Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

މި ހަމަލާ ތަކުގެ ސަބަބުން ރަޝިޔާގެ ވެރި ރަށް މޮސްކޯ ސަރަހައްދުގައި ހުރި ސަރުކާރުގެ ބައެއް އިދާރާ ތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 04:03
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ. | ގެޓީ އިމޭޖަސް

ޔޫކްރެއިން އިން، ރަޝިޔާގެ ވެރި ރަށް މޮސްކޯ ސަރަހައްދަށް ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. 

ރަޝިޔާ އަށް ދީފައިވާ ހަމަލާތަކާ ގުޅޭ ގޮތުން ޒެލެންސްކީ ވަނީ އާދީއްތަ ދުވަހު ބަޔާނެއް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، ޔޫކްރެއިންގެ ދިފާއީ ބާރު ތަކުން ހިންގި އެ އޮަޕަރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ. މި ހަމަލާ ތަކުގެ ސަބަބުން ރަޝިޔާގެ ވެރި ރަށް މޮސްކޯގެ ސަރަހައްދުގައި ހުރި ސަރުކާރުގެ ބައެއް އިދާރާ ތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ޔޫކްރެއިންގެ ސިފައިން މިފަދަ ހަމަލާ ތަކެއް ދީފައި ވަނީ، ރަޝިޔާގެ ހަނގުރާމައިގެ ފުރިހަމަ ބާރު ޔޫކްރެއިން އިން ކަނޑުވާލުމުގެ މަޤުސަދުގައި ކަމަށް ބުނެފައިވެ އެވެ. ޔޫކްރެއިން އިން ދީފައިވާ މި ހަމަލާ ތަކުގެ މަޤުސަދަކީ ރަޝިޔާގެ ހަނގުރާމައިގެ ވަސީލަތް ތަކަށް ގެއްލުން ދިނުމާއި، އެ ޤައުމުގެ ސިފައިންގެ މައި މަރުކަޒު ތަކަށް ނުރައްކާ ކުރުން ކަމަށް ވެސް ބުނެފައިވެ އެވެ. 

ޔޫކްރެއިން އިން ދިން ހަމަލާތަކާ ގުޅޭ ގޮތުން، ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ދިރިއުޅޭ އާންމު ރައްޔިތުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި، މޮސްކޯގެ އިތުރު ސަރަހައްދުގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިފައިވާ ކަމަށާއި، ޖައްވު ތެރެއިން ބޮޑެތި ދުންގަނޑުތައް ފެނިފައިވާ ކަމަށެވެ. 

މިއީ ޔޫކްރެއިން އިން ރަޝިޔާގެ މަރުކަޒު ތަކަށާއި، އަސްކަރީ ވަސީލަތް ތަކަށް އަމާޒުކޮށް ހަމަލާ ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ޔޫކްރެއިންގެ ޑްރޯން ތަކުން ވަނީ ރަޝިޔާގެ އެކި ސަރަހައްދު ތަކަށް ހަމަލާ ދީފަ އެވެ. މި ހަމަލާ ތަކުގެ ސަބަބުން ރަޝިޔާގެ ތެޔުގެ ތަންތަނާއި، ހަނގުރާމައިގެ ވަސީލަތްތައް ބަހައްޓާ ތަންތަނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންވުލެޑިމިއަރ ޒެލެންސްކީ

އިތުރަށް ކިޔާލަން

10 މެއި 2026

ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ޒެލެންސްކީއާ ބައްދަލު ކުރަން ތައްޔާރު: ޕުޓިން

10 މެއި 2026
ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ޒެލެންސްކީއާ ބައްދަލު ކުރަން ތައްޔާރު: ޕުޓިން
10 މެއި 2026

ޔޫކްރެއިން ހަނގުރާމަ ނިމެން ކައިރި ވެއްޖެ ކަމަށް ޕުޓިން ވިދާޅުވެއްޖެ

10 މެއި 2026
ޔޫކްރެއިން ހަނގުރާމަ ނިމެން ކައިރި ވެއްޖެ ކަމަށް ޕުޓިން ވިދާޅުވެއްޖެ
09 މެއި 2026

ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

09 މެއި 2026
ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
07 މެއި 2026

ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި

07 މެއި 2026
ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި
24 އެޕްރީލު 2026

އެއް މަސް ދުވަހުގެ ތެރޭގައި، ދެ ވަނަ ފަހަރަށް ޒެލެންސްކީ ސައުދީ އަށް ވަޑައިގެންފި

24 އެޕްރީލު 2026
އެއް މަސް ދުވަހުގެ ތެރޭގައި، ދެ ވަނަ ފަހަރަށް ޒެލެންސްކީ ސައުދީ އަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު