Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!

މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިޓީގެ ސަޕޯޓަރުން އޭނާ އަށް ދިން ލޯތްބަކީ ދުވަހަކު ވެސް އުންމީދު ކޮށްގެން ހުރި ކަމެއް ނޫން ކަމަށް. އަދި ވޭތުވެ ދިޔަ 10 އަހަރުގެ އެ ކުލަބުގެ ކޯޗުގެ ގޮތުގައި ހުރުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެއީ ބަޔާން ކޮށްދޭން ނޭނގޭ ފަދަ އިޙުސާސެއް ކަމަށް ގާޑިއޯލާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 04:41
މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އައި ޕެޕް ގާޑިއޯލާ.

މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އައި ޕެޕް ގާޑިއޯލާ. | ރޮއިޓާސް

ކާމިޔާބު 10 އަހަރަށް ފަހު މެންޗެސްޓަރ ސިޓީގެ ކޯޗުކަން ދޫކޮށްލާއިރު، އެ ކުލަބަށް އިރުޝާދު ދިނުމަކީ ޙަޔާތުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ގާޑިއޯލާ ނިންމާފައި ވަނީ ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލުމަށެވެ. އާދީއްތަ ދުވަހުގެ ރޭ އިއްތިހާދު ސްޓޭޑިއަމްގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަކީ، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އިން ކުޅުނު ފަހު މެޗެވެ. އެ މެޗުގައި 2-1 އިން ސިޓީ ބަލިވި ނަމަވެސް، މެޗަށް ފަހު ސިޓީގެ ސަޕޯޓަރުން ވަނީ ގާޑިއޯލާ އަށް އޮތް ލޯތްބާއި، އިޙުތިރާމް ދައްކުވައި ދީފަ އެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިޓީގެ ސަޕޯޓަރުން އޭނާ އަށް ދިން ލޯތްބަކީ ދުވަހަކު ވެސް އުންމީދު ކޮށްގެން ހުރި ކަމެއް ނޫން ކަމަށެވެ. އަދި ވޭތުވެ ދިޔަ 10 އަހަރު އެ ކުލަބުގެ ކޯޗުގެ ގޮތުގައި ހުރުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެއީ ބަޔާން ކޮށްދޭން ނޭނގޭ ފަދަ އިޙުސާސެއް ކަމަށް ގާޑިއޯލާ ބުންޏެވެ. އެ މެޗު ބެލުމަށް އުމުރުން 95 އަހަރުގެ ގާޑިއޯލާގެ ބައްޕަ ވެސް ދަނޑުގައި އިނެވެ،

ގާޑިއޯލާގެ ޝަރަފުގައި ސިޓީ އިން ނިންމާފައި ވަނީ، އިއްތިހާދު ސްޓޭޑިއަމްގެ ނޯތު ސްޓޭންޑަށް އޭނާގެ ނަމުން ނަން ދިނުމަށެވެ. އެކަމަށް އިޝާރާތް ކުރަމުން ގާޑިއޯލާ ބުނީ، އޭނާގެ އާއިލާގެ ނަން އެ ސްޓޭންޑުގައި އޮތުމަކީ އުމުރަށް ލިބޭނެ ފަޚުރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނަ އެ ސްޓޭންޑުގައި އިނދެގެން ކުޅުންތެރިން "ކޮންޓްރޯލް" ކުރާޏެ ކަމަށެވެ. ގާޑިއޯލާ ބުނީ ސިޓީ އަކީ އޭނާގެ ގެ ކަމަށާއި، ދުނިޔޭގެ ކޮންމެ ތަނަކުން ސިޓީގެ ސަޕޯޓަރަކާ ދިމާވިޔަސް އޭނާއާ ވަހަކަ ދައްކަން އެދޭ ކަމަށެވެ. 

ސިޓީ ދޫކޮށްލަން ގާޑިއޯލާ ނިންމާފައިވާއިރު، އޭނާ އަކީ އެ ކުލަބުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. ސިޓީ އާއެކު ހޭދަ ކުރި 10 އަހަރުގެ ތެރޭގައި ގާޑިއޯލާ ވަނީ، އެ ކުލަބަށް 20 ތައްޓެއް ހޯދައި ދީފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުމާާއި، އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބު ކުރުމާއި، ކަރަބޯ ކަޕް ފަސް އަހަރު ކާމިޔާބު ކުރުމާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑު ތިން ފަހަރު ކާމިޔާބު ކުރުމާއި، ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކުރުން އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. 

ގާޑިއޯލާ އަކީ އިނގިރޭސި ލީގުގެ ތާރީޚުގައި ޖެހި ޖެހިގެން ހަތަރު ފަހަރު ލީގު ތަށި ހޯދި ހަމައެކަނި ކޯޗެވެ. 18-2017 ވަނަ އަހަރުގެ ސީޒަންގައި ގާޑިއޯލާ ވަނީ 100 ޕޮއިންޓާ އެކު ލީގު ކާމިޔާބުކޮށް، ރެކޯޑު ޤާއިމު ކޮށްފަ އެވެ. 

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ

ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

18 މެއި 2026
ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު