Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލިވަޕޫލް

ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް

2 ޖޫން 2026 | އަންގާރަ 05:10

ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިޔެފައިވާ ސިޓީއެއްގައި ސްލޮޓް ބުނީ، އެ ކުލަބާ އެކު ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އޭނާ އަށް ވަރަށް ޚާއްޞަ ކަމެއް ކަމަށް. ލިވަޕޫލްއާ ދެމެދު އޮންނަ ގުޅުމަށް އިޝާރާތް ކުރަމުން ސްލޮޓް ބުނީ، އެއީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް ކަމަށް. އަދި އެއީ ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި ކުޅޭ ޔޫރަޕުގެ މެޗު ތަކަށް ވުރެ ވެސް ބޮޑު ގުޅުމެއް ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2026 | އަންގާރަ 05:10
ލިވަޕޫލްގެ ކޯޗުކަމުން ވަކި ކުރި ސްލޮޓް.

ލިވަޕޫލްގެ ކޯޗުކަމުން ވަކި ކުރި ސްލޮޓް. | ރޮއިޓާސް

ލިވަޕޫލް އާއި އެ ކުލަބުގެ ސަޕޯޓަރުންނާއި އޭނާއާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް ކަމަށް އެ ޓީމުގެ ކޯޗުކަމުން ވަކި ކުރި އާން ސްލޮޓް ބުނެފި އެވެ. 

ލިވަޕޫލް އިން މިދިޔަ ހަފުތާ ބަންދުގައި ވަނީ އެ ކުލަބުގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފަ އެވެ. އޭނާ ވަކި ކޮށްފައި ވަނީ ނިމުނު ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ދަށްވެފައި ވަނިކޮށެވެ. ސްލޮޓްގެ ފުރަތަމަ ސީޒަންގައި ލިވަޕޫލް އިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު، އެއީ 35 އަހަރުގެ ތެރޭގައި ލިވަޕޫލް އަށް ލީގު ކާމިޔާބު ކުރެވުނު ދެ ވަނަ ފަހަރެވެ. 

ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިޔެފައިވާ ސިޓީއެއްގައި ސްލޮޓް ބުނީ، އެ ކުލަބާ އެކު ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އޭނާ އަށް ވަރަށް ޚާއްސަ ކަމެއް ކަމަށެވެ. ލިވަޕޫލްއާ ދެމެދު އޮންނަ ގުޅުމަށް އިޝާރާތް ކުރަމުން ސްލޮޓް ބުނީ، އެއީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް ކަމަށެވެ. އަދި އެއީ ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި ކުޅޭ ޔޫރަޕުގެ މެޗު ތަކަށް ވުރެ ވެސް ބޮޑު ގުޅުމެއް ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން ސްލޮޓް ބުނީ ލިވަޕޫލް އާއެކު އޭނާ ދަތުރު ފެށި ދުވަހުން ފެށިގެން ވެސް، އޭނާ އަށް މަރުޙަބާ ކިޔައި މަދު ދައްކައި ދިނީ ކުލަބުގެ ސަޕޯޓަރުން ކަމަށެވެ. އެކަމަކީ އޭނާގެ މުޅި ޙަޔާތުގައި ވެސް އިންތިހާ އަށް އަގު ވަޒަން ކުރާނެ ކަމެއް ކަމަށް ސްލޮޓް ބުންޏެވެ. 

އެއާ އެކު ސްލޮޓް ބުނީ، ފުރަތަމަ ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބު ކުރުން މާނަ ހުރި ކަމަކަށްވީ، ކުޅުންތެރިން އަދި ސަޕޯޓަރުންނާ އެކު އުފާ ފާޅު ކުރުމަށް ލިބުނު ވަގުތު ކޮޅުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ 2020 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރި ނަމަވެސް، އޭރު ދުނިޔޭގައި އޮތް ކޮވިޑް-19 ގެ ސަބަބުން އުފާ ފާޅު ކުރުމުގެ ފުރުސަތު ލިބުނީ ވަރަށް ހަނި ގޮތަކަށް ކަމަށެވެ. 

މީގެ އިތުރުން އެ ސިޓީގައި ސްލޮޓް ބުނެފައި ވަނީ، ލިވަޕޫލްގެ ތަރި ޑިއޭގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވި ހާދިސާ އަށް ފަހު، ލިވަޕޫލްގެ ކުޅުންތެރިންނާއި، ސަޕޯޓަރުން އަދި މުޅި އާއިލާ އިން ދައްކައި ދިނީ އިންތިހާ ލޯތްބާއި، އިޙުތިރާމް އަދި އޯގާތެރިކަން ކަމަށެވެ. ލިވަޕޫލްގެ އާއިލާ އިން ޖޮޓާ އަށް އިޙުތިރާމް އަދާ ކުރި ގޮތަކީ، އަބަދު ވެސް އޭނާގެ ހިތުގައި ހަނދާން ހުންނާނެ ކަމެއް ކަމަށް ވެސް ސްލޮޓް ބުންޏެވެ. 

އުމުރުން 47 އަހަރުގެ ސްލޮޓް، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވާ ލިވަޕޫލް އިން ސްލޮޓް ވަކި ކޮށްފައި ވަނީ، ނިމުނު ސީޒަންގައި އެ ޓީމުގެ ނަތީޖާތަށް ދަށްވެފައި ވަނިކޮށެވެ.

ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އިން ޖުމުލަ 113 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ 66 މެޗުންނެވެ. 19 މެޗު އެއްވަރުވެފައިވާއިރު، 28 މެޗަކުން ވަނީ ބަލިވެފަ އެވެ. އޭނާ ހަވާލުވި ފުރަތަމަ ސީޒަންގައި ލިވަޕޫލް އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ލިވަޕޫލްއާން ސްލޮޓް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
31 މެއި 2026

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

31 މެއި 2026
ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި
23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
06 އެޕްރީލު 2026

މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް

06 އެޕްރީލު 2026
މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް
05 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް
25 މާރިޗު 2026

އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި

25 މާރިޗު 2026
އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި
22 މާރިޗު 2026

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

22 މާރިޗު 2026
ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް