Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް

ވެން ޑައިކް ބުނީ ލިވަޕޫލްގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ވަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށް. އެއީ ހަމަ އެކަނި ކުޅުންތެރިޔާގެ އަމިއްލަ ނަފްސަށް އޮންނަ ޒިންމާއެއް ނޫން ކަމަށާއި، އެއީ ޓީމުގެ ސަޕޯޓަރުންނަށް ޓަކައި ވެސް އޮންނަ ޒިންމާއެއް ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އެޕްރީލު 2026 | ހޯމަ 04:56
ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް

ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް | ރޮއިޓާސް

މި ސީޒަނަކީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް ކަމަށް، އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފި އެވެ. 

ވެން ޑައިކް މިހެން ބުނެފައި ވަނީ، އެންމެ ފަހުން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ލިވަޕޫލް މުބާރާތުން ކެޓުމާ އެކު އެވެ. އެގޮތުން މި ސީޒަން އަކީ ލިިވަޕޫލް އަށް ނަތީޖާ ދަށް ސީޒަނަކަށް ވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެން ޑައިކް ބުނެފައި ވަނީ، މި ސީޒަނަކީ ލިވަޕޫލް އަށް ހުރިހާ ގޮތަކުން ވެސް އުނދަގޫ ސީޒަނެއް ކަމަށެވެ. ޚާއްސަކޮށް، ނަފްސާނީ ގޮތުން ވެސް ލިވަޕޫލް އަށް މި ސީޒަންގައި ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް ވެން ޑައިކް ބުންޏެވެ. އޭނާ ބުނީ ކޮންމެ ކުޅުންތެރިޔަކު ވެސް މަސައްކަތް ކުރަނީ އެންމެ ރަނގަޅު ނަތީޖާ ނެރުމަށް ކަމަށެވެ.

އެއާ އެކު ވެން ޑައިކް ބުނީ ލިވަޕޫލްގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ވަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށެވެ. އެއީ ހަމަ އެކަނި ކުޅުންތެރިޔާގެ އަމިއްލަ ނަފްސަށް އޮންނަ ޒިންމާއެއް ނޫން ކަމަށާއި، އެއީ ޓީމުގެ ސަޕޯޓަރުންނަށް ޓަކައި ވެސް އޮންނަ ޒިންމާއެއް ކަމަށް އޭނާ ބުންޏެވެ. މި ސީޒަނުގައި ލިވަޕޫލް އިން އަދިވެސް ރަނގަޅު ގޮތެއް ހޯދަން ބޭނުންވާ ކަމަށާއި، އެކަން ކުރަން ބޭނުންވާ ނަމަ ކުރިއަށް އޮތް ތިން މެޗުން ވެސް ރަނގަޅު ނަތީޖާއެއް ހޯދަން ޖެހޭ ކަމަށް ވެން ޑައިކް ބުންޏެވެ.

ލިވަޕޫލް އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުމަށް ފަހު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭނެ އެވެ. 

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލް އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 31 މެޗުން 49 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ މިހާތަނަށް 10 މެޗަކުން ބަލިވެފަ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބު ކުރި ނަމަވެސް، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުން އެ ޓިމުގެ ކޯޗު އާން ސްލޮޓާ އަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ.

ލިވަޕޫލްވާޖިލް ވެން ޑައިކް

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް
25 މާރިޗު 2026

އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި

25 މާރިޗު 2026
އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި
22 މާރިޗު 2026

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

22 މާރިޗު 2026
ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން
19 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

19 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ
16 މާރިޗު 2026

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު