Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

ލިވަޕޫލް އަކީ ޚާއްޞަ ކުލަބެއް، ކޮންމެ ކޯޗަކު ވެސް ގަޔާވާނެ: އިރައޯލާ

ލިވަޕޫލްއާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަމުން އިރައޯލާ ބުނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބާ ހަވާލުވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް. ލިވަޕޫލް އަކީ އަބަދު ވެސް ވަރަށް ޚާއްސަ ކުލަބެއްގެ ގޮތުގައި ދެކޭ ކަމަށާއި، އެ ކުލަބުގެ ސަޕޯޓަރުންނާއި، ލިވަޕޫލްގައި އޮންނަ މާހައުލަކޯ ކޮންމެ ކޯޗަކު ވެސް ގަޔާވާނެ ކަންތައް ތަކެއް ކަމަށް އިރައޯލާ ފާހަގަ ކުރި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 04:04
ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި އިރައޯލާ.

ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި އިރައޯލާ. | ރޮއިޓާސް

ލިވަޕޫލް އަކީ ޚާއްސަ ކުލަބެއް ކަމަށާއި، އެ ކުލަބަކީ ކޮންމެ ކޯޗަކު ވެސް ގަޔާވާނެ ފަދަ ކުލަބެއް ކަމަށް އަންޑޯނީ އިރައޯލާ ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗުކަމުން އާން ސްލޮޓް ވަކި ކުރުމަށް ފަހު، ލިވަޕޫލް އިން ވަނީ އައު ކޯޗަކަށް އިރައޯލާ ހަމަޖައްސައިފަ އެވެ. ލިވަޕޫލް އާއެކު އިރައޯލާ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިރައޯލާ ލިވަޕޫލް އަށް އިރުޝާދު ދޭނެ އެވެ. 

ލިވަޕޫލްއާ ހަވާލުވުމުގެ ކުރިން އިރައޯލާ އިރުޝާދު ދީފައި ވަނީ ބޯންމައުތަށެވެ. އެ ކުލަބުގައި އިރައޯލާ ކާމިޔާބު މަސައްކަތް ތަކެއް ކޮށްފައިވާއިރު، ނިމުނު ސީޒަން އެ ޓީމުން ނިންމާލީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި ސީޒަން ނިންމާލައި، ބޯންމައުތުން ވަނީ އެ ކުލަބުގެ ތަރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ މުބާރާތަކުން ޖާގަ ހޯދައިފަ އެވެ. 

ލިވަޕޫލްއާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަމުން އިރައޯލާ ބުނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބާ ހަވާލުވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ލިވަޕޫލް އަކީ އަބަދު ވެސް ވަރަށް ޚާއްސަ ކުލަބެއްގެ ގޮތުގައި ދެކޭ ކަމަށާއި، އެ ކުލަބުގެ ސަޕޯޓަރުންނާއި، ލިވަޕޫލްގައި އޮންނަ މާހައުލަކޯ ކޮންމެ ކޯޗަކު ވެސް ގަޔާވާނެ ކަންތައް ތަކެއް ކަމަށް އިރައޯލާ ފާހަގަ ކުރި އެވެ. 

މީގެ އިތުރުން އިރައޯލާ ބުނީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންނަށް އިރުޝާދު ދީ، ބޮޑެތި ތަށި ތަކަށް ވާދަ ކުރުމުގެ ފުރުސަތު ލިބުމަކީ ކޯޗެއްގެ ޙަޔާތުގައި ލިވޭނެ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އެކަން ފާހަގަކޮށް އިރައޯލާ ބުނީ، އޭނާ ހުރީ ވީ އެންމެ އަވަހަކަށް ލިވަޕޫލްގެ މަސައްކަތް ފެށުމަށް ކެތް މަދުވެފައި ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަމުން އިރައޯލާ ބުނީ، ލިވަޕޫލްގެ ވެރިންނާއި ސަޕޯޓަރުން އޭނާގެ ފަރާތުން އުންމީދު ކުރާނީ ކޮން ކަމެއްކަން އިނގޭ ކަމަށެވެ. ލިވަޕޫލް މިހާރު އޮތް ޙާލަތު ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، އޭނާ ހުރީ އެކަމަށް ތައްޔާރު ވެގެން ކަމަށް އިރައޯލާ ބުންޏެވެ. އޭނާ ބުނީ މަގާމާ ހަވާލުވާ ގޮތަށް އެއްވެސް ކަމަކަށް ވައުދުވާން ނޭނގޭނެ ކަަމަށާއި، ނަމަވެސް އޭނާގެ އަމާޒަކީ ކުލަބުން ބޭނުންވާ ނަތީޖާ ނެރުން ކަމަށް އިރައޯލާ ބުންޏެވެ. 

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކުރުމަށް ފަހު، އެ މަގާމަށް އިރައޯލާ ގެންނަން ނިންމީ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. ޚާއްސަކޮށް ނިމުނު ސީޒަންގައި ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވީއިރު، އެކަމުގެ ސަބަބުން ސްލޮޓް އަށް އޮތީ ޕްރެޝަރު ވެސް ބޮޑުވެފައި އެވެ.

ލިވަޕޫލްއަންޑޯނީ އިރާއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިރައޯލާ އާއެކު ލިވަޕޫލް އިން އެއްބަސްވުމަކަށް

އިރައޯލާ އާއެކު ލިވަޕޫލް އިން އެއްބަސްވުމަކަށް

03 ޖޫން 2026
ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

02 ޖޫން 2026
ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް

ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

31 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު