Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

ކްރެމްލިންގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި ދޫ ދިނުން ތަކެއްގެ މައްޗަށް ބިނާވެފައިވާ ސުލްޙަވެރި އެއްބަސްވުން ތަކަކަށް ވާސިލުވުމަށް، ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ދެ ރައީސުން ވެސް ވަނީ އެއްބަސްވެ ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2026 | އާދީއްތަ 02:56
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން މިއަހަރުގެ ޖަނަވަރީ މަހު ކުރެއްވި ބައްދަލުވުމުގެ ތެރެއިން.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން މިއަހަރުގެ ޖަނަވަރީ މަހު ކުރެއްވި ބައްދަލުވުމުގެ ތެރެއިން. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން މަޝްވަރާ ކުރައްވައިފި އެވެ. 

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ހޮނިހިރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި ދެ ޤައުމުގެ ރައީސުން މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. އެ މަޝްވަރާގައި މެދު އިރުމަތީގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެފައިވެ އެވެ. 

ކްރެމްލިންގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސަރަހައްދީ ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި ދޫ ދިނުން ތަކެއްގެ މައްޗަށް ބިނާވެފައިވާ ސުލްޙަވެރި އެއްބަސްވުން ތަކަކަށް ވާސިލުވުމަށް، ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ދެ ރައީސުން ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. 

މީގެ އިތުރުން ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ އިންސާނީ އެހީތެރި ކަމުގެ ކަންކަމުގައި ޔޫއޭއީ އިން ދެމުންދާ އެއްބާރުލުން ފާހަގަ ކުރައްވަައި، ޕުޓިން ވަނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. 

ޔޫއޭއީގެ ރަސްމީ ނޫން އެޖެންސީ، "ވާމް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މަޝްވަރާ ތަކުގައި މެދު އިރުމަތީގައި ހިނގަމުންދާ އެންމެ ފަހުގެ ކަންތައްތަކާއި، އެ ކަންކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސުލްޙަ އާއި ސަލާމަތަށް ކުރިމަތި ވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން ވެސް ދެ ރައީސުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. 

މީގެ އިތުރުން މި ހަަމަނުޖެހުން ތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރުގެ މިނިވަން ކަމާއި، ހަކަތައިގެ ރައްކާތެރި ކަމުގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ވެސް ދެ ރައީސުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. 

މި މަޝްވަރާ އަކީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ސަރަހައްދީ ބާރުތަކާއި ދުނިޔޭގެ ބޮޑެތި ޤައުމު ތަކުން ގުޅިގެން ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ކުރިއަށް ދިޔަ މުހިންމު މަޝްވަރާ އެކެވެ. ޚާއްސަކޮށް އީރާންއާ ގުޅުން ހުރި މައްސަލަ ތަކުގައި ރަޝިޔާ އާއި ޔޫއޭއީގެ ދައުރު ބޮޑުކަން މި މަޝްވަރާ ތަކުން ހާމަވެގެން ދެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރަޝިޔާޔުނައިޓެޑް އަރަބް އެމިރޭޓްސްރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިރު އަލް ނަހްޔާން

އިތުރަށް ކިޔާލަން

17 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

17 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި
17 މެއި 2026

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

17 މެއި 2026
ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް
16 މެއި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް

16 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް
16 މެއި 2026

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

16 މެއި 2026
އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މެއި 2026

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި
14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު