Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އިން ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައި. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ސިޓީ އިން ވަނީ 20 ތަށި ކާމިޔާބު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2026 | ބުދަ 04:53
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ކުރިން ސިޓީގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަރެސްކާ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ކުރިން ސިޓީގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަރެސްކާ. | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ، މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 55 އަހަރުގެ ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އެންމެ ފަހުން ސިޓީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ގާޑިއޯލާ ބޭނުން ވަނީ ސިޓީގައި 10 އަހަރު ހުންނަން ކަމަށް ވާތީ، މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން ނިންމާފައިވާކަން ގާޑިއޯލާ ވަނީ މެނޭޖުމަންޓަށް އަންގައިފަ އެވެ.

ގާޑިއޯލާ ސިޓީ ދޫކޮށްލާއިރު، ސިޓީ އިން ވަނީ އައު ޓީމުގެ އައު ކޯޗަކަށް އެންޒޯ މަރެސްކާ ގެންނަން ނިންމައިފަ އެވެ. އެކަމުގެ މަޝްވަރާތައް ސިޓީ އާއި މަރެސްކާއާ ދެމެދު ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ވަނީ އަނގަ ބަހުން އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސް ތަކުގައި ސިޓީ އިން ހާމަ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސިޓީއާ ދެން ހަވާލުވާ މަރެސްކާ އަކީ، މީގެ ކުރިން ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިޓީގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެންމެ ފަހުން އޭނާ އިރުޝާދު ދީފައި ވަނީ ޗެލްސީ އަށެވެ. މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީ އިން ވަނީ ޔުއެފާ ކޮންފަރެންސް ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ޗެލްސީގެ ކޯޗުކަމުން މަރެސްކާ ވަކިވި ހިސާބުން ފެށިގެން، ސިޓީ އިން އޭނާ ގެންނަން ބޭނުންވާ ކަމުގެ އަަޑުތައް އޭރު ވެސް އޮތީ ފެތުރިފަ އެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އިން ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ސިޓީ އިން ވަނީ 20 ތަށި ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. އޭގެ އިތުރުން އެފްއޭ ކަޕް ތިން ފަހަރު، ކަރަބޯ ކަޕް ފަސް ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. 

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާއެންޒޯ މަރެސްކާ

އިތުރަށް ކިޔާލަން

20 މެއި 2026

ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

20 މެއި 2026
ސިޓީ އަށް މޮޅު ނުވެވުމުން، 22 އަހަރަށް ފަހު އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
18 މެއި 2026

އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

18 މެއި 2026
އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ
17 މެއި 2026

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި
14 މެއި 2026

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި
13 މެއި 2026

ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

13 މެއި 2026
ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު