Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

އީރާން އާއެކު އޮތް ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު ކުރުމަށް ޓްރަމްޕް ނިންމެވި ނިންމުމަށް، ރަޝިޔާގެ ރައީސް ޕުޓިން މަރުޙަބާ ވެސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 06:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ފޯނުން ގުޅުއްވައި ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރައްވައިފި އެވެ.

ބުދަ ދުވަހު ޓްރަމްޕް އާއި ޕުޓިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާއިރު، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ ފޯނު ކޯލު 90 މިނެޓަށް ދެމިގެން ދިޔަ ކަމަށެވެ. އަދި އެ ފޯނު ކޯލުގައި ޓްރަމްޕް އާއި ޕުޓިން ގިނަ ވާހަކަ ތަކެއް ދެއްކެވި ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މި މަޝްވަރާ ތަކުގައި ޓްރަމްޕް އާއި ޕުޓިން އެންމެ ބޮޑު އިސްކަމެއް ދެއްވީ، އީރާންގެ މަސްރަޙާއި، ގަލްފު ސަރަހައްދުގެ ޙާލަތަށެވެ. އީރާން އާއެކު އޮތް ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު ކުރުމަށް ޓްރަމްޕް ނިންމެވި ނިންމުމަށް، ރަޝިޔާގެ ރައީސް ޕުޓިން މަރުޙަބާ ވެސް ވިދާޅުވި އެވެ. ޕުޓިން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އެއީ މަޝްވަރާ ތަކަށް ފުރުސަތު ދިނުމަށާއި، މަސްރަޙު ހަމައަކަށް އެޅުވުމަށް ނެގުނު ރަނގަޅު ފިޔަވަޅެކެވެ. 

ނަމަވެސް، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅައިފި ނަަމަ، އޭގެ ނަތީޖާ ވަރަށް ނުރައްކާތެރި ވާނެ ކަމުގެ އިންޒާރު ޕުޓިން ދެއްވި އެވެ. އެ ފަދަ ހަމަލާއެއްގެ ސަބަބުން އީރާން އާއި އަވަށްޓެރި ޤައުމު ތަކުގެ އިތުރުން، މުޅި ބައިނަލްއަޤުވާމީ މުޖުތަމައު އަށް ވެސް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް ޕުޓިން ވަނީ ފާހަގަ ކުރައްވައިފަ އެވެ. މެދު އިރުމަތީގައި ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތް ތަކަށް ރަޝިޔާ އިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވެސް ޕުޓިން ދެއްވި އެވެ. 

ޕުޓިން އާއެކު ކުރިއަށް ގެންދިޔަ ފޯނު ކޯލާ ގުޅޭ ގޮތުން، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން އާއެކު ވަރަށް ކާމިޔާބު ވާހަކަ ތަކެއް ދެކެވުނު ކަމަށެވެ. އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވީ ގޮތުގައި އެ މަޝްވަރާ ތަކުގައި އީރާން އަށް ވުރެ ބޮޑަށް ވާހަކަ ދެކެވުނީ ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެުދ ހިނގަމުން އަންނަ ހަނގުރާމައިގެ ޙާލަތާ ގުޅޭ ގޮތުންނެވެެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވުމުގެ ޝައުޤުވެރިކަން ޕުޓިން ފާޅު ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެހެން ކަންކަމަށް އެހީތެރިވުމުގެ ކުރިން ޔޫކްރެއިން އަށް އަރައިގަނެ ކުރަމުންދާ ހަނގުރާމަ ފުރަތަމަ ހުއްޓާލުމަށް ޕުޓިންގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ރަޝިޔާއީރާން-ރަޝިޔާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

30 އެޕްރީލު 2026
އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

29 އެޕްރީލު 2026
އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

29 އެޕްރީލު 2026
ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

29 އެޕްރީލު 2026
ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު