Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

މީގެ ކުރިން އާސެނަލް އަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނީ 2004 ވަނަ އަހަރު. އެހެންކަމުން މިއީ ފާއިތުވި 22 އަހަރުގެ ތެރޭގައި އާސެނަލް އަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 01:44
ލީގު ޗެމްޕިއަންކަން ލިބުމާ އެކު، ރަމްޒީ ތައްޓަކާ އެކު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

ލީގު ޗެމްޕިއަންކަން ލިބުމާ އެކު، ރަމްޒީ ތައްޓަކާ އެކު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ އަށް މޮޅު ނުވެވުމުން، އާސެނަލް އަށް ޕްރިމިއާ ލީގުގެ ޗެންޕިއަންކަން ލިބިއްޖެ އެވެ.

ބޯންމައުތުގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ނިކުތްއިރު، ލީގު ރޭހުގައި ސިޓީ އަށް އުންމީދެއް އޮތީ އެ މެޗުން މޮޅު ވެގެންނެވެ. ނަމަވެސް، އެ މެޗު 1-1 އިން އެއްވަރު ވެގެން ނިމުމާ އެކު، އާސެނަލް އަށް ވަނީ ލީގުގެ ޗެމްޕިއަންކަން ލިބިފަ އެވެ.

މެޗުގެ ފުރަތަމަ ހާާފުގެ 39 ވަނަ މިނެޓުގައި ބޯންމައުތަށް ލީޑު ނަގައިދިނީ ޖޫނިއާ ކްރޫޕީ އެވެ. މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ސިޓީ އިން ވަރަށް މަސައްކަތް ކުރިއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ސިޓީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ނޯވޭގެ ފޯވާޑު އާލިން ހާާލަންޑް އެވެ. 

މެޗު އެއްވަރުވުމާ އެކު، ބާކީ އެއް މެޗު ކުޅެން އޮއްވާ އާސެނަލް އިން ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އާސެނަލް އޮތީ 37 މެޗުން 82 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 78 ޕޮއިންޓެވެ.

މިއީ އާސެނަލް އަށް ތާރީޚީ ކާމިޔާބެކެވެ. މީގެ ކުރިން އާސެނަލް އަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނީ 2004 ވަނަ އަހަރު އެވެ. އެހެންކަމުން މިއީ ފާއިތުވި 22 އަހަރުގެ ތެރޭގައި އާސެނަލް އަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ސިޓީގެ މެޗަށް ފަހު އާސެނަލްގެ ކުޅުންތެރިން ވަނީ އެކަމުގެ އުފާ ވަރަށް ބޮޑަށް ފާޅު ކޮށްފަ އެވެ.

ހަމަ އެހެންމެ، މިއީ އާސެނަލް އަށް އިރުޝާދު ދެމުން އަންނަ މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ލީގު ކާމިޔާބު ކުރި ފުރަތަމަ ފަަހަރެވެ. އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން އާސެނަލް އިން އެފްއޭ ކަޕެއް ކާމިޔާބު ކުރި އެވެ. އާސެނަލް އިން ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާއިރު، މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް އެ ޓީމު ކުޅޭނެ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީއާސެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

ބާންލީ އަތުން މޮޅުވެ، އާސެނަލް އިން ލީގު ކާމިޔާބު ކުރުމާ ފިޔަވަޅަކާ ކައިރިއަށް

19 މެއި 2026
އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

18 މެއި 2026
ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު