Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު، އެސްޓޯނިއާގައި ތިބި އިނގިރޭސި ސިފައިންނާ ބައްދަލު ކުރެއްވުމަށް ފަހު، ހީލީ އެނބުރި ގައުމަށް ވަޑައިގެންނެވި މަގު މަތީގައި. ދަ ޓައިމްސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތިން ގަޑިއިރަށް ދެމިގެން ދިޔަ މި ދަތުރުގައި ބޯޓުގެ ޖީޕީއެސް ސިގްނަލް ކެނޑުމުގެ ސަބަބުން، ޕައިލެޓުންނަށް ޖެހުނީ ނެވިގޭޝަންގެ އެހެން ނިޒާމެއް ބޭނުން ކުރަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 08:37
ރޯޔަލް އެއާ ފޯސްގެ ޖެޓަކުން އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ފައިބައި ވަޑައިގަންނަވަނީ.

ރޯޔަލް އެއާ ފޯސްގެ ޖެޓަކުން އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ފައިބައި ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ދަތުރު ކުރެއްވި ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ގެ މަތިންދާ ބޯޓެއް ރަޝިޔާގެ ބޯޑަރު ކައިރިން ދަތުރު ކުރަނިކޮށް، އެ ބޯޓުގެ ސިގްނަލް ތަކަށް ހުރަސް އަޅައި ޖޭމް ކޮށްލައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު، އެސްޓޯނިއާގައި ތިބި އިނގިރޭސި ސިފައިންނާ ބައްދަލު ކުރެއްވުމަށް ފަހު، ހީލީ އެނބުރި ގައުމަށް ވަޑައިގެންނެވި މަގު މަތީގަ އެވެ. ދަ ޓައިމްސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތިން ގަޑިއިރަށް ދެމިގެން ދިޔަ މި ދަތުރުގައި ބޯޓުގެ ޖީޕީއެސް ސިގްނަލް ކެނޑުމުގެ ސަބަބުން، ޕައިލެޓުންނަށް ޖެހުނީ ނެވިގޭޝަންގެ އެހެން ނިޒާމެއް ބޭނުން ކުރާށެވެ.

މި ހަމަލާގެ ފަހަތުގައި އޮތީ ރަޝިޔާ ކަމަށް ބެލެވޭ އިރު، މިއީ ސީދާ ހީލީ އަށް އަމާޒުކޮށް ދިން ހަމަލާއެއްކަން އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް، އެ ބޯޓު ދަތުރު ކުރި މަގު ފްލައިޓް ޓްރެކިން ވެބްސައިޓް ތަކުން ފެންނަން ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، ކަޅު ކަނޑުގެ މަތިން ދަތުރު ކުރި އިނގިރޭސި ޖާސޫސީ ބޯޓަކަށް ރަޝިޔާގެ ދެ ހަނގުރާމަ މަތީ ބޯޓަކުން ނުރައްކާތެރި ގޮތަކަށް ހުރަސް އެޅި މައްސަލައެއް ފެންމަތިވިތާ އެއް ދުވަސް ފަހުންނެވެ. މިދިޔަ މަހު ހިނގި އެ ހާދިސާގައި ރަޝިޔާގެ ސޫ-35 މަރުކާގެ ބޯޓެއް އިނގިރޭސި ބޯޓާ މާ ކައިރިން ދަތުރު ކުރުމުގެ ސަބަބުން، ބޯޓުގެ އެމަޖެންސީ ސިސްޓަމްތައް މަސައްކަތްކޮށް އޮޓޯ ޕައިލެޓް ވަނީ ކެނޑިފަ އެވެ.

މީގެ އިތުރުން ރަޝިޔާގެ ސޫ-27 ޖެޓަކުން ވަނީ އިނގިރޭސި ބޯޓުގެ ކުރިމަތިން ހަ ފަހަރެއްގެ މަތިން ދަތުރު ކޮށްފަ އެވެ. ބައެއް ފަހަރު ބޯޓުގެ އިންޖީނާ އެންމެ 19 ފޫޓު ކައިރިން ވެސް އެ ބޯޓު ދަތުރު ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޑިފެންސް ސެކްރެޓަރީ ހީލީ ވަނީ ރަޝިޔާގެ މި އަމަލު ތަކަކީ ބަލައި ގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، އެ ހާލަތުގައި އިނގިރޭސި އެއާ ފޯސްގެ ފްލައިޓް ކުރޫ އިން ދެއްކެވި ހުށިޔާރު ކަމަށް ތައުރީފު ކުރައްވާފަ އެވެ. އިނގިރޭސި ޑިފެންސް މިނިސްޓްރީ އިން ބުނި ގޮތުގައި މިއީ 2022 ވަނަ އަހަރު ރަޝިޔާގެ ޕައިލެޓަކު އިނގިރޭސި ބޯޓަކަށް މިސައިލެއް ފޮނުވާލި ހާދިސާއަށް ފަހު، ރަޝިޔާގެ ފަރާތުން ފެނުނު އެންމެ ނުރައްކާތެރި އަމަލެވެ.

މިއީ އިނގިރޭސި ވަޒީރަކު ދަތުރު ކުރެއްވި ބޯޓެއްގެ ސިގްނަލް ރަޝިޔާ ކައިރިން ޖޭމްކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު އޭރުގެ ޑިފެންސް ސެކްރެޓަރީ ގްރާންޓް ޝެޕްސް ދަތުރު ކުރެއްވި ބޯޓުގެ ޖީޕީއެސް ސިގްނަލް ވެސް ރަޝިޔާގެ ސަރަހައްދާ ކައިރިން ދަތުރު ކުރަނިކޮށް ވަނީ ޖޭމް ކޮށްލާފައި އެވެ. މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިނގިރޭސި ޑިފެންސް މިނިސްޓްރީ އަށް މިހާރު ވަނީ ހުށަހަޅާފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްރަޝިޔާއިނގިރޭސިވިލާތު-ރަޝިޔާޖޯން ހީލީރޯޔަލް އެއާ ފޯސް

އިތުރަށް ކިޔާލަން

20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
20 މެއި 2026

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

20 މެއި 2026
ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި
18 މެއި 2026

ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ

18 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
17 މެއި 2026

ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި

17 މެއި 2026
ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު