Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

މިވަގުތު ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޒެލެންސްކީގެ ސިޓީ އަށް އިޝާރާތް ކުރައްވާ ޕުޓިން ވިދާޅުވީ، އެ ސިޓީގައި އޮތީ އޭނާ ވަރަށް ކޯފާވާ ކަހަލަ ވާހަކަ ތަކެއް ކަމަށް. އެއީ ބައްދަލުވުމަށް މަގުފަހި ކުރުމުގެ ނިޔަތެއް އޮތް ސިޓީއެއް ނޫން ކަމަށް ވެސް ޕުޓިން ވިދާޅުވި. ޒެލެންސްކީގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް، ޕުޓިން ވިދާޅުވީ މިވަގުތު އެއްވެސް ބައްދަލުވުމެއް ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 04:01
ރަޝިޔާގެ ރައީސް ޕުޓިން.

ރަޝިޔާގެ ރައީސް ޕުޓިން. | ގެޓީ އިމޭޖަސް

ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައި ވަނީ ދެ ޤައުމުގެ ރައީސުން ބައްދަލުކޮށް، މިހާރު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރުަމަށް ޒެެލެންސްކީގެ ފަރާތުން އެދިވަޑައިގެންފައި ވަނިކޮށެވެ. 

އެމެރިކާއާ އެކުވެގެން އެހެން ޤައުމު ތަކަށް ޒެލެންސްކީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޔޫކްރެއިންގެ މިސައިލް ހަމަލާ ތަކުން ރަޝިޔާގެ ރައްޔިތުން ވަރުބަލި ވެފައިވާ ކަމަށާއި، ރަޝިޔާގެ އިންފްލޭޝަން މައްޗަށް ދިޔުން އަދި ތެލުގެ ދަތިކަން ޙައްލު ކުރުމަށް ސުލްޙަ އަށް ތައްޔާރަށް ހުންނެވި ކަމަށެވެ. 

މީގެ އިތުރުން މި ހަނގުރާމަ އިތުރަށް ކުރިއަށް ގެންދިޔުމަކީ، ނުވަތަ ދިގު ދެންމުމަކީ ރަޝިޔާގެ ރައީސް ކަމުގައި ޕުޓިން އަށް އިތުރަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. ތާރީޚު ދައްކާ ކަންކަމަށް ބަލާއިރު، ރަޝިޔާ އަށް ވެސް ބަދަލު ތަކެއް އަންނަމުންދާ މަންޒަރު ފެންނަ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައި އެވެ. 

ރަޝިޔާގައި ކުރިއަށް ދިޔަ އަހަރީ އިޤްތިޞާދީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ، އެ ސިޓީ އަކީ ހަގީގީ މަޝްވަރާ ތަކަށް ހުށަަހެޅުން ނޫން ކަމަށެވެ. އެ ފޯރަމްގައި ރަޝިޔާގެ ވިޔަފާރީވެރިން ވަނީ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާާ ބޮޑު އިންޓްރެސްޓް ރޭޓު ތަކާއި، އިޤްތިޞާދު ހުއްޓިފައި އޮންނަ އޮތުމާ މެދު ޝަކުވާ ކޮށްފަ އެވެ. 

ޒެލެންސްކީގެ ސިޓީ އަށް އިޝާރާތް ކުރައްވާ ޕުޓިން ވިދާޅުވީ، އެ ސިޓީގައި އޮތީ އޭނާ ވަރަށް ކޯފާވާ ކަހަލަ ވާހަކަ ތަކެއް ކަމަށެވެ. އެއީ ބައްދަލުވުމަށް މަގުފަހި ކުރުމުގެ ނިޔަތެއް އޮތް ސިޓީއެއް ނޫން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ. ޒެލެންސްކީގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް، ޕުޓިން ވިދާޅުވީ މިވަގުތު އެއްވެސް ބައްދަލުވުމެއް ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

އެ ބައްދަލުވުމުގެ މަޤުސަދަކީ ރަޝިޔާގެ ސިފައިންގެ ކުރިއެރުންތައް ހުއްޓުވުން ކަމަށް ޕުޓިން ސިފަ ކުރެއްވި އެވެ. އެއާާ އެކު އޭނާ ވިދާޅުވީ ބޭނުން ވަނީ ހަ މަސް ދުވަސް، ނުވަަތަ ތިން މަސް ދުވަހުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއް ކަމަށް ޕުޓިން ވިދާޅުވި އެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންވުލެޑިމިއަރ ޒެލެންސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި

04 ޖޫން 2026
އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި

25 މެއި 2026
ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

20 މެއި 2026
ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

18 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު