Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

މެޗުން މޮޅުވެ ޕީއެސްޖީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގު އޮތީ ލިވަޕޫލްގެ ދަނޑުގައި. މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ލިވަޕޫލް އަށް އޮތީ އެ މެޗުން މޮޅުވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2026 | ބުރާސްފަތި 08:31
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާާފުގައި ޕީއެސްޖީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ޕީއެސްޖީ އިން ވަނީ ރަނގަޅަށް ކުޅެ، ކުރީ ކޮޅު ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޑިސެއާ ޑޯއޫ ވަނީ ޕީއެސްޖީގެ ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން ލިވަޕޫލް އިން ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް، ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ޕީއެސްޖީ އިން ދެ ވަނަ ހާފަށް ނިކުމެ، މި ހާފުގައި ވެސް ރަނގަޅަށް ކުޅެފައިވެ އެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެގޮތުން ޔާއޯ ނެވެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހައިދިނީ ކްވިޗާ ކްވަރެޝްކޭލިއާ އެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގު އޮތީ ލިވަޕޫލްގެ ދަނޑުގަ އެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ލިވަޕޫލް އަށް އޮތީ އެ މެޗުން މޮޅުވެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީލިވަޕޫލް

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
08 އެޕްރީލު 2026

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި
08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
07 އެޕްރީލު 2026

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

07 އެޕްރީލު 2026
ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި
06 އެޕްރީލު 2026

މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް

06 އެޕްރީލު 2026
މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު