Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ

އިންޑިއާގައި އެއާ އެމްބިއުލާންސްއެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

އަންގާރަ ދުވަހު އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި މި އެއާ އެމްބިއުލާންސް ވެއްޓިފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި. އެއާ އެމްބިއުލާންސް ވެއްޓި މަރުވި މީހުންގެ ތެރޭގައި ދެ ކްރޫ މެމްބަރުންނާއި، ބަލި މީހާގެ އިތުރުން، ބަލި މީހާގެ އެހީތެރިން ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 07:24
ބީޗްކްރާފްޓް މަރުކާގެ އެއާ އެމްބިއުލާންސް ވެއްޓުނު ސަރަހައްދުގައި ފުލުހުންނާއި ސަލާމަތީ ހިދުމަތްތަކުގެ މުވައްޒަފުން ހަރަކާތްތެރި ވަނީ

ބީޗްކްރާފްޓް މަރުކާގެ އެއާ އެމްބިއުލާންސް ވެއްޓުނު ސަރަހައްދުގައި ފުލުހުންނާއި ސަލާމަތީ ހިދުމަތްތަކުގެ މުވައްޒަފުން ހަރަކާތްތެރި ވަނީ | ރޮއިޓާސް

އިންޑިއާގެ ޖާކަންޑް ސްޓޭޓްގައި ދަތުރު ކުރަމުން ދިޔަ އެއާ އެމްބިއުލާންސްއެއް ވެއްޓި، އޭގައި ތިބި ހަތް މީހުން މަރުވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ. 

އަންގާރަ ދުވަހު އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި މި އެއާ އެމްބިއުލާންސް ވެއްޓިފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އެއާ އެމްބިއުލާންސް ވެއްޓި މަރުވި މީހުންގެ ތެރޭގައި ދެ ކްރޫ މެމްބަރުންނާއި، ބަލި މީހާގެ އިތުރުން، ބަލި މީހާގެ އެހީތެރިން ހިމެނެ އެވެ. 

ރެޑްބާޑް އެއާވޭސް އިން އޮޕަރޭޓް ކުރާ ބީޗްކްރާފްޓް ސީ 90 ފްލައިޓު، ސްޓޭޓްގެ ވެރި ރަށް ރާންޗީން ފުރައިގެން ދިޔައިރު، މޫސުމުގެ ޙާލަތު ފެނި ފްލައިޓުގެ ދަތުުރު ބަދަލު ކުރަން އެދުނު ކަމަށް ޑައިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން އިން ހޯމަ ދުވަހު ބުނެފައިވެ އެވެ. އޭގެ ފަހުން އެއާކްރާފްޓްއާ މުއާމަލާތް ކުރެވިފައި ނުވާ ކަމަށާއި، ރާޑަރު މުއާމަލާތް ވެސް ގެއްލިފައިވާ ކަމަށް ރެގިއުލޭޓަރުން ބުނެފައިވެ އެވެ. 

އެ ހާދިސާ ހިނގާފަައި ވަނީ ވަރަށް ބޮޑަށް ވައި ގަދަވަމުން ދިޔަ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގި ޗަތުރާ ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރު ކީރްތިޝްރީ ޖީ ބުނީ، ހަށިގަނޑުތައް ހޯދައި، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވާ ކަމަށާއި، އިތުރު ތަހުގީގު މިހާރު ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. 

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން ޓީމެއް ފޮނުވާނެ ކަމަށް ރެގިއުލޭޓަރުން ބުނެފައިވެ އެވެ. މި ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، އާންމުކޮށް އެއާކްރާފްޓް ހާދިސާތައް ހިނގަނީ ގިނަ ސަބަބު ތަކެއް ދިމާވެގެންނެވެ. އަދި އެކަމުގެ ތަހުގީގު ނިންމާލުމަށް މަދުވެގެން އަހަރެއްގެ މުއްދަތު ހޭދަވާނެ ކަމަށް ބުނެފައިވެ އެވެ. 

މި ހާދިސާއާ ގުޅިގެން ގިނަ ކަންބޮޑުވުން ތަކެއް އުފެދިފައިވާއިރު، އިންޑިއާގެ އުދުހުމުގެ ސަލާމަތާ ބެހޭ ސުވާލުތައް އަނެއްކާ ވެސް ވަނީ ފެންމަތިވެފަ އެވެ.

މަސްދަރު: ރޮއިޓާސް

ރެޑްބާޑް އެއާވޭސްއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

މެކްރޮން އިންޑިއާގައި، ފެނުނީ މޯދީއާ އޮންނަ ގާތް ގުޅުން

18 ފެބުރުއަރީ 2026
ލ. އަތޮޅަށް ލެއްގީ ހުސްވި އަހަރު އިންޑިއާ އިން ލޯންޗު ކުރި ރޮކެޓެއްގެ ބައިތަކެއް

ލ. އަތޮޅަށް ލެއްގީ ހުސްވި އަހަރު އިންޑިއާ އިން ލޯންޗު ކުރި ރޮކެޓެއްގެ ބައިތަކެއް

14 ފެބުރުއަރީ 2026
ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

03 ފެބުރުއަރީ 2026
އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ

އިންޑިއާ ގައި ހަރުފަ ދަތްއަޅައިގެން އަހަރަކު 50،000 މީހުން މަރުވޭ

02 ފެބުރުއަރީ 2026
ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

ނިޕާ ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު