Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކޮށްފި

31 މެއި 2026 | އާދީއްތަ 04:37

ލިވަޕޫލް އިން ސްލޮޓް ވަކި ކޮށްފައިވާއިރު، އެ ޓީމުން ދެން ގެންނަން މަސައްކަތް ކުރަނީ އަންޑޯނީ އިރައޯލާ ކަމަށް ރިޕޯޓުތައް ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2026 | އާދީއްތަ 04:37
ލިވަޕޫލްގެ ކޯޗު ކަމުން ވަކި ކުރި އާން ސްލޮޓް.

ލިވަޕޫލްގެ ކޯޗު ކަމުން ވަކި ކުރި އާން ސްލޮޓް. | ރޮއިޓާސް

ލިވަޕޫލް އަށް އިރުޝާދު ދެމުން އައި ނެދަލެންޑްސްގެ އާން ސްލޮޓް، އެ ޓީމުގެ ކޯޗު ކަމުން ކުއްލި ގޮތަކަށް ވަކި ކޮށްފި އެވެ. 

އުމުރުން 47 އަހަރުގެ ސްލޮޓް، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވާ ލިވަޕޫލް އިން ސްލޮޓް ވަކި ކޮށްފައި ވަނީ، ނިމުނު ސީޒަންގައި އެ ޓީމުގެ ނަތީޖާތަށް ދަށްވެފައި ވަނިކޮށެވެ.

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކި ކުރަން ނިންމައި، އެ ކުލަބުން ނެރުނު ބަޔާނެއްގައި ވަނީ ސްލޮޓް ކޮށްދީފައިވާ ޚިދުމަތް ތަކަށް ޝުކުރު އަދާ ކޮށްފަ އެވެ. ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އިން ޖުމުލަ 113 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ 66 މެޗުންނެވެ. 19 މެޗު އެއްވަރުވެފައިވާއިރު، 28 މެޗަކުން ވަނީ ބަލިވެފަ އެވެ. އޭނާ ހަވާލުވި ފުރަތަމަ ސީޒަންގައި ލިވަޕޫލް އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ނަމަވެސް، ދެ ވަނަ ސީޒަންގައި ސްލޮޓާ އެކު ލިވަޕޫލް ކުރީ ރަނގަޅު ދަތުރެއް ނޫނެވެ. އެ ޓީމުގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ލިބުނީ ލީގު ތާވަލްގެ ފަސް ވަނައިގައި އޮވެގެންނެވެ. ސްލޮޓްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ހުރިހާ މުބާރާތެއްގައި ލިވަޕޫލް 20 މެޗުން ބަލިވެފައިވާއިރު، އެއީ އެ ޓީމަށް ލަދުވެތި ނަތީޖާ އެކެވެ.

ލިވަޕޫލް އިން ސްލޮޓް ވަކި ކޮށްފައިވާއިރު، އެ ޓީމުން ދެން ގެންނަން މަސައްކަތް ކުރަނީ އަންޑޯނީ އިރައޯލާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ އެންމެ ފަހުން އިރުޝާދު ދިނީ ބޯންމައުތަށެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ރަޔޯ ވަޔެކާނޯ އަށް ވެސް އިރުޝާދު ދީފަ އެވެ.

ލިވަޕޫލްއާން ސްލޮޓް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

23 މެއި 2026

މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!

23 މެއި 2026
މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
16 މެއި 2026

ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް

16 މެއި 2026
ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
09 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި
06 އެޕްރީލު 2026

މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް

06 އެޕްރީލު 2026
މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް
05 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް
25 މާރިޗު 2026

އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި

25 މާރިޗު 2026
އެންމެ ފަހުން ލިވަޕޫލް ދޫކޮށްލަން ޞަލާޙު ނިންމައިފި
22 މާރިޗު 2026

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

22 މާރިޗު 2026
ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން
19 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

19 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ
16 މާރިޗު 2026

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް