީ އައު ހަތިޔާރު ގަތުމުގެ އެއްބަސްވުމެއް ނޫން. ނަމަވެސް، މިއީ މިހާރު ވެސް އިންޑިއާގެ އަތުގައި ހުރި އަސްކަރީ ވަސީލަތްތައް ހަނގުރާމަ އަށް އަބަދު ވެސް ތައްޔާރީ ހާލަތެއްގައި ބެހެއްޓުމަށާއި، އޭގެ އޮޕަރޭޝަނަލް ފެންވަރު މަތިކުރުމަށްޓަކައި ފޯރުކޮށްދޭ ލޮޖިސްޓިކްސް އަދި ޓެކްނިކަލް ސަޕޯޓް ޕެކޭޖެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2026 | ބުދަ 07:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. | ރޮއިޓާސް

އިންޑިއާގެ އަސްކަރިއްޔާ އިން ބޭނުން ކުރަމުންދާ އަޕާޗޭ ހެލިކޮޕްޓަރު ތަކާއި،  "އެމް777" މަރުކާގެ ހަވިޓްޒަރ ބަޑިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ 428 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު އެހީގެ ޕެކޭޖެއް ވިއްކުމުގެ ހުއްދަ އެމެރިކާގެ ސަރުކާރުން ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ހާމަ ކޮށްފައިވާ ގޮތުގައި، މިއީ އައު ހަތިޔާރު ގަތުމުގެ އެއްބަސްވުމެއް ނޫނެވެ. ނަމަވެސް، މިއީ މިހާރު ވެސް އިންޑިއާގެ އަތުގައި ހުރި އަސްކަރީ ވަސީލަތްތައް ހަނގުރާމަ އަށް އަބަދު ވެސް ތައްޔާރީ ހާލަތެއްގައި ބެހެއްޓުމަށާއި، އޭގެ އޮޕަރޭޝަނަލް ފެންވަރު މަތިކުރުމަށްޓަކައި ފޯރުކޮށްދޭ ލޮޖިސްޓިކްސް އަދި ޓެކްނިކަލް ސަޕޯޓް ޕެކޭޖެކެވެ.

މި އެހީގެ ދަށުން ދެ ދާއިރާ އަކަށް ބަހާލައިގެން ބޮޑެތި ޚިދުމަތް ތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އޭއެޗް-64އީ އަޕާޗޭ ހެލިކޮޕްޓަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް 198.2 މިލިއަން ޑޮލަރު ކަނޑަ އަޅާފައިވާއިރު، މީގެ މައިގަނޑު ކޮންޓްރެކްޓަރުންނަކީ އެމެރިކާގެ އެއަރޯސްޕޭސް އެންޑް ޑިފެންސް ދާއިރާގެ ދެ ކުންފުނި ކަމަށްވާ ބޯއިންގ އަދި ލޮކްހީޑް މާޓިން ކުންފުންޏެވެ. އަދި އިންޑިއާގެ ފަރުބަދަ މަތީ ސަރަހައްދު ތަކުގެ ދިފާއުގައި މުހިންމު ދައުރެއް އަދާކުރާ ހަވިޓްޒަރ ބަޑިތަކަށް ދިގު މުއްދަތުގެ ސަޕޯޓް ދިނުމަށް 230 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި މެޝިނަރީގެ އިތުރު ބައިތަކާއި، މަރާމާތު ކުރުމުގެ ޚިދުމަތްތަކާއި، އަދި ސިފައިން ތަމްރީނު ކުރުން ހިމެނެ އެވެ.

އެމެރިކާ އިން ބުނި ގޮތުގައި، މި ވިޔަފާރީގެ ސަބަބުން އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮންނަ ސްޓްރެޓީޖިކް ގުޅުން އިތުރަށް ވަރުގަދަވެ، އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމަށް ބާރަކަށް ވާނެ އެވެ. އަދި މިއީ ކުރިމަތި ވެދާނެ ސަރަހައްދީ ނުރައްކާ ތަކުން ދިފާއު ވުމަށް އިންޑިއާ އަށް ލިބޭނެ ކުރި އެރުމެއް ކަމަށާއި، ނަމަވެސް މީގެ ސަބަބުން އެ ސަރަހައްދުގައި އަސްކަރީ ނުތަނަވަސް ކަމެއް ހިނގާފާނެ ޙާލަތަކަށް ނާންނާނެ ކަމަށްވެސް އެމެރިކާ އިން ބުނެ އެވެ.

އިންޑިއާއެމެރިކާޔޫއެސް-އިންޑިޔާއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

19 މެއި 2026

ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

19 މެއި 2026
ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ
18 މެއި 2026

2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

18 މެއި 2026
2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ
17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
16 މެއި 2026

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މެއި 2026
އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މެއި 2026

ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

14 މެއި 2026
ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު