Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން ހަނގުރާމަ ނިމެން ކައިރި ވެއްޖެ ކަމަށް ޕުޓިން ވިދާޅުވެއްޖެ

10 މެއި 2026 | އާދީއްތަ 06:00

ޔޫރަޕިއަން ޔޫނިއަން އާއެކު ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޕުޓިން ވިދާޅުވީ، އޭނާ އަށް އެންމެ ރަނގަޅީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު ގްރެގާޑް ޝްރޯޑާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2026 | އާދީއްތަ 06:00
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން. | ގެޓީ އިމޭޖަސް

ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ނިމެން ކައިރި ވެފައިވާ ކަމަށް ހިތަށް އަރާ ކަމުގައި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ޕުޓިން ވިދާޅުވީ، ޔޫކްރެއިންގެ ހަނގުރާމަ ނިމެން ކައިރިވެފައިވާ ކަމަށް އޭނާގެ ހިތަށް އަރާ ކަމަށެވެ. ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. މިއީ ދެ ވަަނ ބޮޑު ހަނގުރާމަ އަށް ފަހު، ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު ހަނގުރާމަ އެވެ.

ޕުޓިން މިހެން ވިދާޅުވީ ރަޝިޔާ އިން މިއަހަރު ބޭއްވި ވިކްޓްރީ ޑޭގެ ޕެރޭޑަށް ފަހު އެވެ. މެއި މަހުގެ ނުވަ ވަނަ ދުވަހު ފާހަގަ ކުރާ މި ޤައުމީ ބަންދު ދުވަހަކީ، ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ސޯވިއެޓް ޔޫނިއަން އިން ހޯދި ނަސްރު ފާހަގަ ކުރާ ދުވަހެވެ. އަދި އެ ހަނގުރާމައިގައި މަރުވި 27 މިލިއަން ސޯވިއެޓް ރައްޔިތުންނަށް ޝުކުރު އަދާ ކުރުމުގެ ދުވަހެވެ. 

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ޔޫކްރެއިން އަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް ތިން ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ކޮށްފައިވާ ކަަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. މި ހަނގުރާމައިގެ ސަބަބުން، ރަޝިޔާ އާއި ޔޫރަޕުގެ ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. 

ފައިނޭންޝަލް ޓައިމްސްގައި ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ޔޫރަޕިއަން ޔޫނިއަން އާއެކު ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޕުޓިން ވިދާޅުވީ، އޭނާ އަށް އެންމެ ރަނގަޅީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު ގްރެގާޑް ޝްރޯޑާ ކަމަށެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ބުނެފައި ވަނީ 2022 ވަނަ އަހަރު ޔޫކްރެއިންގެ ހަނގުރާމަ ފެށުމާ އެކު ރަޝިޔާއާ ގުޅުން ކަނޑާލީ ޔޫރަޕުގެ ސަރުކާރު ތަކުން ކަމަށާއި، އެހެންކަމުން ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެ ސަރުކާރު ތަކަށް ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މެއި 2026

ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

09 މެއި 2026
ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
07 މެއި 2026

ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި

07 މެއި 2026
ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި
30 އެޕްރީލު 2026

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

30 އެޕްރީލު 2026
ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!
28 އެޕްރީލު 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

28 އެޕްރީލު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް
24 އެޕްރީލު 2026

އެއް މަސް ދުވަހުގެ ތެރޭގައި، ދެ ވަނަ ފަހަރަށް ޒެލެންސްކީ ސައުދީ އަށް ވަޑައިގެންފި

24 އެޕްރީލު 2026
އެއް މަސް ދުވަހުގެ ތެރޭގައި، ދެ ވަނަ ފަހަރަށް ޒެލެންސްކީ ސައުދީ އަށް ވަޑައިގެންފި
16 އެޕްރީލު 2026

އިންޑިއާގައި އޮންނަ ބްރިކްސް ސަމިޓުގައި ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެ

16 އެޕްރީލު 2026
އިންޑިއާގައި އޮންނަ ބްރިކްސް ސަމިޓުގައި ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެ
02 އެޕްރީލު 2026

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

02 އެޕްރީލު 2026
އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި
21 މާރިޗު 2026

އީރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވައިފި

21 މާރިޗު 2026
އީރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވައިފި
21 މާރިޗު 2026

ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުން ތަންފީޒު ކުރުމަށް މެކްރޮން ގޮވާލައްވައިފި

21 މާރިޗު 2026
ޔޫކްރެއިން އަށް 90 ބިލިއަން ޔޫރޯގެ ލޯނު ދިނުން ތަންފީޒު ކުރުމަށް މެކްރޮން ގޮވާލައްވައިފި
14 މާރިޗު 2026

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް