Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

އިރައޯލާ އާއެކު ލިވަޕޫލް އިން އެއްބަސްވުމަކަށް

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލިވަޕޫލް އިން އިރައޯލާ އަށް ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް. އެހެންކަމުން 2028 ވަނަ އަހަރާ ހަމައަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖޫން 2026 | ބުދަ 05:19
ލިވަޕޫލްގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރާ އިރައޯލާ.

ލިވަޕޫލްގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރާ އިރައޯލާ. | ރޮއިޓާސް

ލިވަޕޫލްގެ އައު ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ، ސްޕެއިންގެ އަންޑޯނީ އިރައޯލާ އާއެކު އެ ކުލަބުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ލިވަޕޫލްގެ ކޯޗު ކަމުގައި އެންމެ ފަހުން ހުރީ ނެދަލެންޑްސްގެ އާން ސްލޮޓް އެވެ. ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ލިވަޕޫލް އިން ވަނީ އޭނާ މަގާމުން ވަކި ކޮށްފަ އެވެ. އަދި އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން، ލިވަޕޫލް އިން ވަނީ އިރައޯލާ އާއެކު މަޝްވަރާތައް ފަށައިފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މަޝްވަރާ ތަކަށް ފަހު ލިވަޕޫލް އިން މިހާރު ވަނީ އިރައޯލާ އާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެންކަމުން އެއްބަސްވުމުގެ ރަސްމީ ކަންކަން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ފުރިހަމަ ކުރާނެ ކަމަށް ބެލެވެ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލިވަޕޫލް އިން އިރައޯލާ އަށް ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން 2028 ވަނަ އަހަރާ ހަމައަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ. 

ލިވަޕޫލް އިން އައު ކޯޗެއް ހޯދުމުގެ މަސައްކަތުގައި ގިނަ ބައެއްގެ ނަން ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް، އިރައޯލާ ގެންނަން އެ ކުލަބުން ނިންމީ، ކުލަބުގެ ވައްޓަފާޅި އާއި އުސޫލުތަކާ އެއްގޮތްވާ މީހަކީ އޭނާ ކަމަށް ވާތީ އެވެ. ލިވަޕޫލް އާއެކު އިރައޯލާ އެއްބަސްވުމަކަށް އައިސްފައިވާއިރު، އޭނާ އަށް ބައެއް އެހެން ކުލަބު ތަކުގެ ހުށަހެޅުން ވެސް އޮތެވެ. ނަމަވެސް އޭނާގެ ޝައުޤުވެރިކަން އޮތީ ލިވަޕޫލް އަށް ކަމަށް ވާތީ، ލިވަޕޫލްގެ ހުށަހެޅުން އިރައޯލާާ ޤަބޫލު ކުރި އެވެ.

އިރައޯލާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. އެންމެ ފަހުން އޭނާ އިރުޝާދު ދީފައި ވަނީ ބޯންމައުތަށެވެ. އެ ކުލަބުގައި އޭނާ ހޭދަ ކުރި މުއްދަތުގެ ތެރޭގައި، ބޯންމައުތުން ވަނީ 127 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން މޮޅުވެފައި ވަނީ 47 މެޗުންނެވެ. 40 މެޗު އެއްވަރުވީއިރު، އަނެއް 40 މެޗުން ވަނީ ބަލިވެފަ އެވެ. ބޯންމައުތުގެ ކުރިން އިރައޯލާ ވަނީ ސްޕެއިންގެ ރަޔޯ ވަޔެކާނޯ އަށް ވެސް އިރުޝާދު ދީފަ އެވެ.

ލިވަޕޫލްއަންޑޯނީ އިރާއޯލާ

އިތުރަށް ކިޔާލަން

02 ޖޫން 2026

ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

02 ޖޫން 2026
ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި
02 ޖޫން 2026

ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް

02 ޖޫން 2026
ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް
02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
31 މެއި 2026

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

31 މެއި 2026
ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި
23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު