Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

ރަޝިޔާގެ ދުރު ރާާސްތާ މިިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް، 25 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް އިންޑިއާ އިން ހުއްދަ ދީފި

ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2025-2026 ވަނަ މާލީ އަހަރުގެ މިހާތަނަށް 6.73 ޓްރިލިއަން ރުޕީސް ނުވަތަ، 71 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 55 ހުށަހެޅުމަކަށް ހުއްދަ ދީފައިވާ ކަމަށް. މީގެ އިތުރުން، އެއް މާލީ އަހަރެއްގެ ތެރޭގައި ސޮއި ކުރެވުނު އެންމެ ބޮޑު އަދަދު ކަަމަށްވާ، 2.28 ޓްރިލިއަން ރުޕީސް ނުވަތަ، 25 ބިލިއަން އެމެރިކާ ޑޮލަރުގެ ކެޕިޓަލް ޕްރޮކިއުމަންޓް އެއްބަސްވުން ތަކުގައި މިހާރު ވަނީ ސޮއި ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 01:08
ރަޝިޔާގެ ޑިފެންސް މިނިސްޓަރު އެންޑްރޭ ބެލޫސޯވް، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގްއާ ބައްދަލު ކުރައްވައި ސަލާމް ކުރައްވަނީ.

ރަޝިޔާގެ ޑިފެންސް މިނިސްޓަރު އެންޑްރޭ ބެލޫސޯވް، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގްއާ ބައްދަލު ކުރައްވައި ސަލާމް ކުރައްވަނީ. | ރޮއިޓާސް

ރަޝިޔާގައި އުފައްދާ އެސް-400 މަރުކާގެ ދުރު ރާސްތާގެ މިސައިލް ސިސްޓަމްތަކާ އެކު، ގާތް ގަނޑަކަށް 25 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ ސާމާނު ގަތުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދީފި އެވެ. 

އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައި ވަނީ އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރިޔާސަތު ބެލެހެއްޓެވި ޑިފެންސް އެކިއުޒިޝަން ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ. 

ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2025-2026 ވަނަ މާލީ އަހަރުގެ މިހާތަނަށް 6.73 ޓްރިލިއަން ރުޕީސް ނުވަތަ، 71 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 55 ހުށަހެޅުމަކަށް ހުއްދަ ދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެއް މާލީ އަހަރެއްގެ ތެރޭގައި ސޮއި ކުރެވުނު އެންމެ ބޮޑު އަދަދު ކަަމަށްވާ، 2.28 ޓްރިލިއަން ރުޕީސް ނުވަތަ، 25 ބިލިއަން އެމެރިކާ ޑޮލަރުގެ ކެޕިޓަލް ޕްރޮކިއުމަންޓް އެއްބަސްވުން ތަކުގައި މިހާރު ވަނީ ސޮއި ކޮށްފަ އެވެ. 

އިންޑިއާގެ ވައިގެ ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށް ނިންމާފައިވާ ކަންތައް ތަކުގެ ތެރޭގައި، މިހާރު ބޭނުން ކުރަމުންދާ ބޯދާ އޭއެން-32 އަދި އައިއެލް-76 މަރުކާގެ ބޯޓު ތަކުގެ ބަދަލުގައި ބޭނުން ކުރާނެ މެދު ފަންތީގެ އައު އުދުހޭ ބޯޓުތައް ހޯދުން ހިމެނެ އެވެ. މީގެ އިތުރުން، އިތުރު އެސް-400 އެއާ ޑިފެންސް ސިސްޓަމްތަކާއި، ޑްރޯން ތަކުގެ އިތުރުން، ސުކޯއީ ސޫ-30 މަރުކާގެ ފައިޓާ ޖެޓު ތަކުގެ އިންޖީނުތައް އަޕްގްރޭޑު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. 

ފަހަކަށް އައިސް އިންޑިއާ އިން އެމެރިކާ އާއި ފްރާންސް އަދި އިޒްރޭލް އިން ގަންނަ ހަތިޔާރުގެ މިންވަރު އިތުރު ކޮށްފައި ވީ ނަމަވެސް، އަލަށް މި ނިންމި އެސް-400 ސިސްޓަމްތަކާއި، ސޫ-30 ޖެޓު ތަކުގެ އަޕްގްރޭޑު ތަކުން ދޭހަ ވަނީ އިންޑިއާގެ ދިފާއީ ދާއިރާގައި ރަޝިޔާ އަކީ އަދި ވެސް މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް ކަމެވެ. މިނިސްޓްރީ އިން ބުނި ގޮތުގައި، އެސް-400 ސިސްޓަމް ތަކަކީ ދުޝްމަނުންގެ ދުރު ރާސްތާގެ ވައިގެ ހަމަލާ ތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ވަސީލަތެއް ކަމަށެވެ. އަދި އަލަށް ހޯދާ ހަތިޔާރު އެޅި ޑްރޯންތައް ބޭނުން ކުރާނީ ހަމަލާ ދިނުމަށާއި، ސާވޭލަންސް ފާރަވެރިވުމުގެ މަސައްކަތްތަކަށް ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އިންޑިއާރަޝިޔާ-އިންޑިއާއިންޑިއާގެ ޑިފެންސް މިނިސްޓަރު, ރާޖްނާތު ސިންހް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް

އިންޑިއާގެ ބިލިއަނަރު ސިންހާނިއާ ރާއްޖޭގައި އެކްސިޑެންޓުވެ، އަނިޔާވި ވާހަކަ އިންޑިއާގެ ނޫސް ތަކުގެ ފަލަ ޞުރުޚީ އަށް

21 މާރިޗު 2026
އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

24 ފެބުރުއަރީ 2026
މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

18 ފެބުރުއަރީ 2026
ލ. އަތޮޅަށް ލެއްގީ ހުސްވި އަހަރު އިންޑިއާ އިން ލޯންޗު ކުރި ރޮކެޓެއްގެ ބައިތަކެއް

ލ. އަތޮޅަށް ލެއްގީ ހުސްވި އަހަރު އިންޑިއާ އިން ލޯންޗު ކުރި ރޮކެޓެއްގެ ބައިތަކެއް

14 ފެބުރުއަރީ 2026
ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު