Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތަކެތީގެ އަގު

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

ހުސްވި އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ތަކެތީގެ އަގުތައް ފާހަގަކުރެވޭ މިންވަރަކަށް މައްޗަށްގޮސް އިންފްލޭޝަން 1.89% އަށް އަރައިފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ހާމަކޮށްފި.

ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2025 | އާދީއްތަ 17:11
ސުޕަމާކެޓެއްގެ ޝެލްފްގައި ވިއްކަން ހުރި ނެސްކެފޭ ގޯލްޑް ފުޅިތަކެއް

ސުޕަމާކެޓެއްގެ ޝެލްފްގައި ވިއްކަން ހުރި ނެސްކެފޭ ގޯލްޑް ފުޅިތަކެއް

ހުސްވި އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަ ކޮށްފި އެވެ.

ސްޓެޓިސްޓިކް ބިއުރޯ އިން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އާންމު ކުރި ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ފާހަގަވާ ގޮތުގައި މާލޭގެ ބާޒާރުގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ޖުމްލަ ކޮށް އިންފްލޭޝަން 1.89 އިންސައްތަ އަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

Advertisement - businessAdvertisement

ކާބޯތަކެތީގެ އަގުތަކަށް މަހުން މަހަށް (ސެޕްޓެމްބަރ 2025 އިން އޮކްޓޯބަރ 2025 އަށް) ބަލާއިރު 1.49- އިންސައްތަ އަށް ދަށްވެފައިވެއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ގޮތެއްގައި އަގު ދަށްވެފައި ވަނީ މޭވާގެ ބާވަތްތަކާއި (7.94- އިންސައްތަ) ތަރުކާރީގެ ބާވަތްތަކުގެ (0.98- އިންސައްތަ) އަގުތަކެވެ.

މިއާ ޚިލާފަށް ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް އަދި ކޮންފެކްޝަނަރީ ގެ އަގުތައް (1.15+ އިންސައްތަ) އަދި ކިރު، އެހެނިހެން ކިރުގެ އުފެއްދުންތަކާއި ބިހުގެ ގެ އަގުތައް (0.38+) މައްޗަށް ގޮސްފައި ވެއެވެ.

އަނެއް ކޮޅުން މި އަހަރުގެ އޮކްޓޯބަރ އާއި ހުސްވި އަހަރުގެ އޮކްޓޯބަރ އާ އަޅާބަލާއިރު، ކާބޯތަކެތީގެ އަގުތައް (1.82+ އިންސައްތަ) އަށް މައްޗަށް ގޮސްފައި ވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައި ވަނީ މޭވާގެ ބާވަތްތަކާއި (6.94+ އިންސައްތަ) އަދި އެހެނިހެން ކާބޯތަކެތީގެ އުފެއްދުން ތަކުގެ އަގުތަކެވެ.

އެކި ބާވަތުގެ ބުއިންތަކުގެ އަގުތައް މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ވެސް އޮކްޓޯބަރ މަހު ވަނީ 0.45+ އިންސައްތަ އަށް މައްޗަށް ގޮސްފަ އެވެ. ފާހަގަ ކޮށްލެވޭ ގޮތެއްގައި، ސައިފަތާއި ކޮފީ އާއި ކޮފީގެ ބަދަލުގައި ބޭނުންކުރާ ތަކެތީގެ (0.65+ އިންސައްތަ) އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. މިއަހަރުގެ އޮކްޓޯބަރ އާއި ހުސްވި އަހަރުގެ އޮކްޓޯބަރ އާ އަޅާބަލާއިރު، ބުއިންތަކުގެ އަގުތައް 2.68+ އިންސައްތަ އަށް މަތިވެފައި ވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ ކޮފީ އާއި ކޮފީގެ ބަދަލުގައި ބޭނުންކުރާ ތަކެތި (8.68+ އިންސައްތަ) އަދި މޭވާ އާއި ތަރުކާރީގެ ޖޫސް (5.67+ އިންސައްތަ) ތަކެވެ.

ގޭސް އަދި އެހެނިހެން ފިއުލްގެ އަގުތައް އޮކްޓޯބަރ 2025 ގައި ސެޕްޓެމްބަރ 2025 އާ އަޅާބަލާއިރު 0.64 އިންސައްތަ އަށް އަގު އުފުލިފައިވެއެވެ. އަހަރުން އަހަރަށް (އޮކްޓޯބަރ 2025 އާއި އޮކްޓޯބަރ 2024) އަޅާބަލާއިރު، އަގުތައް 0.83- އިންސައްތަ އަށް ދަށްވެފައިވެއެވެ.

ޕާސަނަލް ކެއަރގެ ބާވަތްތަކުގެ އަގުތައް ސެޕްޓެމްބަރ އާ އަޅާބަލާއިރު އޮކްޓޯބަރު މަހު 0.18+ އިންސައްތަ އަށް މައްޗަށް ގޮސްފައި ވެއެވެ. ހުސްވި އަހަރުގެ އޮކްޓޯބަރ އާ އަޅާބަލާއިރު، މިއަހަރުގެ އޮކްޓޯބަރ ގައި ސާފުތާހިރުވުމަށް ބޭނުން ކުރާ ތަކެތީގެ އަގުތައް 2.99+ އިންސައްތަ އަށް މައްޗަށް ގޮސްފައިވެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންފްލޭޝަންކޮމޯޑިޓީސް ޕްރައިސް އިންޑެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު