Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ފަސް އަހަރު ފަހުން ކޮނާޓޭ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

ލިވަޕޫލް ދޫކޮށްލަން ނިންމުމަށް ފަހު ކޮނާޓޭ ބުނީ، މީގެ ފަސް އަހަރު ކުރިން އޭނާ ލިވަޕޫލްއާ ގުޅުނީ ބޮޑެތި ހުވަފެންތަކާ އެކު ޒުވާން ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް. ނަމަވެސް، މިއަދު އޭނާ ކުލަބު ދޫކޮށްދަނީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ފަދަ ގިނަ ހަނދާންތަކާ އެކު ކަމަށް ކޮނާޓޭ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2026 | އަންގާރަ 05:12
ލިވަޕޫލް އަށް ކުޅެމުން އައި އިބްރާހިމާ ކޮނާޓޭ.

ލިވަޕޫލް އަށް ކުޅެމުން އައި އިބްރާހިމާ ކޮނާޓޭ. | ރޮއިޓާސް

ލިވަޕޫލް އަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 27 އަހަރުގެ ކޮނާޓޭ ލިވަޕޫލް އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ކޮނާޓޭ ނިންމާފައި ވަނީ ލިވަޕޫލް ދޫކޮށްލުމަށެވެ. 

ލިވަޕޫލް ދޫކޮށްލަން ނިންމުމަށް ފަހު ކޮނާޓޭ ބުނީ، މީގެ ފަސް އަހަރު ކުރިން އޭނާ ލިވަޕޫލްއާ ގުޅުނީ ބޮޑެތި ހުވަފެންތަކާ އެކު ޒުވާން ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، މިއަދު އޭނާ ކުލަބު ދޫކޮށްދަނީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ފަދަ ގިނަ ހަނދާންތަކާ އެކު ކަމަށް ކޮނާޓޭ ބުންޏެވެ.

ލިވަޕޫލް ކަހަލަ ބޮޑު ކުލަބަކަށް ކުޅުމަކީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއްކަން ފާހަގަ ކުރަމުން ކޮނާޓޭ ބުނީ، އެ ކުލަބުގައި ހޭދަކުރި މުއްދަތުގައި ކާމިޔާބީތަކާއި، ނާކާމިޔާބީތަކުގެ އިތުރުން، ގިނަ ގޮން ޖެހުން ތަކެއް ކުރިމަތިވި ކަމަށެވެ. 

އެ މެސެޖުގައި ކޮނާޓޭ ވަނީ އޭނާގެ ކެރިއަރުގައި ދިމާވި ބައެއް ހިތާމަވެރި ހާދިސާތައް ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން ނުހަނު ގާތް ރަޙުމަތްތެރިޔެއްގެ ގޮތުގައި ހުރި ޑިއޭގޯ ޖޮޓާ މަރުވުމަކީ ލިބުނު އެންމެ ބޮޑު އެއް ހިތާމަ ކަމަށް އޭނާ ސިފަ ކުރި އެވެ.

މީގެ އިތުރުން މިއަހަރަކީ އޭނާގެ ބައްޕަ ނިޔާވުމާ ގުޅިގެން، އަމިއްލަ ދިރިއުޅުމުގައި ވެސް ވަރަށް ދަތި އަހަރެއް ކަމަށް ކޮނާޓޭ ފާހަގަ ކުރި އެވެ. ނަމަވެސް، އެފަދަ އުނދަގޫ ޙާލަތް ތަކުގައި ވެސް ކުލަބަށް އޮންނަ ވަފާތެރިކަން ބަދަލު ނުވާ ކަމަށާއި، ކުލަބަށްޓަކައި ހިތްވަރު ނެރުނު ކަމަށް ކޮނާޓޭ ބުންޏެވެ.  

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީޑް އަކީ ވަރަށް ޚާއްސަ ތަނެއްގެ ގޮތުގައި ސިފަ ކުރަމުން ކޮނާޓޭ ބުނީ، އެ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ އޭނާ އަބަދު ވެސް އުފަލާ އެކު ބަލައިގަތް ކަމެއް ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗަކީ އޭނާގެ ލިވަޕޫލްގެ ޖާޒީގައި ފެންނާނެ އެންމެ ފަހު މެޗުކަން އެ ވަގުތު ނޭނގޭތީ، ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކޮށްލުމުގެ ފުރުސަތު ނުލިބުމުން އެކަމާ ވަރަށް ބޮޑަށް ދެރަވާ ކަމަށް ކޮނާޓޭ ވަނީ ބުނެފަ އެވެ. 

ކޮނާޓޭގެ މެސެޖު ނިންމާލަމުން އޭނާ ވަނީ ޓީމުގެ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން އަދި ކުލަބުގެ އެކި އެކި މަގާމު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި ލިވަޕޫލް ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، އައު ގޮންޖެހުން ތަކާ އެކު މިއީ އައު ބާބެއް ފަށަންވީ ވަގުތު ކަމަށް ކޮނާޓޭ ވަނީ ބުނެފަ އެވެ. 

ކޮނާޓޭ ވަނީ ލިވަޕޫލްގައި ހޭދަ ކުރި ފަސް ސީޒަންގެ ތެރޭގައި އެ ކުލަބަށް 183 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ލިވަޕޫލް އާއެކު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން، އެފްއޭ ކަޕް، ކަރަބޯ ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކޮށްފަ އެވެ.

ލިވަޕޫލްއިބްރާހިމާ ކޮނާޓޭ

އިތުރަށް ކިޔާލަން

02 ޖޫން 2026

ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް

02 ޖޫން 2026
ސްލޮޓްގެ ސިޓީއެއް ލިވަޕޫލް އަށް: ކުލަބާ ދެމެދު އޮތީ ފުޓުބޯޅަ އަށް ވުރެ ބޮޑު ގުޅުމެއް
02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
31 މެއި 2026

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

31 މެއި 2026
ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި
23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު