Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިާޔާ-ޗައިނާ

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

ޕުޓިން ޗައިނާ އަށް ވަޑައިގެންފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވިތާ ކުޑަ ދުވަސް ކޮޅެއް ފަހުން. ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފައި ވަނީ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހުގެ ނިޔަލަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 04:31
ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިޔާގެ ރައީސް ޕުޓިން އަށް ރަސްމީކޮށް މަރުޙަބާ ދަންނަވަނީ.

ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިޔާގެ ރައީސް ޕުޓިން އަށް ރަސްމީކޮށް މަރުޙަބާ ދަންނަވަނީ. | ރޮއިޓާސް

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ރަސްމީ ދަތުރުފުޅެއްގައި ޗަައިނާ އަށް ވަޑައިގެންފި އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ޕުޓިން ޗައިނާ އަށް ވަޑައިގެންފައިވާއިރު، އެ ޤައުމުން ވަނީ ޕުޓިން އަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ. އަދި ބުދަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޕުޓިން އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފަ އެވެ. 

ރަޝިޔާގެ ވެރި ރަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ވަނީ ޕުޓިން އަށް މަރުޙަބާ ދެންނެވުމަށްޓަަކައި ކުލަ ގަދަ އަދި ޝަރަފުވެރި ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތަށް ފަހު ވަނީ ދެ ޤައުމުގެ ދެ މެދުގައި ރަސްމީކޮށް މަޝްވަރާ ކޮށްފަ އެވެ.

ޕުޓިން އާއި ޝީ ޖިންޕިންގެ އިތުރުން، ދެ ޤައުމުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި މަޝްވަރާ ތަކުގައި ވަނީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. މި ބައްދަލުވުމަކީ ދުނިޔޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި ބާއްވާ މުހިންމު ބައްދަލުވުމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެ އެވެ. 

މި މަޝްވަރާ ތަކުގެ ތެރޭގައި އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުންނާއި، އެ ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ބެލެވެ އެވެ. 

ރަޝިޔާާ އާއި ޗައިނާ އަކީ ބައިނަލްއަޤުވާމީ މައިދާނުގައި އެކި ދާއިރާ ތަކުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމުވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އޮތް އިސްތިރާތީޖީ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ސިޔާސީ މާހިރުން ލަފާ ކުރެ އެވެ. ރަޝިޔާ އަދި ޗައިނާ އަކީ ވެސް އީރާންއާ ގާތް ގުޅުމެއް ވެސް އޮންނަ ދެ ޤައުމެވެ.

ޕުޓިން ޗައިނާ އަށް ވަޑައިގެންފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވިތާ ކުޑަ ދުވަސް ކޮޅެއް ފަހުންނެވެ. ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފައި ވަނީ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މަސްދަރު: އަލް ޖަޒީރާ

ޗައިނާރަޝިޔާޗައިނާ-ރަޝިޔާޗައިނާގެ ރައީސް ޝީ ޖީންޕިންގްރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

14 މެއި 2026
އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

14 މެއި 2026
ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

14 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު