Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ، އަގު ވަޒަން ނުކުރާ އެއް ނިއުމަތަކީ ވަގުތު: ޚުތުބާ

ވަގުތަކީ އަނބުރާ ލިބޭނެ އެއްޗަކަށް ނުވާތީ، ޣާފިލުކަމުގެ ނިދިން ހޭލައި ހެޔޮ އަމަލުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. މަރުގެ ވަގުތު އައިސް ބައްދަލުކުރުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖަޢާކޮށް، ދީނީ ކަންކަމާއި ވަޒީފާގެ ޒިންމާތަކަށް ފަރުވާތެރިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ. އަދި އާޚިރަތް ދުވަހުން ކޮންމެ ސިކުންތެއްގެ ހިސާބު ބައްލަވާނެތީ، ދުނިޔޭގެ ޙަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 07:57
ހުކުރު ޚުތުބާ އަޑު އަހަނީ. މިއަދުގެ ޚުތުބާ އިއްވާފައިވަނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި ގުޅޭގޮތުން.

ހުކުރު ޚުތުބާ އަޑު އަހަނީ. މިއަދުގެ ޚުތުބާ އިއްވާފައިވަނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި ގުޅޭގޮތުން. | އިސްލާމިކް މިނިސްޓްރީ

މާތް الله އިންސާނާއަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކުގެ ތެރެއިން، ވަގުތުގެ ނިއުމަތަކީ އިންސާނާ އެންމެ އަވަހަށް ހަނދާންނެތޭ އަދި އޭގެ އަގު ވަޒަންނުކުރާ އެއް ނިއުމަތް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

"ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން" މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ، ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫންކަން ފާހަގަކޮށް، ޣާފިލުކަމުގެ ނިދިން ހޭލައި ހެޔޮ އަމަލުތައް ކުރުމަށް ގޮވާލާފަ އެވެ.

ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގައިވާ ފަދައިން ގިނަ ބަޔަކު ފަރުވާކުޑަކުރާ ދެ ނިއުމަތަކީ ސިއްހަތާއި ހުސް ވަގުތުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖައާކުރާން އަވަސްވެގަންނަން ޖެހޭ ކަމަށާއި، މާތް اللهއަށް ނިޔަތް ޚާލިސްކޮށް ކިޔަމަންތެރިވުމުގައި ހޭދަކުރަނީ ކިހައި ވަގުތެއްތޯ ހިސާބުކުރާން ޖެހޭ ކަމަށެވެ. އަދި މާތް اللهއަށް އުރެދުމުގައި، ހަޔާތުން ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ވެސް ދެނެގަންނާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

ކީރިތި މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވެ އެވެ. އެއީ ސިއްހަތާއި ހުސް ވަގުތެވެ." އެހެންކަމުން އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ވަރަށް ބޮޑެވެ. ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި الله تَعَالَى ހުވައި ވަޙީކުރައްވައިފައިވުމުން އެ ކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. الله تَعَالَى އެއްޗެއް ގަންދެއްވައި ބަސް ވަޙީކުރައްވާނީ އެކަނލާގެ ޙަޟުރަތުގައި އޭގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ޓަކައެވެ. މި ކަމުން އެނގި ކަށަވަރުވަނީ الله تَعَالَى ވަގުތަށް ދެއްވައިފައިވާ މަތިވެރި ދަރަޖަ ވެ. 

މީގެ އިތުރުން ވަގުތު ބޭކާރު ކުރުމުގެ ސަބަބުން އިންސާނާ އިންތިހާއަށް ހިތާމަކުރާނެ ދެ ހާލަތެއް ކީރިތި ގުރްއާނުގެ އާޔަތްތަކުން ޚުތުބާގައި ބަޔާންކޮށްދީފައިވެ އެވެ.

އެއީ މަރު އައިސް ބައްދަލުކުރާ ހިނދާއި، ގިޔާމަތް ދުވަހު ނަރަކައިގެ އަޒާބަށް ހުށަހެޅޭ ވަގުތުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ ދެ ހާލަތުގައިވެސް ހެޔޮ އަމަލު ކުރުމަށް ދުނިޔެއަށް އެނބުރި ދިއުމަށް އިންސާނާ އެދޭނެ ކަމަށާއި، ނަމަވެސް އަޖަލު ހަމަވުމުން އެއްވެސް މީހަކަށް އެ ފުރުސަތު ދެން ނުލިބޭނެ ކަމަށެވެ. 

ޚުތުބާ ނިންމާލަމުން ވަނީ ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫން ކަމާއި، ތިބާއަށް الله ދެއްވި އުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކޮށް، ހުރިހާ ދާއިރާއެއްގެ މީހުންވެސް ވަގުތަށް އަމާނާތްތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން މަސައްކަތްތެރިން ވަޒީފާގެ ޒިންމާތަކަށް ރައްކާތެރިވުމަށާއި، ދަރިވަރުން ފިލާވަޅުތައް ފަހަށް ނުބަހައްޓައި ތައުލީމީ ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލި އެވެ. ޒައްރެއްގެ މިންވަރުގެ ހެޔޮ އަމަލެއް ނުވަތަ ނުބައި އަމަލެއް ކުރި ނަމަވެސް ގިޔާމަތް ދުވަހުން އެކަމުގެ ޖަޒާ ފެންނާނެތީ، ހަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

13 މާރިޗު 2026
ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

06 މާރިޗު 2026
ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

27 ފެބުރުއަރީ 2026
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

20 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު