Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

މެޗުން މޮޅުވެ ޔުނައިޓެޑުން މި ވަނީ ދެ ސީޒަނަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދާފައި. ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން 64 ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ ތިން ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 04:24
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ޔުނައިޓެޑުން ދެ ލަނޑު ޖަހައިގެން ލީޑު ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ޔުނައިޓެޑުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ މަތެއުސް ކުންހާ އެވެ. އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއާ އެކު، ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކުންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޑޮމިނިކް ސޮބޮސްލާއީ ވަނީ ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދީފަ އެވެ. އޭގެ ނުވަ މިނެޓު ފަހުން ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އެއީ ސޮބޮސްލާއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުން ޔުނައިޓެޑު މޮޅުވެފައި ވަނީ 77 ވަނަ މިނެޓުގައި ކޮބީ މައިނޫ ޖެހި ލަނޑުންނެވެ.

މެޗުން މޮޅުވެ ޔުނައިޓެޑުން މި ވަނީ ދެ ސީޒަނަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން 64 ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ ތިން ވަނައިގަ އެވެ. ޔުނައިޓެޑުގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވެ އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

03 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

28 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

ލިވަޕޫލް ބަލިކޮށް، ޗެމްޕިއަންސް ޕީއެސްޖީ އުންމީދުގައި

09 އެޕްރީލު 2026
މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް

މިއީ ލިވަޕޫލް އަށް ވަރަށް އުނދަގޫ ސީޒަނެއް: ވެން ޑައިކް

06 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު