Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިންޑިއާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި

ދިއްލީގައި ހޮނިހިރު ދުވެހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމުގެ އިތުރުން، އާދީއްތަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑޮކްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ އެކު ދެފަރާތުގެ ރަސްމީ މަޝްވަރާތައް ބާއްވަވާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2026 | ހޮނިހިރު 05:38
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ރޮއިޓާސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހޮނިހިރު އިންޑިއާ އަށް ވަޑައިގެންފި އެވެ.

މިއީ ރޫބިއޯ މި މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ވިޔަފާރީގެ މައްސަލަތަކާއި، ސަރަހައްދީ ސިޔާސީ އޮއިވަރުގެ ސަބަބުން ފަހަކަށް އައިސް ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ހީނަރުކަން ކުޑަކޮށް، ގުޅުން ބަދަހި ކުރުމަށް މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށް ބައިނަލްއަގުވާމީ މާހިރުން ސިފަ ކުރެ އެވެ.

އިންޑިއާގެ ވެރި ރަށް ނިއުދިއްލީގައި ބާއްވާ ރަސްމީ ބައްދަލުވުން ތަކުގެ ކުރިން، ރޫބިއޯ އެންމެ ފުރަތަމަ ވަޑައިގެންނެވީ އިރުމަތީ އިންޑިއާގެ ކޮލްކަތާ އަށެވެ. މިއީ ފާއިތުވި 14 އަހަރުގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ފެންވަރުގެ ބޭފުޅަކު ކޮލްކަތާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ކޮލްކަތާގެ ހަރަކާތް ތަކަށް ފަހު، ރޫބިއޯ ދެން ވަޑައިގަންނަވާނީ ވެރިރަށް ނިއުދިއްލީ އަށެވެ. ދިއްލީގައި ހޮނިހިރު ދުވެހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމުގެ އިތުރުން، އާދީއްތަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑޮކްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ އެކު ދެފަރާތުގެ ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ.

ދެ ގައުމުގެ ދެމެދުގައި ބާއްވާ ބައިލެޓްރަލް ބައްދަލުވުން ތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ވިޔަފާރި، ހަކަތައިގެ ރައްކާތެރިކަން އަދި ދިފާއީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ. އިންޑިއާ އަށް ވަޑައިގަތުމުގެ ކުރިން ރޫބިއޯ ވިދާޅުވީ، އިންޑިއާ އަކީ އެމެރިކާގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި، ހާއްސަކޮށް ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން ހަކަތައިގެ ދާއިރާ އިން އިންޑިއާ އާއެކު އޮތް ގުޅުން އިތުރަށް ފުޅާ ކުރަން ބޭނުންވާ ކަމަށެވެ. އެމެރިކާ އިން އިންޑިއާ އަށް ކަނޑަ އަޅާފައި ހުންނަވާ ސަފީރު ސާޖިއޯ ގޯ ވިދާޅުވި ގޮތުގައި، ފާއިތުވި 20 އަހަރު ދެ ގައުމުގެ ވިޔަފާރި ވަނީ 220 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ޖެހިލާފަ އެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 500 ބިލިއަން ޑޮލަރަށް ބޮޑު ކުރުމަށް ދެ ގައުމުން އަމާޒު ހިފާފައިވެ އެވެ.

ރޫބިއޯގެ މި ދަތުރުފުޅުގެ އެންމެ މުހިންމު ހަރަކާތަކަށް ވެގެންދާނީ މެއި 26 ވާ އަންގާރަ ދުވަހު ނިއުދިއްލީގައި ބާއްވާ ކުއަޑް ގައުމު ތަކުގެ ހާރިޖީ ވަޒީރުންގެ ސަމިޓެވެ. މި ސަމިޓުގައި އެމެރިކާ، އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާނުގެ ހާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެން އިންޑޯ ޕެސިފިކް ސަރަހައްދުގެ މިނިވަންކަމާއި، ކަނޑުގެ ސަރަހައްދު ތަކުގެ ސަލާމަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ އެވެ.

މި ރަސްމީ ބައްދަލުވުން ތަކުގެ އިތުރުން، ސެކްރެޓަރީ ރޫބިއޯ އިންޑިއާގެ ތާރީހީ ރަށްތައް ކަމަށްވާ އާގްރާ އަދި ޖައިޕޫރަށް ކުރު ޒިޔާރަތް ތަކެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާއިންޑިއާޔޫއެސް-އިންޑިޔާއެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އިތުރަށް ކިޔާލަން

23 މެއި 2026

އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ

23 މެއި 2026
އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ
21 މެއި 2026

ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ

21 މެއި 2026
ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީ އަށް ވުރެ، ކުރަފި ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުން ގިނަވެއްޖެ
20 މެއި 2026

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

20 މެއި 2026
ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި
20 މެއި 2026

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި
19 މެއި 2026

ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

19 މެއި 2026
ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު