Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

ސިޓީ އިން އެ ކާމިޔާބީ ފާހަގަ ކުރާނީ އަންނަ ހަފުތާގައި ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުމަށް ފަހު ކަމަށް ގާޑިއޯލާ ބުނި. ސަބަބެއްގެ ގޮތުގައި ގާޑިއޯލާ ބުނީ، މިވަގުތު އުފާ ފާޅު ކުރުމަށް ސިޓީ އަށް ވަގުތު ނެތުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 03:43
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ. | ރޮއިޓާސް

މެންޗެސްޓަރ ސިޓީ އިން އެފްއޭ ކަޕް ކާމިޔާބު ކުރި ނަމަވެސް، އުފާ ފާޅު ކުރަން އެ ކުލަބަށް ވަގުތު ނެތް ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ މިފަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ ބަލިކޮށް، ސިޓީ އިން މުބާރާތް ކާމިޔާބު ކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޗެލްސީ ބަލިކޮށް ސިޓީ އިން ސީޒަންގެ ދެ ވަނަ ތަށި ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގު ރޭހުގައި ވެސް ވާދަ ކުރަމުންނެވެ. 

ގާޑިއޯލާ ބުނީ ސިޓީގެ ފިރިހެން ޓީމާއި އަންހެން ޓީމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޕެރޭޑެއް ބާއްވަން ކުލަބުން ބޭނުންވާ ކަމަށެވެ. ސިޓީ އިން އެ ކާމިޔާބީ ފާހަގަ ކުރާނީ އަންނަ ހަފުތާގައި ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުމަށް ފަހު ކަމަށް ގާޑިއޯލާ ބުންޏެވެ. ސަބަބެއްގެ ގޮތުގައި ގާޑިއޯލާ ބުނީ، މިވަގުތު އުފާ ފާޅު ކުރުމަށް ސިޓީ އަށް ވަގުތު ނެތުން ކަމަށެވެ. 

ގާޑިއޯލާ ބުނީ އެފްއޭ ކަޕްގެ ފައިނަލް އަށް ތައްޔާރުވުމަށް ޗެލްސީ އަށް ހަތް ދުވަަސް ލިބުނު ކަމަށެވެ. ނަމަވެސް، ސިޓީ އަށް ލިބުނީ އެންމެ ތިން ދުވަސް ކަމަށް ގާޑިއޯލާ ފާހަގަ ކުރި އެވެ. ގާޑިއޯލާ ބުނީ އެފްއޭ ކަޕްގެ ފައިނަލް ކުޅުމަށް ސިޓީ އިން ހަ ގަޑިއިރުގެ ދަތުރެއް ވެސް ކުރަން ޖެހުނު ކަމަށެވެ. އެފްއޭ ކަޕްގެ ފައިނަލް އަށް ފަހު، އަނެއްކާ ސިޓީ އިން ލީގުގެ މެޗަށް ނިކުންނަން ޖެހޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. 

ގާޑިއޯލާ މިހެން ބުނެފައިވާއިރު، އަންގާރަ ދުވަހުގެ ރޭ ލީގުގައި ސިޓީ އިން ނިކުންނާނީ ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށެވެ. ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތްއިރު، ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ސިޓީ އަށް އެބަ އޮތެވެ. އެހެންކަމުން ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗު ސިޓީ އަށް ވަރަށް މުހިންމު ވާނެ އެވެ. ސިޓީ މެޗުގެ ކުރިން، އަމިއްލަ ދަނޑުގައި އާސެނަލް އިން ބާންލީއާ ދެކޮޅަށް ކުޅޭނެ އެވެ. ލީގު ހޯދުމަށް އާސެނަލް އަށް އެ މެޗު ވެސް ވަރަށް މުހިންމު ވާނެ އެވެ.

އެންމެ ފަހުން 2024 ވަނަ އަހަރާއި، 2025 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައި ސިޓީ އިން ކުޅުނު ނަމަވެސް، އެ ދެ އަހަރު ވަނީ ބަލިވެފަ އެވެ. ގާޑިއޯލާ ބުނީ ޖެހި ޖެހިގެން ދެ އަހަރު ފައިނަލްގައި ބަލިވުމަށް ފަހު، އަނެއްކާ އަލުން ސިޓީ އަށް އެފްއޭ ކަޕް ކާމިޔާބު ކުރެވުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. މި ސީޒަންގައި އެފްއޭ ކަޕްގެ އިތުރުން، ސިޓީ އިން ވަނީ ކަރަބޯ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

17 މެއި 2026
ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

13 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

10 މެއި 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު